ކޮވިޑް-19 ގެ ރޯގާގެ ފަރުވާއެއްގެ ގޮތުގައި ޗައިނާ އިން އުފައްދާފައިވާ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރަން ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "މަޖާޒީ" ރައްދެއް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް އަމާޒުކުރައްވައިފިއެވެ.

ރާއްޖެ އަށް އެންމެ ފުރަތަމަ ގެނައީ އިންޑިއާ އިން ހަދިޔާކޮށްފައިވާ 100،000 ވެކްސިން ޑޯޒެވެ. މި ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޑް-19 ވެކްސިނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން މިހާތަނަށް މަދު ވެކްސިންއަކަށް ހުއްދަ ދިންއިރު މި ވެކްސިންއަކީ އެ ޖަމިއްޔާގެ ހުއްދަ އަދި ލިބިފައިނުވާ ވެކްސިންއެކެވެ.

އެހެންވެ އެ ވެކްސިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރަން ގޮވާލައި ޕީޕީއެމްއާއި ޕީއެންސީއިން މުޒާހަރާ ވެސް ކޮށްފައިވެއެވެ. އޭގެ ރައްކާތެރިކަން ކަށަވަރުނުކޮށް ވެކްސިން ނުޖަހާނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަންގައި ހިމެނޭ މި ދެ ޕާޓީ ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގެ ވެކްސިން ލިބިފައި މިވަނީ ކޮވިޑް-19 ގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އިދިކޮޅު ފަރާތްތައް ނެތި ދިއުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަަށެވެ. އަދި މިއީ ލިބުނު ވަރަށް އުފާވެރި ހަބަރެއް ކަމަަށް ފައްޔާޒު ވިދާޅުވިއެވެ.

"ޑިމޮކްރެޓިކް ނިޒާމް ދެމި އޮތުމަށް އިދިކޮޅު ފަރާތްތައް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް. ކޮވިޑްގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އިދިކޮޅު ނެތި ދިއުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި ވަރަށް ވެސް އުފާވެރި ހަބަރެއް،" ފައްޔާޒުގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އިންޑިއާއިން ދީފައިވާ ވެކްސިން ނުޖަހާނެ ކަމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް އަބްދުލް ޖަމާލު އަބޫ ބަކުރު ވިދާޅުވެފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވައި ފައްޔާޒު ލިޔުއްވާފައިވަނީ "އަޒީބެ ވެސް ދެން ވެކްސިން ޖައްސަވާނެ،" ކަމަށެވެ.
ރާއްޖެއަށް ހަދިޔާ ކުރާ 100،000 ވެކްސިން ޑޯޒަކީ ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިންއެވެ. މި ވެކްސިންގެ 5،000 ޑޯޒު މިހާރު ވެސް ރާއްޖޭގައި އެބަ ހުއްޓެވެ. އެއީ މީގެ ކުރިން ހެޔޮ އެދޭ ފަރާތްތަތަކުން ހަދިޔާކުރި ޑޯޒްތަކެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އިންޑިއާއިންް ހަދިޔާ ކޮށްފައިވާ ވެކްސިން ރައްޔިތުންނަށް ޖެހުމުގެ މަސައްކަތް ރާއްޖޭގައި ދަނީ ކުރަމުންނެވެ. އަދި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ދައުލަތުގެ ތިން ބާރުގެ ވެރިން ވަނީ ލައިވް ޓީވީގައި އެ ވެކްސިން ޖަހައިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ އިތުރުން ބައެއް ވަޒީރުން ވެސް އެ ދުވަހު ޖެއްސެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޗިންޗޮން

    މިކަހަލަ ދެއުޅިއެއްނުވާ ގަމާރުން ކަންކަމަށް އިސްކުރީމަ ވެކްސިނެއް ނޫން އެހެން އެއްޗެއް ޖެހިޔަސް ނުވާނެ ސަލާމަތެއް # އިންޑިޔާ އައުޓް،

    96
    13
  2. ޙހހހ

    ލަދުހަޔާތް ކުޑަކަން ، ވެކްސިން ގެނަ ޤައުމެއްނޫނޭ ގޯހީ ، އިންޑިއާއިންވިޔަސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ބޯލަނބަންޖެހަެނެދޯ ، ފިތުނަ

    99
    10
    • ޞބ

      ފައްޔަޒުމެންނަކީ އިންޑިޔާއިން ދިން ރިޝްވަތުގެ ފައިސާ ކުޑަގޮހޮރަށް ލައިގެން ވެރިކަމަށް އައިމީހުންވީމާ ލަދެއްހަޔަތެއް ނުހުންނާނެ.

