ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގި މުސްކުޅިޔަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 64 އަހަރުގެ ދިވެހި ފިރިހެނެެކެވެ.

ފުލުހުން ވިދާޅުވީ، މެދު ރާއްްޖެތެރޭގެ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖެއްގެ ހާޒިރުގައި އެކި ދުވަސްމަތިން ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖެނުއަރީ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު