މިއަދުގެ ޖަލްސާ އަށް އިދޮކޮޅު މެންބަރުން ނުދިޔައީ ގާނޫނާ ހިލާފަށް ކުރާ ކަމަކަށް ވާތީ، އެއަށް ގާނޫނީ ހައިސިއްޔަތެއް އަންނަން ބޭނުން ނުވާތީ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ކުނޫޒްގައި ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ ވިދާޅުވީ ސަރުކާރުން މިހާރު ވެސް ބޭނުން ވަނީ 43 މެމްބަރުން ހަމަކޮށްގެން އެއަށް ވޯޓަށް އެހޭތޯކަމަށެވެ.

"އިދިކޮޅު މެންބަރުން ޖަލްސާއަށް ވަޑައިނުގަތީ ގާނޫނާ ހިލާފަށް ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ގާނޫނު އަސާސީގައިވާ ގޮތަށް ފާސްކުރުމަށް ފުރުސަތު ނުދިނުމަށް." އިބޫ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި އަދިވެސް އޮތީ މެމްބަަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަމަށެވެ. އެކަމަކު އިދިކޮޅު މެމްބަރުންނެއް މަޖިލީހަށް ވަނުމުގެ ފުރުސަތެއް ނުދިން ކަމަށެވެ.

" އަޅުގަނޑުމެން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް މި ގޮވާލަނީ މި މައްސަލަ އަވަސްކޮށްދެއްވުމަށް. މިހާރު އެ މައްސަލަ އޮތީ، ފްލޯ ކްރޮސް ކުރުމުގެ މައްސަލަ ވަކިގޮތަކަށް މަޑުޖައްސާލަން ކަމަށް " އިބޫ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތުން އެމައްޗަށް ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަދުލު

    އެހެންވެއެއްނޫން ނުދިޔައީކީ. ރައްޔިތުންގެ ހައްޤުގަ ބަހެެއް ނުބުނަންވެގެން

  2. Anonymous

    ޢިބޫމެން ދިޔައީމަ އެތަނުން ފެންނަނީ ގެރިކޮށްޓެއްހެން. ނުދިޔައީމަ ތަންކޮޅެއް.މަންޒަރު ރީތި. ޤާނޫނު އެއީ ކަލޭމެން އެކަނި މާނަ ކުރާއެއްޗެއްތަ؟

  3. އަބްދުއްލާ

    މި ޖަލްސާ ގާނޫނާ ހިލާފު ވާހަކަ އޮތީ ކޮންގާނޫނަކުތަ ؟

  4. މުހަންމަދު

    މަޖިލީހުގެ މިހާރުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 73 އެހެންވީމަ 87 ވަނަ މާއްދާގަ ބުނާ އަދަދު ހަމަވޭ

  5. ނާސިރާ

    ކަލޭގެ މުސާރަވެސް ގާނޫނާ ހިލާފު.

  6. ާބޫސުފުޔާން

    ޢިބޫކަލޭ އެހައް މީހުންންއް ދޭންވެފާއޮއެއްލާރިތައްދައްކަބަލަ އެމީހުންއެތިބަ ބަނޑައްޖެހެނީ

  7. ބޭބެ

    ކަނޑަ އެޅިގެން ޤާނޫނު އަސާސީ ހިންގަން ދަތި ކުރުމުގެ ޙައްޤު އިދިކޮޅު މެނބަރުންނަށް ލިބިގެނެއްނުވޭ އިދިކޮޅުން މިކަން ތަކުރާރު ކުރާނަމަ މިކަމުގެ ޙައްލު ހޯދާނެ ގޮތްތައް ޤާނޫނުގެ ތެރެއިން އެބަފެނޭ އިދިކޮޅުގާ ތިވަރުގެ މެޖޯރިޓީ އެއް އޮތްނަމަ ޤަރާރު ބާޠިލުކޮއްލަން ވީނުންތޯ؟

  8. ޢައިޝަތު

    ޟިއީބގޮތެއްފޮތެއް ނެތް ބަޔެއް... ކަލެޔަް ޤާނޫން އަސާސީ ކިޔަން އެނގުނީ މިހާރުތަ؟ ސްޕްރީމްކޯޓް ގައި ތަޅުއެޅުވީ ކޮންބަޔއެއްތަ؟

  9. ލަދުކުޑަމީހާ

    ތިޔާކަހަލަ ޗަކޯރުން ޖަލްސާއަށް ދިޔަޔަސް އަދި ނުދިޔަޔަސް ހަތްހަރާމުންހަރާމްވާނެ ކަމެއް!!! ތިތިބީ ގަންޖާ ފުލެޓްހޮއްކޮމެނަށް ވެރިކަން ހޯދައިދޭން ފޫގަޅާ ގަޅާ ޗޯފައިބާފަ!!! ދެން ޖަލްސާއަކަށް ދެވޭކަށްނެތެއްނުން... ހެހެހެހެހެ ޗޯލިހުވެސް މިއޮއް އުޅޭވައްތަރެއްދޯ؟؟؟ ހޮހޮހޮހޮހޮ ހޮކިބޯބެ