ރާއްޖެއިން އިތުރު 134 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މީގެ ތެރެއިން މާލެ ސަރަަހައްދުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، 110 މީހެކެވެ. އަދި އަތޮޅު ތެރެއިން ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިިވިއިރު، ހިންގަމުންދާ ރިސޯޓްތަކުން އެއް ވޭދަނަ އަދި އޮޕަރޭޝަން ނުގެނެސް ހުރި ރިސޯޓަކުން މީހަކު ފައްސިވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ، 16410 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1930 މީހަކަށެވެ.

މީގެ ތެރެއިން މިހާރު 178 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ރާއްޖޭގައި މިއަދުވެސް ވަނީ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައެވެ. އަދި އިއްޔެވެސް އެ ބަލީގައި މީހަކު ނިޔާވެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް އިތުރުވާން ފަށާފައިވާއިރު، އެ ބަލީގައި ނިޔާވާ މިހުންގެ އަދަދު ޖެނުއަރީ މަހުން ފެށިގެން ވަނީ އިތުުރުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 45 ދިވެހިންނާއި އަށް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު