ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވެސް އެންމެ ފަހުން ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފިއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ މާލޭގެ މޭޔަރު ކަމަށް ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޓިކްޓޮކް ބޭނުން ކުރަން ފަށާފައިވާ ކަން އިއުލާން ކުރައްވައިފައެވެ.

އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭގެ މޭޔަރު ކަމަށް ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޓިކްޓޮކް ބޭނުން ކުރަން ފަށާފައިވާ ކަން އިއުލާނު ކުރައްވައިފައެވެ.

ޑރ. މުއިއްޒު "ވަގުތަށް" ވިދާޅުވީ ޓިކްޓޮކް ބޭނުން ކުރަން ފެއްޓެވީ އަލަށް ކަމަށެވެ. އަދި ޓިކްޓޮކް ބޭނުން ކުރައްވަން ނިންމެވީ ޒުވާން ކުދިންގެ މެދުގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމަށް ޓިކްޓޮކްވުމުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ޓިކްޓޮކް އެއީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް ގިނަ މީހުން ބޭނުން ކުރާ ވަރަށް މަގުބޫލު އެއްޗަކަށް ވާތީ އަޅުގަނޑުގެ މެސެޖުތައް މީހުންނަށް ވާސިލްވުމުގައި ހަމަ ވަރަށް ބޮޑު ވަސީލަތަކަށް ވާނެ ކަމަށް ހީކޮށްގެން މި ބޭނުން ކުރަން ފެށީ،" މުއިއްޒު ވިދާޅުވިއެވެ.

ޓިކްޓޮކްގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމް އާއި ޔޫޓިއުބުގެ އިތުރުން ޓްްވީޓާގައި ވެސް ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޓިކްޓޮކްއަކީ ތަފާތު ވީޑިއޯތަަކަށް އެކްޓް ކުރުމާއި އަޑު އަަޅައިގެން ލަވަ އާއި އެ ނޫން ވެސް ކަންކަން ކުރެވޭ ގޮތައް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މީސްމީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މުއިއްޒު ނިންމެވީ ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައި ވަނިކޮށެވެ.

އެގޮތުން އެ އުސޫލުގައި ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ޢަމަލުކުރަންވީ ގޮތްތައް ހިމަނައިފައެވެ. އެގޮތުން ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރާނަމަ، ކަރަންޓީނު ކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު އާ އެއްގޮތަށް ޢަމަލު ކުރުމަށް އެ އުސޫލުގައިވެއެވެ. އަދި ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށް އެޗްޕީއޭގެ މި އުސޫލުގައި ވަނީ ބާރު އަޅައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައާރިފް

    ހީކުރަން ވަރައް އަވަހައް މުއިއްޒުގެ ޑާންސެއް ޓިކްޓޮކުން ފެންނާނެކަމައް.

    17
    10
  2. Anonymous

    ސަޅިޔޭ ބްރޯ ފޯރު ކޮށްދިނުމުގައި ހެޔޮގޮތުގައި ޓެކްނޮލޮޖީ ބޭނުން ހިފުމަކީ ހަމަ ވަރަށް ސަޅި ކަމެއް މަރުހަބާ

    13
    4
  3. ދިވެހިކޮރަކަލި

    އިޔާޒް އާ އިލްޔާސް ވެސް ޓިކްޓޮކަށް ވަނުން މުހިންމު ކައިޒިން އެކަންޏެއްނޫނޭ އޭގަ އުޅޭނީކީ މަ ބޭނުން ބްރަރދާ މުއިއްޒު އަށް ކެމްޕޭން ކޮށްދޭން ޓިކްޓޮކާ ގުޅެން އެކަމަކު އިލޮށިފަތިން ބޮނޑިއެއް އަޅާ ފާނެކަމަށް ޓިކްޓޮކަށް ނުވަންނަނީ ހެހެ ބްރަދާރ މުއިއްޒު ާ ބާރަށް ކުރިއަށް ، ވަރަށް ސަލާން

    8
    4