ހުޅުމާލޭގައި އަލަށް އަޅާ، އަގުހެޔޮ 2،000 ހައުސިން ޔުނިޓްގައި ހިމެނެނީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ޔުނިޓްތަކެއް ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ މަސައްކަތް ނިންމުން ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިދިޔަ ހަފްތާގައި ސޮއިކޮށްފައިވާ ކަން ވަނީ އިއުލާން ކުރައްވައިފައެވެ. އަދި މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި އަހަރުގެ މެއި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ދެއްވައިފައެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދަން މާލެ ސަރަހައްދުގައި މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްގީކޮށްފައިވާ މި ގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގު ވެސް ހެޔޮ ޔުނިޓުތަކަކަށް ވާނެއެވެ.
އިންޑިއާ ހައި ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ 2،000 ހައުސިން ޔުނިޓްގެ މަސައްކަތު އެއްބަސްވުމުގައި އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ދިވެހި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެކު މިދިޔަ އަންގާރަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާޅު ކުރީ ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރާ ގޮތަށެވެ.
މި މަޝްރޫއުގެ 85-100 ޕަސެންޓް ފައިނޭންސްކުރާނީ ކޮންޓްރެކްޓަރު ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.
އެކަމަކު، މި މަޝްރޫއުގެ އަގެއް ހައި ކޮމިޝަނުން އާންމެއް ނުކުރެއެވެ.
މި 2،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާހަނާގެ 1،400 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާހަނާގެ 600 ޔުނިޓެވެ. މި މަސައްކަތް 900 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.
އެންބީސީސީއަކީ އިންޑިއާ ސަރުކާރުން 1960 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުންޏަކީ ޕްރޮޖެކްޓް ކޮންސަލްޓަންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް އަދި އީޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ވަރުގަދަ ކުންފުންޏެކެވެ.
ރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތުގައި ވެސް މި ކުންފުނި ހިއްސާވެއެވެ. އެންބީސީސީ އިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ފުރިހަމަކޮށްފައެވެ.
އޭގެތެރޭގައި މޮރިޝަސް ޕޯޓް ލުއިސްގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓު އިމާރާތާއި ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރު ހިމެނެއެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިހާރު ހަދައި ނިންމާފައިވާ 7،000 ފްލެޓް ލިބޭ މީހުން މިހާރު ވަނީ ކަނޑައަޅައިފައެވެ.
ތިޔައީ ވެެރި ކަން ނިމެންވާއިރަށް ބައި ކުދިން ކޮޅަށް ދޭންޖެހޭ ސިއްރިޔާތުގެ ވައުދަ ކަށް ނުވާނެބާ؟
ޕްރޮޖެކްޓްތައް އިއުލާން މިކުރަނީ އިންދިޔާ އެންބަސީއިން އެހެންވީމާ މިހާރުމީ އިންދިޔާގެ އަވަށެއްތާ؟
މި ހާރު ހައިކޮމިޝަނުން ލައްވާ ރައްޔިތުން ގުނބޯ ހައްދަންފެށީ ލޮލް
ޤައްދާރުވެވޭ ބައިވަރު ގޮތް ހުރެއެވެ. ފައިސާ އަށް ގައްދާރުވުން، ވަޒީފާއަށް ގައްދާރުވުން، ގަލަމުން ގައްދާރުވުން މިހުންނަނީ ގައްދާރުގެ ވައްތަރު ތަކެކެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިހާރު ހަދައި ނިންމާފައިވާ 7،000 ފްލެޓް ލިބޭ މީހުން މިހާރު ވަނީ ކަނޑައަޅައިފައެވެ. ކޮބާ އެމީހުން؟ ކޮންތަނަކުތިބި ބައެއް؟
ޔުނިޓުތައް ބޮޑުކިއްފާ ތަނަވަސް ކުރާވަރަކައް އަގުހެޔޮވަންޏާ އަދިވެސް ބޮޑުކިއްފާ އަދިވެސް ތަނަވަސް ކުރޭ އެއިރުން ހިލޭ ހެހޭނެދޯ ބޯހަލާކު!!!!!
ވާރެވެހެން ފަށާއިފި ނަމަ ހިޔާނުވާނެ އައިޖީއެމްއެޗް މައިޓް އިމާރާތް ތަކުން ފުރަތަމަ ހުޅުވި ދުވަހުން ފެށިގެން މިޔަދާހަމަޔަށް ވެސް ހުރީ މިހާލުގާއި
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މުޅި ޢިމާރާތް ހުންނާނީ ގެރިގުއި ކުލައިން،
ވެރިކަމާ ހަވާލުވިދުވަހު އެޅި 20000 ފެލެޓާއި ފުރަތަމަ ރިޔާސީ ބަޔާ އިއްވި ދުވަހު އެޅި 2000ފުލެޓާއި އިއްޔެ އަޅާ ނިންމާލި 5000 ފުލެޓް ބިމުން މައްޗައށް ފެންނަން ނެތީ ރައީސް ޔާމީން ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިންގަނޑު އުސްކަމުން ކަމަށް ރައީސްމީހާގެ އޮފީހުން ހަބަރު ދޭކަމަށް ކަންނެލި ނޫސް މަޖައްލާއިން ހަބަރު އެބަލިބޭ!