      61
      1
    • ޕީޕީ

      ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިޔާ ވެކްސިން އެޖަހަނީ ތިޔަބުނާ ޖަމިއްޔާ އޮއްވަ. ތިޔަ ބުނާ ޖަމިއްޔާ މީހުން ޗައިނާއަށް ނޭރުވީމަ ކަލޭ މުޒާހަރާ ނުކުރީ ކީއްވެ. ކަލޭގެ އަނބިދަރިނާ މައިންބަފައިން ކާބޭހުގެ %90 އަކީ ތިޔަބުނާ ފަޑުއްކަ އިންޑިޔާ ބޭސް.

      11
      43
    • ހަސަނު

      ތި ފަޑުއްކަ ބޭސް ކާންޖެހޭތީ ދޯ ދިވެހިންގެ ބަލިމަޑުކަން މިހާ މައްޗަށް ގޮސްގެން މިއުޅެނީ. ޚާއްޞަކޮށް ކިޑުނީ ފޭލުވުން ފަދަ ބަލިތަކުން

      34
      2
  3. ނަންރީތި ހުސޭނު

    ހިއްތިރިޕާޓީގެ ފައްޔާޒު ގޮތް ހުސްވެ ކިތަންމެ ރުޅިއަޔަސް ޗައިނާއިން ވެކްސިން ހަދިޔާކުރީމަ މަ އުފާކުރަން. އެކަމު އިދިކޮޅު މީ ހެއްގެ ގޮތުގައި ހުރެ ބުނެލަންބޭނުވަނީ ޗައިނާ ވިޔަސް އެހެންގައުމެއްގެ ވެކްސިނެއްވިޔަސް ރައްޔިތުންނައް ދިނުމުގެ ކުރިން އެއީ ބަޑްލިއުއެޗްއޯ ހުއްދަދީފައިން ވެކްސިނެއްތޯ ޔަގީންކޮއްފަ ނޫނީ ރައްޔިތުންގަޔައް ނުޖެހުމައް.

    56
  4. ވަނޮޅު

    އެފަސްހާސް ޑޯޒް ވެކްސިން ބަހައްޓާފައެހެރީ ބޮޑެތިމީހުންގަޔައް ޖަހަންތާ

    40
    1
  5. މާމީ

    މާތް ﷲ ނެތިކުރައްވަން ވީމަ ވަކި އިދިކޮޅެއް އެއްކޮޅެއް ނޮއޮން ނާނެ ﷲ ކަލޭވެސް ވެސް ތިހެން އަނގަ އވާ އޮއްވާ ނެތިކުރައްވަން ކުޅަދުން ވަންތަ އިނގޭ

    51
  6. ސަރީފް

    ޗައިނާގެ ވެކްސިނަކީ ޑަބްލިއު އެޗް އޯ ގެ ހުއްދަ ލިބިފައިވާ ވެކްސިނެއްތޯ ސާފްކޮށްލަދެއްވިނަމަ އާޓިކަލް ފުރިހަމަވީސް

    35
  7. އަޙްމަދު

    ކޮވިޑް ވެކްސިނަށްވުރެ މުހީންމީ ސިޔާސީމީހުންގެ ޒާތީ ބަލީ ފިލުވާނެ ވެކްސިނެއް!

    46
    1
  8. ވަހުތާނު އަހުމަދު

    ޔުމްނާމައުމޫނު ވިދާޅުވީރަނގަޅަށް .. ޕީޕީއެމްގެ މި ހާރުގެލީޑަރޝިޕުން ވެކްސިނެއްއުފެއްދިނަމަ ކި ހާރަނގޅު .. އޭރުންވެސް އިދިކޮޅުފަރާތްތައް ނެތިދިއުމުގެބިރެއްނޯންނާނެ !!

