މި އަހަރު މެއި/ޖޫންގައި ބާއްވަން ހަމަޖެހިފައި އޮތް އޭލެވެލް އިމްތިހާނު ނުބާއްވާނެ ކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އިހުސާން "ވަގުތު"އަށް ވިދާޅުވީ، މިއަހަރު މޭ ޖޫންގައި އޭލެވެލް ނުބާއްވާނެ ކަން އެޑެކްސެލް އިން އަންގާފައިވާ ކަަމަށެވެ.

"ރާއްޖޭގައި މިހާރު އޭލެވެލް އެގްޒާމް މިހާރު ޝެޑިއުލްކޮށްފައި އޮތް ގޮތަށް ނުބާއްވާނެ". އިހުސާން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެސެސެމެންޓް ކުރިއަށްދާނެ ކަމަށާއި، އެސެސްމެންޓް ބާއްވާނެ ގޮތެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ، ތިނެއް ފެބުރުއަރީ 18:35 ގައި ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއަރސަން އިން އާންމުކޮށްފައިވާ ބަޔާނުގައި އޭ.އެސްއޭ ލެވެލް އިމްތިހާނު ތަކާގުޅޭގޮތުން ނިންމާފައިވަނީ މިއަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަމަށެވެ.

އަދި މިއަހަރުގެ މެއި/ޖޫން ގައި އޭ.އެސް އޭ ލެވެލް އިމްތިހާނު ތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް، ފެބުރުއަރީ މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިމިއަހަރުގެ އޮކްޓޯބަރު|ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް!އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެކަމަށެވެ.

މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށް ގެންދާ އޭއެސްއޭ ލެވެލް ގެ އެޕްލިކޭޝަން މަރުޙަލާ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް މިކަންކަން ކުރިއަށް ގެންދެވުމަށް އެ މިނިސްޓްރީން އެދިފައި ވެއެވެ.

އަދި އޭ.އެސް!އޭ ލެވެލް އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް އެ މިނިސްޓްރީން އަންގަފައި ވެއެެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ރާއްޖެއިން މި އިމްތިޙާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށްގެންދެވޭނެ އިތުރުގޮތެއް އޮތްތޯ
ބެލުމަށް މިހާރު އެޑެކްސެލްއާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އަދި މި މަޝްވަރާގައި ދަރިވަރުންނާއި، ސްކޫލްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޑަބިޔާ

    ކޮބާ މިނިސްޓަރ އަދިވެސް މޮޅުވާހަކަ ދައްކާތި. ދުނިޔޭގަ ވާނުވާނޭންގޭ ބައެއްނޫޅެ މިނޫނީ އެހެންދޯވާނީ އަބަދު ހަމާގަ ތިބެން ނުޖެހޭބަޔަކު ދަންކާނެ ހެހެވ

    58
    7
  2. Anonymous

    އޯލެވެލް އޯ؟

    21
    3
  3. ްއައި

    އޯލެވެލް އޯ؟

    17
    3
  4. Bruh

    MA HEUKAN
    DHENOOOOOOOOO

    13
    2
  5. ބްރަހ

    މަ ހެއުކަން ދެނޯޯޯ ޯޯޯޯޯ ޯ ޯ ޯ ޯ ޯ

    13
    1
  6. ބޮޑުވަޒީރު

    ޢަހަރެ މެންގެ ދަރިންގެ ހައްގެއް ތިޔަ ގެއްލުވާލީ

    24
    3
  7. ސަނީ

    ސާބަހޭ ވަރެއްގެ އަންހެނެއް ލާފަ ތިހިރީ..
    ނުވަންޔާ ގެޔައް ގޮސް ނިދާބަލަ..