މިސަރުކާރުނ އެކަންޏެއްނޫން 1978 އަހަރުންފެށިގެން މިނަސްލީ އިމްތިޔާޒް މިދަނީ ހިނގަމުން މާލޭގެ ރައްވެއްސަކައް ވީމަ ގޯތި ހަރާމް ރައްރަށުގަ ހަލާްލް ގާނޫނުގަ ބުނަނީ ކުލަޔަކައް ރަށަކައް އެއްވެސް ތަފާތެއްނެތި ހަމަ ހަމަ ވާންޖެހޭނޭ ވޯޓްލާންވީމަ މާލޭގެ ރައްޔިތުމީހާ ކަމުދޭ ގޯއްޗެއް ދޭންވީމަ ކަމަކުނުދޭ ރައްރަށުގެމީހުންނައް ހިއްކާފަވެސް ގޯތިދެވޭ މާލޭޢޭގެ ރައްޔިތުމީހާޔައް ނުލިބޭ މީނަސްލީ އިމްތިޔާޒް ނޫންކޯންޗެއްތޯ ތިޔަ އަގުހެވޭ ކުލިކުޑައޭ ކިޔާފަ ސަރުކާރުން ގެސްޓް ހައުސް ތިޔަ ހިންގަނީ ރައްޔިތުން ނިކަމެތިކޮއް ފަސޭހަ ކަމާއެކު ވޯޓްހޯދާށާއި ޕާޓީގެ އެކްޓުވިސްޓުންނައް ޙަރަދުކޮއް އެކްޓުވިސްޓުންނައް ވަޒީފާޔާ އިނާޔަތާ ދިނުން
ކަލޯބަޔަކު އަލާފަ ހުރި ފްލެޓްތަކެއް ނުދެވިގެން އުޅޭއިރު ދެން ކިހިނެތް އެހެން ފްލެޓެއް އެޅޭޏީ
މާލޭ ސިޓީ ކައުންސިލްގެ އަތުން ހުރިހާބިމެއް ލާމަރުކަޒީ ގާނޫނާ ޚިލާފައް ނިގުޅައިގަނެފަ އަޅާ ފުލެޓެއް ބޭނުމެއްނޫން! ނޯގޯތި ނޯވޯޓް
ފުރަތަމަ އަޅާފަ ހުރި ތަންތައް ޙައްޤުވެރިންނަށް ދީ ނިންމަބަލަ... އަދިވެސް ތިއުޅެނީ ނިމިފަހުރި 7000 ނުދެވިގެން އަދި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށްވީގޮތްވެސް ނޭނގޭ 8 އަހަރުވެގެން ދިޔައިރު
ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންކަން ދީގެން އަދު ވެރިކަމަށް އާދެވުނީމާ މަކަރާއި ހީލަތުން އޮޅުވައިލާގެން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު މީހުންގެ އަތުން ފްލެޓް ޖަހާގަތުމަކީ ތިބުނާ ވަޢުދުގެ ބުހުތާނުކަން އިތުރަށް ފައުޅުވާކަމެއް. ވަޢުދު ފުއްދުމުގައި މުނާފިޤުންގެ ސިފައެއް.
ޝައިޚް އިޔާޒްބުނީ ސަބްމެރީންނާއި ސައިދޭން ބުނެ ނުދީފިނަމަ އެވާނީ ދަރަންޏަކަށޭ. ފްލެޓް ދޭނެކަމަށްބުނެ ވަޢުވެގެން އައިސް ފްލެޓް ޖަހާގަތީމާ ދަރަންޏަކަށްވެސްވޭ. ޚިޔާނަތަކށްވެސް ވޭ. ބޮޑު ދޮގެއް ހެދިކަމަށްވެސް ވޭ. ފޭރުމަކަށްވެސްވޭ މިހެންގޮސް ކިޔާނެކަމެއްނެތް. ....
ކޮންމެވެސް ގޮތެއްހަދާފަ ސިފްކޯހިޔާ ފްލެޓްތައް ނިންމަދީބަލަ ކޮންމެވެސްމީހަކު މިހާރު 8 އަހަރުވީމި އެތަން ނުނިމި
ތިވާނީ ހަމަ ޓާޓާ މީހުން އެޅި އަރަބިއްޔާ ފްލެޓް ގިތަށް..ބޮލަށް ވެއްޓޭނީ ދޮރުތަކާ ބިއްލޫރި...ހެޔޮނުވާނެ ގާތްވަން ވެސް...އިންތިހހާބީ އުކުޅެއް ތީ. އަނެއްކާ އިންޑިއަން ހައކޮމިޝަން މިކަމުގެ ތެރެއަށް ވަނުން ސިޔާދަތަށް ނުރައްކާ
ސޯލިހުއަކީ ހިޔާނާތްތެރި އެއް މިދައުރުނިމުނީމާ އިންޑިއާއިން އަޅައިދިން ވިލިގިނލި ގުޅީފަޅު ބުރިޖުދަށުގައި ރަށްޔަތުން މިކަލޭގެ ގަމުހިންގުވާނެ.
އިންޑިޔާ ކުންފުންނަކަށް ދީގެން އޯޑިޔޯން އާ ނާދީ ހުރި ބިމުގަ އެޅި ޖާގަ ތަނަވަސް ފުލެޓުތަށް ރައީތުންނަށް އަގުހެޔޮކޮށް ދޭއިރެއް ބަލައިލަބަ. އެތަނުން ތަނެއް މަބޭނުމީ ހުސް ބިއްލޫރިން ވިއްޔަ ހަދާފަވެސް އެހުރީ