މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރ އަލީ އިކްރާމްގެ ޖިންސީ ފުރައްސާރަ އާއި ގުޅުން ހުރި ޗެޓްލޮގްތަކެއް ލީކު ވެއްޖެއެވެ.
މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ޗެޓްލޮގްތަކުން އޭނާ އެ އަންހެން މީހާ އާއި ބައްދަލުކޮށް 'ހަގް' އެއް ކޮށްލުމަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އެއީ އަންހެން މީހާ ނުދިނަސް އޭނާ އެންމެ ބޭނުންވާ ކަން ކަމަށް ވަނީ ބުނެފައެވެ.
އެވާހަކަތައް ދެއްކުމުން އެ އަންހެން މީހާ ވަނީ އެއީ އޭނާ ނުކުރާނެ ކަމަށާއި އެކަން ހަމަ އެކަނި ކުރާނީ އޭނާ ކައިވެނި ކުރާ މީހަކާއި އެއްކޮށް ކަމަށް ބުނެފައެވެ. އެގޮތަށް ބުނުމުންވެސް އިކްރާމް ވަނީ އެކަން ކުރުމަށް އާދޭސް ކޮށްފައެވެ.
"އެއްވެސް ކަހަލަ އުނދަގޫވާ ކަހަލަ އިހުސާސްތަކެއް ދެމީހުންގެ ދެމެދުގައި އުފެދޭކަށް ބޭނުމެއް ނޫން. ދެމީހުން މިއީ ހަމަ ރަނގަޅު ދެ ރަހުމަތްތެރިން" އެ އަންހެން މީހާ ބުންޏެވެ.
އެގޮތަށް އަންހެން މީހާގެ ވާހަކަތައް ހުރުމުން އިކްރާމް ވަނީ އެއީ އޭނާ ހަގީގަތަށް ބުނި ވާހަކަތައް ކަމަށް ބުނެފައެވެ. އަދި އިތުރު މައްސަލަތައް އުފެދެން ބޭނުން ނޫން ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ދައުރުވަމުން އަންނަ ޗެޓްލޮގް އިން އިކްރާމް ވަނީ އެ އަންހެން މީހާއަށް އެހެން ބަޔަކު ބަދުއަހުލާގީ އަމަލެއް ހިންގަން ތިއްބާ ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާ ކޮށްފައެވެ. އަދި އޭނާ އަކީ ގިނަ އަންހެން ކުދިން "މަށަށް މަށަށް" ކިޔާ ކަހަލަ ޑިމާންޑު ބޮޑު މީހެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު އިކްރާމް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޭނާއޭ ކިޔައިގެން ހުށަހެޅި ފައި ފުރައްސާރައިގެ މައްސަލައަކީ ބަޔަކު މީހުން ބޭނުންވާ ގޮތަށް، އޮފީސްގެ އުސޫލުތަކާއި ހިލާފަށް ކަންކަން ނުގެންދެވުމުން، އޭނާ ފްރޭމްކޮށް އަގުވައްޓާލަން ރޭވިގެން ކުރާ ކަމެއް ކަަމަށެވެ.
"ޕޮލިސްގެ ފޮރެންސިކުން ޗެޓްލޮގްގެ ހަގީގަތް އެނގިގެން ދާނެ". އޭނާ ކުރި ޓްވީޓްގައި ވެއެވެ.
އެ އޮފީހުގައި މަސައްކަތް ކުރަމުން އަންނަ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން މިވަގުތު އިކްރާމް ހުރީ ސަސްޕެންޑްގައެވެ.
ފޮެެންސިކް ބޭނުންގޮތަކަށް މިސަރުކާެުގައި ހަދާލެވޭނެ.
ސަރުކާރަށް މުހިއްމުވާނީ ތިނަދޫ މަޖިލިސް މެމްބަރ.
ދެން ތިކަމުގެ ނަތީޖާ އަންނާނެގޮތް އެބައިނގޭ.
ޙުދުޖަނގިޔާ ކިޔާ ފޯރިނެގިމީހުންގެ ހާލު.