    5
    40
    • ނަގޫރޯޅި

      ހަޖަމު ނުވަންޔާ ބޭސް ގުޅައެއް ކައިލައިގެންވެސް ހަޖަމުވޭތޯބަލާ.. ހަޖަމުވިޔަސް ނުވިޔަސް ދެންވެސް ބުނަންއޮތީ މޑޕ އިން ވެކްސިނެއް އުފެއްދިޔަސް އޯކޭ، އެކަމު ރައްޔިތުން ގަޔައް ޖެހުމުގެ ކުރިން އެއީ ދުނިޔާގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދިން އެއްޗެއްތޯ އަދިވެސް ސުވާލުކުރާނެ.

  9. اد

    ހަމަ ހިނި އަންނަނީ ބާރަށް އަށްޖަ ހާ

    23
  10. ތިންބާރު

    ނުރައްކާތެރި ވާހަކައެއް
    ފައްޔާޒަށް ބުނެވުނު އެއްޗެއް އޭނާއަށް އިނގޭބާ.
    އިދިކޮޅުމީހުން ވައިރަހުން ސަލާމަތް ކޮށްދޭން ނިންމާފައިވާކަމާއި، އިންޑިޔާއިން ލިބުނު ވެކްސިނަކީ ވަކިބަޔަކަށް ލިބުނުއެއްޗެއްހެން ދޭހަވަނީ.

    ފްލެޓްވެސް ޕާޓީކުދިނަށް ބަހާފައި ބާކީ ހުރިއްޔާ އެހެން ބަޔަކަށް ދޭން ބުނި މީހުން މިހާރު ބުނާކަހަލަ ވެކްސިންވެސް އެހެންނޭ ހަދާނީ.

    28
    1
  11. ބޮކި

    ހަމަ ހިނި އަންނަނީ ..........

  12. ބޫ

    މިފަދަ ފިތުނަވެރިންގެ ނުބައި ކަމުން އަޅަމެން ސަލާމަތް ކުރައްވާދޭވެ. އާމީން.

  13. ޞ

    މޭފުއްޕާފަ ނުހިނގާށެވެ. ހިތުހުރި އެއްޗެއް މީހުނަށް ނުގޮވާށެވެ. ކަން ހިނގާނެ ގޮތެއް ހަމަ އެކަކަށް ވެސް ނޭގޭނެ އެވެ. ތިމާ މަލާމާތް އެ ކުރަނީ ތިމާ އަކީ ކާކު ކަނަށް ހީކޮށް ހެއްޔެވެ.

  14. އައްޑޫ ލެއި

    ދުލުން ދެއްކޭ ނުދެއްކޭ ވާހަކަ ވެސް ފަހުމުނުވާ ގަމާރެއް މީ. އިދިކޮޅު މީހުންނަށް ވުރެ ކުރިން ކަލޭވެސް ހަމަ ނެތި ކުރެއްވުމުގެ ބާރު ކަލޭ ހެއްދެވި ފަރާތަށް ލިބިގެންވޭ.

  15. ޙހހހ

    މިހާތަނަށް ކޮވިޑްގައި މަ ރުވީ ހުސް އިދިކޮޅު މީހުންތޯ ،؟ ތިބޭފުޅާ މަ ރު ނުވާނެ ކަމަށް ހީފުޅުކު ރައްވަނީތޯ، ؟

  16. ރަށްސް

    ތިކަހަލަ މީހަކު ޕޮޒިޓިވް ވެއްޖެއްޔާ އުފާވާނެ ބަޔަކުވެސް ތިބޭނެ. ޢަދި އެއަށްވުރެ ބޮޑުވަރުވެއްޖެއްޔާ ހޭނެ ބަޔަކުވެސް ތިބެދާނެ.
    މީހުންނަށް ބަލިމަޑުކަމޢި ގުޅުވައިގެން ފުރައްސާރަ ނުކުރަން އެދެން. ހުރިހާ މީހުންވެސް މިތިބީ އެއްބޯޓެއްގައި