ކޮވިޑް-19 ގެ ރޯގާގެ ފަރުވާއަށް އިންޑިއާއިން ތައްޔާރުކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިން ޖަހަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް މި ވެކްސިން ދިނުމުގައި އޮންނަ އުސޫލު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން ރޭ ބޭއްވި ބައްދަލުވުމަކަށް މިނިސްޓަރު ނަސީމް ހާޒިރުވެ އިންނެވިއިރު، ވެކްސިން ނުޖަހަން އެއްވެސް މީހަކު އެދިފައިވޭތޯ ބައެއް މެންބަރުން ސުވާލު ކުރެއްވިއެވެ.
މިފަދަ ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީތަކުން ވެކްސިނާ ގުޅޭ ގޮތުން ދައްކަނީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ވެސް ބައެއް ފަރާތްތަކުން ވެކްސިން ޖެހޭނެ އިރެއް ސާފު ކުރަން ސުވާލުކޮށްފައި ހުރި ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު އެ ވެކްސިން ނުޖަހަން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރާނީ އަވަހަށް ވެކްސިން ޖަހައި ބަލިން ރައްކާތެރިވުމަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ސިޔާސީ ގޮތުން ދައްކަވަން ބޭނުންވާ ވާހަކަތަކެއް ދައްކަވަނީ، އެކަމަކު ހަގީގަތުގައި އެ ބޭފުޅުން ވެސް ވެކްސިން ޖައްސަވަން ބޭނުންފުޅު ވާނެ ނޫންތޯ؟ މޮޔައެއް ނޫނީއްޔާ ވެކްސިން ނުޖަހާކަށް ނޫޅޭނެ، އަޅުގަނޑު ދެކޭ ގޮތުގައި،" ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ އިންޑިއާއިން ދީފައިވާ 100،000 ޑޯޒްގެ އިތުރަށް ވެސް ވެކްސިން ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންޑިއާއިންނާއި އަދިވެސް ވެކްސިން އުފެއްދި އެހެން ގައުމުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އިތުރުން ޗައިނާއިން ވެސް މިހާރު ވަނީ ރާއްޖެއަށް އެ ގައުމުގައި އުފެއްދި ވެކްސިން 100،000 ޑޯޒް ހަދިޔާކޮށްދޭނެ ކަމަށް އިއުލާން ކޮށްފައެވެ. އިންޑީއާއިން ހަދިޔާކޮށްފައިވާ ވެކްސިން ރައްޔިތުންނަށް ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
މޮޔައެއް ވެސް ނުޖަހާނެ ތިޔަ ވެކްސިންނެއް.
65 އަހަރުން މަތީގެ މީހުނަށް މަސައްކަތް ނުކުރާނެކަމަށް އިންޑިޔާ ވެކުސިނުގަ ޖަހާފަ އޮތްވަ އެވެކުސިން ޖަހާނީ 65 އަހަރުން މަތީގެ ދެބަނދިހާރުވެފަ ހުރި 19 ދިވެހިން މެރި ކެރަފާ ބާޣީއެއް.
ޖަހާނެއެ ވެކްސިން
އިންޑިޢާ ކޮވީޝީޑު ވެކްސިން ޖެހުމަށް ވ.ގިނަ މީހުން ދެކޮޅުހަދާކަން ހަމަ އެގޭނީވެސް ކަލެއަށް! އެކަމަކު ކަލެމެން ތިތިބީ ފައިޒާ ވެކްސިން ޖަހައިގެން! ރަށްޔިތުން ކައިރީކިޔަނީ ޖެހީ ކޮވިޝީޑު ވެކްސިނޭ! މަކަރުވެރިޔާ
މޮޔަވާނީ ތޯއްޗެއް ތިޖަހައިފިޔާ..
އިންޑިޔާގެ ލެބް ރެޓް އަކައް ވާނީ ކަލޭމެން، އަހަރުން ދޫ ކޮއްލާ
ހެހެ.. ހިތުން ވަރަށް މޮޅު އެއްޗެއް ތިބުނީ! ބުއްދިވެރިން އެބަ ފެނޭތާ! ތިމާމެންގެ ސިކުނޑި އަކީ ޑަބްލިޔު.އެހް.އޯ. އަމިއްލަ ބުއްދީގެ މައްޗަށް ބާރު ނޮފޯރުވޭ މީހުންނަކީ ކޮންބައެއްތޯ؟ މިވާނީ ކޮންކަހަލަ ބަޔަކަށްތޯ؟
މިހާރު މޮޔައީ ކޮންބައެއްކަން އެނގިއްޖެތަ؟
އިންސާނުން ބަލިތަކުން ސަލާމަތް ކޮށްދޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަން ތަޤީންކަމާއި އެކު ޤަބޫލުކުރަން ޖެހޭ، ވެކްސިނަކީ ބަލިން ސަލާތްކޮށްދޭ އެއްޗެއްނޫން ކަން ޔަޤީން ކަމާއި އެކު ޤަބުލު ކުރަންޖެހޭ !
ބަލަ ކަލޭ ވައްތަރޭ މޮޔައަކާ. ކޯލިޝަން އަތުން މިނިސްޓަރ މަގާމު ވެސް ޖަހައިގަނެގެން ތި އިނީ މަގާމަށް ވެރިވެގެން މާ މޮޅު މީހަކަށް ހެދިގެން.