މިފަހަރު އިނގޭނެ މަޖިލިސް މެމްބަރުންގެ ބާރުހުރިވަރެއް.
މީހުންގެ ފެންވަރާއި ނުބައްދަލު މަގާމުދިނީމާ ފެންނާނީ ވަގުތުއިތުރުވެގެން ކުރާނެކަމެއް ނެތިގެން އުޅޭތަން.
ދެން ތިކަހަލަ ކަމެއްކުރާނީ.
ޒިއްމާދާރު މީހުން، ތައުލީމީ މީހުން ނެތްޕާޓީއެއްނޫން މޑޕ އަކީ. ވަގުތުން ވަގުތަށް ރަނގަޅު ހަރުދަނާ މީހަކު ތިތަނައްލާ.
ކީއްވެތަަ މީނަ ވީއްލިހެން މިއުޅެނީ. ހައްޔަރުގަ ހުންނަންކެހޭ މީހެއް. އާނއެހެންޏަ. ކަމެއްލިބުބީމަ ހިތް އަރާ، އާސްމާންގަ. މާބިޓުން ކާމިޔާބު ގޮލައެކޯ. މިވެސްހޯރަ އިއްބެ ގްރޫޕަށް އިތުރުވި ބޮޅެއްބާ
މީ ޖިއްސީ ފުރައްސާރަ ވައުދުވެގެން އާބައެއްތަ
ބަސްނުބުނާހާހި ހިނދަކު ބަހަކީ ތިމާގެއަޅެކެ ބަސް ބުނުމަށްފަހު ބަހުގެ އަޅަކަށް ތިމާވެދެ.
ދެންތިކަމުން ރެކިގަންނަން ނޫޅޭށެ ތިހަޑި ވަނީ ހަމަ ހާވާފައެ ތިމާއަށް މާބޮޑުމަގާމެއް ލިބި ބޮޑާވީމަ ވާނެގޮތްވެ އެނިމުނީއެވެ.
ޢެއްވެސްކަމެއްނުވާނެ.ތިވާނީ ބަޔަކު އަޑީގަ ތިބެގެން ކުރާކަމަކަށް.ތިމައްސަލާގަ އަންހެންކުއްޖާއަށް ލޮޓި ލިބޭނީ.އިންސާފު ލިބުނަސް ނުލިބުނަސް ތިކަން އޮންނާނީ ހިނގާފަ.ތީނަ އަބަދުވެސް ޢުޅޭގޮތް ތީ.އެމްޑީޕީ މީހުން ކުއްވެރި ނުވާނެ.
މޯލްޑިވް ގޭސް ގައި ވަޒީފާ އަދާކުރަނީ އިންސާނުން ކަމަށްވާތީވެ، އެތަނުގައި "ގޮސިޕްސް" ދައުރުވާން ބޭނުން ނުވާ ކަމަށްބުނެ، ގަދަ ބަސް ވިދާޅުވެ ނިންމުންތައް ނިންމެވި ބޭފުޅެއް. މިއަދު މުޅި ސޯޝަލް މީޑިއާގައި "ގޮސިޕްސް" ދައުރުކުރާތަން މި ފެންނަނީ. ﷲގެ ތަޤްދީރުފުޅުން ކޮންމެ ނުބައި ދުލެއްގެ ބަސް އެ ދުލެއްގެ ވެރިޔާގެ ނިތްކުރިޔާ ހަމައަށް ރައްދުކުރައްވާ ގޮތުގެ ފުރިހަމަ ކަމާއެވެ!
ގަނެފަ ހުރި މީޑިޔާ ތައް ދެން އަތްޖަ ހާ👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👎
ޕޮލިސްގެ ފޮރެންސިކުން ޗެޓްލޮގްގެ ހަގީގަތް އެނގިގެން ދާނެދޯ.ތިކަން ނިމިގެންދާއިރު ތިވާނީ ޗައިނާ ބަޔަކު އަޑީގަތިބެގެން ކުރިކަމަކަށް.