    29
    2
    • އަހަހަހަހަ

      އެ އަންހެނާ އެކަނިތޯ..؟
      އެ މިނިސްޓްރީން ދައްބަލަ ރަނގަޅު އެންމެ މިނިސްޓަރެއް

      12
      2
  8. ދިދަ ދަނޑި

    ކީއްވެ ނުބާއްވަނީ.. މިހާ ބާރަށް ބަލި ފެތުރޭއިރުވެސް ސްކޫލް ބަންދު ނުކުރަން ފައި ވިއްދާފައެއްނު ތިހުރީ.. ކުޑަކުދިންނަށް ސްކޫލް ބަންދު ނުކޮށް ބޮޑެތި ކުދިންގެ އެގްޒާމް ނުބާއްވާނެ ކަމެއް ނެތް..

    24
    1
  9. އަލި

    ސްކޫލުން ނޫނީ ޓީޗަރުން އެސެސް ކޮށްގެންދޭ ސެޓްފިކެޓެއް ބޭނުމެއްނޫން. މިކުދިން އޭލަވަލް ނިންމަން މިހާރުވެސް ދިގު ދަތުރެއްކޮށްފި. ބޭނުން ވަނީ ފެންވަރުބެލޭނެ އިމްތިހާނަކުން ކުދިންގެ ފެންވަރު ބެލުން.

    19
    1
  10. Anonymous

    ދެން މި އަހަރު މެއި ޖޫން ގައި އޯލެވެލް ހަދާ ކުދިންނަށް 11 އޮންނާނެތަ މި އަހަރު

    11
    1
  11. ީއިންކޮންމްޕީޓެންޓް މިނިސްޓަރ

    މި މިނިސްޓަރ ގެ ދޯދިޔާ ކަމުން އެތަށް ދަރިވަރުންގެ ހައްގު ނެތިގެން ދަނީ. ސްކޫލެއް ގަ ޓޗަރަކަށް ވެސް އުޅެފަ ހުރީކީ ނޫން. ދެން ކީކޭ ބުނާނީ. އައިސްތު އަލީ ގެ އަށް ދޭ. ގޭގަ އޮތަސް ތަންތަނުގެ ފިރިހެން ވެރިން ގެ ރުހުން ލިބޭނެ ތި ކަމަނާ އަށް. ދަރިވަރުންގެ ހައްގު ނަގާ ނުލާ. ޕްލީސް

    14
    1
  12. Anonymous

    ދެން މި އަހަރު މެއި ޖޫން ގައި އޯލެވެލް އިމްތިހާނު ހާދާ ކުދިން ނަށް 11 އަށް ވަދެ ވޭނީ ކޮން އިރަކުއޯ

    8
    1
  13. ޒުވާނާ

    ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކެންސަލްވީ އޭ ބުންނަން ނުކުރިގެން ތިއުޅެނީ ކީއްވެގެންތޯ...

    15
    3
  14. ޑަރޭ

    މީހަމަ 100% މަރުމޯލެއް. މީނަނެތި މިނިސްޓަރީ އަމިއްލަޒާތުގަ ހިނގަން ދޫ ކޮށްލިޔަސް މިޔައްވުރެ ނަތީޖާ ރަނގަޅުވާނެ.

    3
    1
  15. Ahmadh

    ރާއްޖޭގެ އިމްތިހާނެއް ދީބަލަ. ޢެމްމެ މަތީ ސަނަދު އިހަށްދުވަހު ޝޭޚު އެޙާސިލުކުރެއްވީ ރާއްޖެއިން. ދެން ކީއްވެ އޭލެވެލް، އޯލެވެލް ނުބޭއްވެންވީ. ރާނީގެ އަޅުވެތިކަން ދޫކޮށްލަވާ.

    4
    2
  16. ޙހހހ

    އަދިވެސް ފުއްޕާފަ ބުނާތި ބޭރު ޤައުމުތަކުގައި ނުބޭއްވިޔަސް ތިމަންނަމެން ބާއްވާނަމޭ ، ހިސާބަށްވުރެ ނުލަފާ ވެރިންން އުޅެންޏާ މުޞީބާތްތައްވެސް އަންނާނެ ، މިމީހުންނަކަށް ނޭނގޭ މިންވަރަށް އީމާންވާކަށް

    3
    1
  17. Anonymous

    މޮޅު ވެއްޖެއްނުން