ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި 7،000 ފްލެޓަށް އެދި ފޯމު ހުށަހަޅަން ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފްލެޓް ފޯމު ބަލައިގަތުމަށް، ވީ އެންމެ ލުއި އިންތިޒާމެއް ހަމަޖެއްސުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ފޯމު ހުށަހެޅުމަށް ދޫކުރާ ނަންބަރު ނެގުމަށް ކިއުގައި ޖެހެން ނުޖެހޭނޭ ގޮތް ހެދުމަށް އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ނެގޭނެ ޚިދުމަތް މާދަމާ ދޭނެ ކަމަށެވެ.

މާދަމާ ހެނދުނު 10:30ގައި ދަރުބާރުގޭގައި ފޯމު ބަލައިގަންނަން ފަށާއިރު، މާދަމާ ހެނދުނު 10:00 ގައި ފޯމްތައް ބަލައިގަންނަން ނަންބަރު ދޫކުރަން ފަށައެވެ. ކިއުބީ އެޕްލިކޭޝަންގެ އިތުރުން ދަރުބާރު ގެޔަށް ވަޑައިގެން ނަންބަރު ނެގޭނެ އިންތިޒާމުވެސްވަނީ މިނިސްޓްރީން ހަމަޖައްސާފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 7،000 ފުލެޓްއަށް އެދި މިހާތަނަށް ޖުމްލަ 50،000 ފޯމްވަނީ ނަގާފައެވެ.

ފްލެޓް ދިނުމަށް ނިންމާފައިވާ ދާއިރާތައް:

- ސިވިލް ސާވިސް: 1،000
- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000
- މާލޭގެ ރަށްވެހިންނަށް: 1،000
- ޑޮކްޓަރުންނާއި ނަރުހުންނަށް: 475
- ޓީޗަރުންނަށް: 625
- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044
- ފުލުހުންނާއި ސިފައިންނަށް: 600
- އެކަނިވެރި މައިންނާއި ބަފައިންނަށް: 400
- ނުކުޅެދޭ އާއިލާތަކަށް: 200
- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256
- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ތަބަކެކަށް ލައިގެން ކޮންމެ މީހެއްކައިރިއަށް ފޯމް ގެނެސް ދެނީ ދެން ކިއުގައި ޖެހޭކަށް ނުޖެހޭނެ.

  2. ބަލަބަލަ

    ބަލަ ބޯހިޔާވަހިކަމުން ލިބޭނީހިއްދަތިކަމާ ހާސްކަން ދެންވެސް ހަމަނުހައްގުން އޭރެއްގެސަރުކާރުިގާ ތިބޭ ނުވަތަ ކަމަނާ ބޭނުން ވާބަޔަކަން ފުލެޓް ދެމުންދާނީ ކަރެޕްސަންއޮތީނިދިފައި ފަގީރުމީހާ ގިސްލަމުންކަރަނަބާލަމުން ކުލިދައްކަން ލާރިކޮޅު ހަމކުރުމުގާ ހާސްކަންމތީ ތިބޭނީ ސަރުކާރުގާ އެއްވެސްއިހްލާސްތެރިކަމެން ނެތް ބަލަ މިސަރުކާރުގާއިހްލާސްތެރިކަމެން ނެތީމަތާ އެއްވެސްފުލެޓެއްނޭޅުނީ ރީދޫ ސަރުކާރުން ހޯދިހަތްސަތޭކެ ފުލެޓްވެސްނަހައްގުން މިސަރުކާރުން ކަމަނާ ހިއްޕުހަމަޖެބަޔަކަންދިނީ؟؟ ދެން ދުވަސްމީހުންނައްފުލެޓައްނުލެވޭގޮތަހެދީ ޒުވާނުންގެވޯޓްދަހިވެތިކަމުގާ ނަމަވެސް ދުވަސްވިމިހާ މާއިހްލާސްތެރިވާނެ ޒުވާނުންބޭނުމީފައިސާ؟؟

  3. ދުވާފަރު މީހާ

    މާލޭގަ މާފަންނު ހުޅަނގު ދާއިރާގަ އެކަނިތޯ ނިކަމެތިން އުޅުއްވަނީ. ނޫނީ ސަރުކާރުގެ ވެރިންގެ އާއިލާތައް އެދާއިރާގަ ގިނައީތޯ