ރާއްޖޭގެ އެންމެ ފުރަތަމަ އޮގްމެންޓެޑް ރިއަލިޓީ(އޭއާރް) ގޭމް، އާރްބީ ކުއެސްޓްގެ ލީޑަރު ބޯޑްގެ އެއްވަނަ އަށް ހޮވުނު މީހުން އިއުލާންކޮށްފިއެވެ.

މިދިޔަ ޑިސެމްބަރ މަހު އާރުބީ އެނބުރި އައީ ޚާއްސަ ފީޗަތަކާއި ސަޅި އިނާމުތަކެއް ހިމެނޭ ޕްރޮމޯޝަނަކާ އެކުއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ދިރާގު މަމެން ކަސްޓަމަރުންގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ވާދަވެރި ބުރުތަކަކަށްފަހު އާރްބީ ކުއެސްޓްގެ ލީޑަރު ބޯޑްގެ އެންމެ ކުރީގައިވާ ތިން ބައިވެރިން ވަނީ މިއަދު ވަނ އިއުލާންކޮށްފައިއެވެ. އެގޮތުން 21،971 ޕޮއިންޓާއެކު އެއްވަނަ އަށް ހޮވިފައިވަނީ "މާވަޑި"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އޭނާއަށް ދިރާގުން ވަނީ އިނާމެއްގެ ގޮތުގައި އައިފޯން 12 ޕްރޯ މެކްސް (128 ޖީބީ) އެއް ދީފައެވެ.

ތިންވަނައަށް ހޮވިފައިވަނީ މުހައްމަދު ޝާކިރް އަލީ

ދެ ވަނަ އަށް ހޮވިފައިވަނީ 21,528 ޕޮއިންޓާއެކު "ލަކުޑިބޯ" ގެ ނަމުން ގޭމްގައި މަޝްހޫރު ކަން ހޯދާފައިވާ މުހައްމަދު ޖުމާން
ރަޝީދެވެ. އޭނާއަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ.

ދެވަނައަށް ހޮވިފައިވަނީ މުހައްމަދު ޖުމާން

އަދި ތިން ވަނަ އަށް ހޮވުނު ފަރާތަކީ 17،259 ޕޮއިންޓާއެކު މުހައްމަދު ޝާކިރް އަލީ (ކަރަންފޫ) އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ދީފައި ވަނީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނެކެވެ.

މި އިނާމުތައް ހަވާލުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ވާދަވެރި މުބާރާތް ނިމުނު ކަމުގައި ވިޔަސް، އާރްބީ ކުއެސްޓް ގޭމް މިހާރު ވެސް ޑައުންލޯޑްކޮށް، މަމެން ކަސްޓަމަރުންނަށް މި ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައި، މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ދިރާގުން ބުނެއެވެ. އަދި މި ޕްރޮމޯޝަން އަންނަ މާޗް ހައެއްގެ ނިޔަލަށް ކުރިއަށް ގެންދާނެކަން ވެސް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސްގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯރ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ. މި ގޭމް އެންޑްރޮއިޑް ފޯންތަކަށާއި އައިފޯންތަކަށް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޝައްކު

  ތިންވަނައިގަ އިން ސޮކޯ ހޯދަން ގާއިގަނޑަކައް ތިން ގަޑިއިރު ހުއްޓާނުލާ ކުޅެންޖެހޭނެކަމައް ހިސާބުތަކުން ދައްކާ. އެވެސް ވަރައް ބާރައް އަންނަ އެނެމީތައް ޝޫޓު ކުރަމުން.
  ވަރުބަލިވެސް ނުވާބައެއް ތޯއްޗެ މީ

 2. ކިއުރިއަސް

  ތިމީހުން ތި ސްކޯއާ ކައިރި އަދަދަކައްނަމަވެސް ކުޅޭ ސްކްރީން ރިކޯޑެއް ނެއްތަ. ދެން އަހަރަކައް ޕުރެކްޓިސް ކުރަން

 3. ހުސޭނު

  ވަރައް ބޭނުން ތިމީހުން ތި ގޭމު ކުޅޭތަން ބަލާލަން. އަހަރެންނައް ހާހަކައްވުރެ މައްޗަކައް ނުކުޅެވޭ. ހިތައްވެސް ނުގެވޭ ތިމީހުންގެ ސްޕީޑު.