ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ޝިހާބުގެ ބޭންކު އެކައުންޓުގައި 362،015،022.00 ރުފިޔާ ހުރިކަން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ، އޭނާގެ އެސެޓް ޑެކްލަރޭޝަން ފޯމުންނެވެ.

އެ ފޯމްގައި ވާގޮތުން 27 ފެބްރުއަރީ 2020 ގެ ނިޔަލަށް ޝިހާބުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓެއްގައި 362،015،022.00 ރުފިޔާ ހުރި ކަމަށް ދައްކައެވެ. އަދި ޑޮަލަރު އެކައުންޓުގައި 18،129.76 ޑޮލަރު ހުރި ކަމަށް ދައްކައެވެ.

މިއީ އޭނާ ކޮން ގޮތަކުން ހޯދި ފަައިސާއެއްކަން ބަޔާންކޮށްފައެއް ނުވެއެވެ.

އެ ފޯމްގައި ވާގޮތުން، އެ ފޯމް އާއްމު ކުރުމުގެ ހަ މަސް ދުވަހުގެ ކުރިން ޝިބާހަށް މުސާރައިގެ ގޮތުގައި 224،789 ރުފިޔާ ލިބިފައި ވެއެވެ. އަދި ލޯނު އިންޓަރެސްޓުގެ ގޮތުގައި 172،474 ރުފިޔާ އަދި ގޯތި ކުއްޔަށް ދީގެން 72،000 ރުފިޔާ އޭނާއަށް ލިބިފައިވާކަމަށް އެ ފޯމްގައި ވެއެވެ.

އެ ފޯމްގައި ވާގޮތުން ޝިހާބުގެ މިލްކިއްޔާތުގައި ދެ ސައިކަލާއި، ބީއެމްއެލްގެ 2880 ހިއްސާ އާއި، ދިރާގު 2500 ހިއްސާ އާއި، އެމްޓީޑީސީގެ 3300 ހިއްސާ ހިމެނެއެވެ.

އެ ފޯމްގައި އޭނާއާ އަނބިކަނބަލުންގެވެސް އެއްވެސް ދަރަންޏެއް އޮތް ކަމަށް ނުދައްކަ އެވެ.

ޝިހާބު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޝިހާބު މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އިބޫ

    ކަލޭ ހަމަހޭގައިތަ ތި ހުރީ؟

    14
    11
  2. އަބްދުއްލަޠީފު

    މަރުވީމަ ސަންދޯކައް އަޅައިގެން ކައްވަޅަށް ގެނދަން ފޮރުވާފަ ހުރި ފައިސާކޮޅަކައް ތިވާނީ

    62
    4
  3. ހުސެން

    ކިހިނެއް އެވީ މިލިޔަނަރަކަށް ؟

    27
    2
  4. ގެބޭ

    މި ގައުމުގައި ފައިސާ ހުންނަން ނުޖެހެނީ އަދި ފައިސާގެ މުޢަމަލާ ކުރުން ހުއްދަ ނުވަނީ އެންމެ މީހަކަށް. އެއީ ކުރީގެ ރައީސް ޔާމީން. އެމްޑީޕީއާއި އެ ޕާޓީއަށް ފަންޑްކުރާ ފަރާތްތަކުގެ އެކައުންޓްތަކުގައި ތިކަހަލަ އެތައް ސަތޭކަ މިލިއަންތައް އެބަހުރި. ގައުމުގެ އިސްތިގްލާލަށް އަރައިގަންނަށް އިންޑިއާއިން ދިން ފައިސާތައް ޖަމާކޮށް ހަދަނީ ތިކަހަލަ މީސްމީހުންގެ އެކައުންޓަށް ދެން އިންތިހާބުތަކަށް ހަރަދު ކުރަނީ އެފައިސާތަކުން.

    50
    2
  5. ސަންޑާނު

    ނަންވާނީ ޔާނު.

    35
    1
    • ޒަކް

      ބަލަ އެއީ އޯވަރ ނައިޓަކުން ނޫނީ މި 2 އަހަރު އެކައުންޓަށް ވަތް ފައިސާއެއް ނޫނޭ.. އޭނާގެ އަމިއްލަ ވިޔަފާރިއާ ރިސޯޓު ހިއްސާ އޮންނަތާ އެތަށް އަހަރެއް ވެއްޖެ

      4
      18
    • ހ

      ކިހިނެތް ހޯދި ލާރި އެއް.. މީނަގެ ޝަރިއަތް ހިންގާ.. ޔާނު އެއް ނޫން މިމީހުން އުޅޭ ގޮތް ވެސް ބަލަން ޖެހޭ... ތިން އަހަރު ވާއިރު ކުރިކަމެއް ނެތް

  6. ށަމްނާ

    ސީގަލް ފިހާރަ ، ރިޒޯޓް، ޓުރަވަލް އެޖެންސީ

    6
    18
  7. ސަންތިމަރިޔަބު

    ﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

    رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

    [ އަލް ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތް]

    28
  8. މޮހޮނު

    މާފަހީގަ ފަޅޯ ހައްދައިގެން ، ލިބުނު ލާރިކޮޅެއް ތިޔާ،

    20
    5
  9. ސލ

    ތި ކަހަލަ ކިކތަންމެ ފައިސާއެއް އެ ކި ދިމަ ދިމާގައި
    ހުންނާނެ އެވެ ފައިސާ އަ ކަށް ވާ ކަހަލ ފައިސާ ހުންނާނީ
    ރާއްޖޭގެ ފުޅަލިން ބޭރުގައި ރައް ާކރެވިފައެވެ ރާއްޖޭގައި
    ހުރީ ހަވާސާގައިހުރި އެތި ކޮޅެ ކެވެ

    28
    1
  10. ލާދީނީ އަންނި

    އަޅުގަނޑުމެންގެ ވެރިކަމެއްގާ ހުރިހާ ރައްޔިތުންގެ ބޭންކު އެކައުނޓުވެސް މިވަރައް ކުރިއަރާނެ.

    17
    3
  11. ޓަކަފިރޯށި

    ވިހޭންސުރެން އަތުގަހޭކޭ އެއްޗެއް ދަތުގަވަސް ހޭކޭނެ ދެއްތޯ؟!! ދެން އަލެ ވެރިކަމާ މިމިހުން ހޭބަލިނުވެ ހުންނާނެތޯ؟ ރަށްޔިތުންނޭ ހޭވެރިވެ ސަމާލުވޭ! ރާއްޖޭގެ ހުރިހާއެއްޗެއް މި ބެނީ މާލޭ ބޭފުޅުންގެ ތިންހަތަރު އާއިލާއަކަށް!

    32
  12. ދޯ

    ސަލާން ޖަހާ ކުދިން އެގޭ ދޮށަށް ދާން ވީ

    13
    1
  13. ސޭޓު އަންހެނުންގެ ބޯއީ

    ނުހައްގުން މުއްސަދި ވުމަކީ ކުށެއް ސާބިތު ނުކުރެވެއްޖިޔާ ދައުލަތަށް ތިފައިސާކޮޅު ދަމާލާ..މީނަ އިންކަމް ޓެކްސް ދައްކާތަ..ލާރިފަށެއްކާލާ ލާރިއަށް ހަދާނެ ގޮތެއްނޭންގިގެން މިއުޅެނީ..ލާރި ގިނަކަމުން އަޅާނެ ތަނެއްވެސް ނެތް..

    18
  14. ޠަޔަން

    ޢިބޫގެ ގެޓްއަވޭ ބޭގް.. ލޮލް...
    ކިނބޫ ހީކުރީ ކާލއިގެން ރައްކާވެވޭނެ ކަމައްތަ ؟؟

    15
    1
  15. ލލ

    މީސްމީހުންގެ އެކައުންޓުގައި ފައިސާ ހުރުމަކީ އެހެންމީހުން އެކަމާއި ޖެލެސްވާންވީ ކަމެއްނޫން، !

    • ލލލލ

      ރައްޔިތުންގެ ލާރި އެކައުންޓް ގަ

  16. ޛ

    މާފަހި ސީގަލް އެއީ ޢޭނާގެ ތަންތަނެއް ނޫން...އެއީ ސޮލާހު ގެ ތަންތަން

  17. ައަޙުމަދު

    ޝިހާބަކީ އަމާނާތްތެރިއެއް.