ހުޅުމީދޫން ކަރަންޓީންގައި ނެތް 4 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ހުޅުމީދު ކައުންސިލަރ އިބްރާހިމް ޝުކުރީ ވިދާޅުވީ، އެރަށުން ފައްސިވެފައިވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީން ކަމަށެވެ.

އެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ބަލިވެގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ޓެސްޓް ހަދަން އަންގައިގެން ހެދި ޓެސްޓުން ކަމަށް ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ، މީގެ ކުރިން މާލެއިން އެރަށަށް ދިޔަ 2 ބިދޭސީން ފައްސިވި ކަމަށެވެ. އެމީހުންނަކީވެސް ހަމަ އެސައިޓުގައި މަސައްކަތް ކުރަން ދިޔަ 2 މީހުންނެވެ. އަމީހުން ކަރަންޓީނުގައި ތިބިއިރު، އިތުރު ބަޔަކާއި ދިމާވިތޯ ބެލުމުން ދިމާވެފައި ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޝުކުރީ ވިދާޅުވިއެވެ. އެހެން ކަމުން އޭރު އެއްވެސް ބަޔަކު ކަރަންޓީނު ކޮށްފައެއް ނުވެއެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި ޖުމްލަ 60 ވަރަކަށް ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ މީގެ ކުރިން ރަށުގެ ފިހާރަތަކަށާއި ހޮސްޕިޓަލް ފަދަ ތަންތަނަށް ޒިޔާރަތް ކޮށްފައެވެ.

ހުޅުމީދޫގައި ޖުމްލަ މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވަނީ 7 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    ވެކްސިން ޖަހަން ފެއްޓީމަ ކޭސްތައް ގިނަވާންވީ ކީއްވެތަ؟ ޕްރެކްޓިކަލް ވާރކްކުރާ މީހުންނާއި ބިދޭސީންނަށް މާސްކް ގިނަގިނައިން ބަދަލުކުރަން ބުނަންވީ. އެމީހުންނަކީ ގިނައިން އެކްޓިވްކޮށް މަސައްކަތްކުރާ ބައެއް، އެހެންވެ މާސްކް މޫވްވެ ދަލާއި ކިލައިން ހަޑިވާނެތީ.

  2. ހުޅުމީދޫ

    އިމެޖެންސީ ހާލަތުގައި ހިތަދޫ ހޮސްޕިޓަލަށް ދެވޭނެގޮތް ހުޅުމީދޫ ރައްޔިތުންނަށް އެބަޖެހޭ ހަދަން؟

    13
  3. Anonymous

    ވެކްސިން ލިބުނު ދުވަހު ކޭސްތައް ގިނަވާން ފެށީ. ލޮލް

    3
    1