އިންޑިއާ ނޭވީގެ ހައިޑްރޯ ސާވޭ ޓީމުން ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަނީ ކޮވިޑް-19ގެ ޕީސީއާރު ޓެސްޓް ނައްސިވުމުން ކަމަށް ހެލްޓް އިމާޖެންސީ އޮޕަރޭޝަން ސެންތަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ އެވެ.
އިންޑިއާ ނޭވީގެ ހައިޑްރޯ ސާވޭ ކުރާ ފަސް މީހެއްގެ އިތުރުން އެމްއެންޑީއެފް ސިފައިންގެ މީހަކު އެރަށަށް ގޮސްފައިވަނީ މިއަދެވެ. އެމީހުން އެރަށުގައި ތިބޭނެ ކަމަށް އެޗްއީއޯސީން ވިދާޅުވެފައި ވަނީ މާޗް މަހުގެ 13 ވަނަ ދުވަހާއި ހަމައަށެވެ.
އެ މީހުންނަކީ ކަރަންޓީނު ވުމަށްފަހު ޕީސީއާރް ޓެސްޓު ހަދައިގެން ނައްސި ނަތީޖާ ލިބިފައިވާ މީހުން ކަމަށް އެޗްއީއޯސީއިން ވިދާޅުވިއެވެ. އަދި އެ ނަތީޖާ އެޗްޕީއޭއާ ހިއްސާކޮށްފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.
އެމީހުން އެރަށަށް އެރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެމީހުން ކަރަންޓީނު ނުވެ އެރަށުގައި ހަރަކާތްތެރިވާ ކަމަށް ބުނެ ސުވާލު އުފައްދާފައެވެ.
އެމީހުން އެރަށަށް ގޮސްފައިވަނީ ޓައިޑް އޮބްޒަވޭޝަން ހެދުމަށްޓަކައެވެ. 24 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ސާވޭގެ ކޯސްޓް ލައިނިން ހެދުމަށްޓަކައި ރަށުގެ ދިޔަވަރު އަރާ ހިސާބު ފާހަގަ ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
އެގައުމުގެ މީހުނަކީ އެއްވެސް ކުށެއްވެސް ކުރާނެ ބައެއްނޫން ކޮންދޮގުތަކެއް ތިހަދަނީ
ތި ކޮވިޑު ޕުރޫފު މީހުން ދޯ 🙂
އިންޑިއާ ނޭވީ ފަސްމީހުން ދިޔަވަރު ބަލަން ކުޅުދުއްފުށީގަ ބަނޑަހަޖަހައިގެން ދިގުމުއްދަތަކަށް ތިބުމަކީ ތިއީ އާދައިގެ ކަމެއްހެނެއް ހިޔެއްނުވޭ، ތީ އިސްތިއުމާރީ ހަރަކާތަކާ ވައްތަރީ މިފަހަރު އިންޑިއާއަށް ކޮންތަނެއް ވިއްކާލަން ކުރާ ކަމެއްބާމީ