ކޮވިޑް-19 އާ ގުޅިގެން، ބ. އަތޮޅު ކެންދޫއަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ)އިން މަނާ ކޮށްފިއެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށް، އެރަށަށް މިހާރު ވަނީ އެޗްޕީއޭގެ ލިޔުން ފޮނުވާފައެވެ.

އެރަށް މޮނީޓަރިންގއަށް ލައި ނެރުނު އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ، އެރަށުން ފައްސިވެފައިވަނީ އެންމެ މީހެއް ކަމަށާއި އޭނާ ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު ނިންމާފައި ހެދި ޓެސްޓުން ކަމަށެވެ.

ސަލީމް ވިދާޅުވީ، ފައްސިވެފައިވަނީ ގާތްގަނޑަކަށް އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެރަށުން މީހަކު ފައްސިވުމާއި ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ސަލީމް ވިދާޅުވީ، ފައްސިވެފައިވާ މީހާއާއި މިހާތަނަށް ކައިރިން ބައްދަލުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ އެންމެ މީހެއް ކަމަށެވެ. އެއީ ކަރަންޓީނުގައި ހުރި މީހާއަށް ކާތަކެތި ފޯރުކޮށްދޭން އުޅުނު މީހާ ކަމަށްވެސް ވެދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެރަށުން ފައްސި ވޭދަނައެއް ފެނުމާއި އެކީ ބޭރަށް ނުނިކުމެ ގޭގައި ތިބުމަށާއި މާސްކު އަޅައިގެން ކޮންމެހެން މަޖުބޫރު ވެގެން ނިކުންނަން ޖެހޭ ހާލަތުގައި ބޭރަށް ނުކުތުމަށް ސަލީމް ވަނީ ރަށުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނައްޓޭ

    ކަރަންޓީން އުސޫލާ ހިލާފުވި މިހާގެ މައްސަލަ ބަލަން ގޮވާލަން

  2. ފަރަހަ

    ރަގަލު

  3. ކައި

    ފޫހި މީހުން އުޅޭ ރަށެއް