23:19

މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ގެ ވެކްސިންދޭން މާދަމާ ފަށާނެ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ.

23:00

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1،014 މީހަކު މަރުވެއްޖެ.

22:10

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން، ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު 193 އަށް އަރައިފި.

21:05

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުލުހުން މަގުމައްޗަށް ނެރެފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެ.

20:53

ދިވެހި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރާ ގައުމުތަކުގެ ތެރެއިން ރައްކާތެރި އެއް މަންޒިލަށް ވެގެން ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ.

18:53

18:16

ގދ. ތިނަދޫ މޮނީޓަރިންގ ހާލަތުން ނަގައިފި.

17:00

ޝޫޓިންގައި ކްރޫއަކު ކޮވިޑް-19 އަށް ފައްސިވުމުން ފެންޓަސްޓިކް ބީސްޓް ތިނެއްގެ ޝޫޓިންގ ހުއްޓާލައިފި.

16:41

ކޮވިޑް-19 ޖެހުނު ދެ ކުއްޖަކު ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެ.

16:33

14:53

އައްޑޫ ސިޓީ ހުޅުމީދޫ އިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

14:04

ކޮވިޑް-19 ގެ ރޯގާގެ ފަރުވާއެއްގެ ގޮތުގައި ޗައިނާ އިން އުފައްދާފައިވާ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރަން ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "މަޖާޒީ" ރައްދެއް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް އަމާޒު ކުރައްވައިފި.

12:04

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކެލްސޭ ޓައުންސެންޑް ނަމަކަށް ކިޔާ އަންހެން މީހާ ވިހެއި ހަތަރު ވަނަ ދަރިފުޅާ ތިން މަސް ފަހުން ދިމާވެއްޖެ.

11:34

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،682 މީހުން މަރުވެއްޖެ.

10:10

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅެން ޖެހިފައިވާ އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ އުސޫލުތައް ހިމެނޭ ގައިޑްލައިނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި.

09:51

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ފްރާންސްގެ ސައިންޓިފިކް އެޑްވައިޒަރުން ހިމެނޭ ޕެނަލަކުން ލަފާ ދީފި.

09:34

ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް ބަލިމަޑު ކަމަކީ ކޮވިޑް-19ގެ ބަލި މަޑު ކަމެވެ. މި ބަލީގައި އެތައް ބަޔަކު ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ސައިންސްވެރިން އަންނަނީ ބައްޔާ ހަނގުރާމަ ކުރުމަށް ވެކްސިނެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ.

23:05

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،707 މީހުން އިއްޔެ މަރުވެއްޖެ.

21:36

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 521 މީހަކު މަރުވެ، ޕޮލޭންޑުން އިތުރު 444 މީހަކު މަރުވެއްޖެ.

ކޮވިޑް-19 ގެ ނުރައްކަލާއި ދުނިޔެ ކުރިމަތިލަމުން ދާތާ އެތައް މަހެއް ފާއިތުވެގެން ދިޔައިރު އަދިވެސް މި ބަލިމަޑުކަމުން އަރައިގަނެވުމުގެ ފެހި ސިގްނަލެއް ލިބިފައެއް ނުވެއެވެ. މި ބަލި ފެތުރެން ފެށިފަހުން މިދިޔަ އަހަރުގެ މެދުތެރޭގައި އަލަށް ފައްސިވާ މީހުންގެ ނިސްބަތް ދަށްވެގެން ދިޔަނަމަވެސް ނުރައްކާ ކުރިޔަށްވުރެ ބޮޑުވެ ބަލިން އަރައިގަތުމުގެ އުންމީދު ވަނީ ފަނޑުވެފައެވެ.

ހަމައެހެންމެ ދުނިޔެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ ވެކްސިންތަކުގެ ފަހުގެ މަރުޙަލާތައް ކުރިޔަށް ދަނިކޮށް އުދާސްކަން ބޮޑުވީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު އާ ވައްތަރުތަކެއް އަނެއްކާވެސް ފެތުރެމުންދާކަން އެނގުނު ހިސާބުންނެވެ. މިއާއެކު ބައެއް ޤައުމުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ދުނިޔޭގެ ހާލަތެކޭ އެއްފަދައިން ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އަދަދުތައްވެސް ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. ރާއްޖޭގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނަނިކޮށް ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ރާއްޖޭގައި ފެތުރޭކަންވެސް ދާދިފަހުން ވަނީ ހާމަވެފައެވެ. ރާއްޖޭގައި މި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދުތައް ކުއްލިއަކަށް އުފުލެން ފެށީ މި ސަބަބާއި ގުޅިގެން ކަމަށް އިދާރާތަކުން ބުނެއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ވެރިކަންކުރާ މާލެ ސަރަޙައްދުގައެވެ. މިގޮތުން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވަމުން އަންނަނީވެސް މާލެއިންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ބަލީގެ ވޭދަނަތައް ފެންމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ އުފުލެން ފަށާފައެވެ. މީގެ ތެރޭގައި ވެސް ގިނައީ މާލެއިން އަތޮޅުތަކަށް ދަތުރުކުރާ މީހުންކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ދާދިފަހުން އިންޑިއާއިން ގެނެވުނު ވެކްސިނެއް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މި ވެކްސިން އަދި ދެމުން ދަނީ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ޢާންމުކޮށް ރާއްޖޭގައި މި ވެކްސިން ދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން އަލަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާނީ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް ހަރުކަށިކޮށްފައެވެ. މިގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ މާލޭގައި ކާފިއުވެސް ހިންގަމުން ދެއެވެ. ހަމައެހެންމެ ކޮލެޖް ޔުނިވާސިޓީތައް ވަގުތީގޮތުން ބަންދުކޮށް، ޢާންމު ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަކި ގަޑިތަކެއް ވަނީ ހަމަޖައްސާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16410 އަށް އަރާފައެވެ. މީގެ ތެރޭގައި އިއްޔެ އަލަށް ބަލި ޖެހުނު 134 މީހަކުވެސް ހިމެނެއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 178 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ. އަދި މިހާތަނަށް ރާއްޖެއިން ފައްސިވީ މީހުންގެ ތެރެއިން 14419 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މި ބަލީގައި މިހާތަނަށް ރާއްޖެއިން 54 މީހަކު ނިޔާވެފައި ވެއެވެ.

ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ވަނީ ފެނިފައެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް ޖުމްލަ 105 މިލިއަން މީހުން ފައްސިވެފައި ވާއިރު އޭގެތެރެއިން 2.2 މިލިއަން މީހަކު ވަނީ މަރުވެފައެވެ. އަދި މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 76 މިލިއަން މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު