އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން އުޅުނު ކަމަށް އެމްޑީޕީ މެމްބަރުން ތުހުމަތު ކުރައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާޢީދުކުރާ ފަރާތްތަކުން މިއަދުވެސް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާކޮށްފައެވެ.
އެގޮތުން ޕީޕީއެމް ޕީއެންސީއަށް ތާޢީދުކުރާ ފަރާތްތަކުން ޤައުމީ ދިދައާއި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ލިޔެފައިވާ ބެނާތައް ހިފައިގެން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުން ދިޔައިރު، މިއަދުގެ އެއްވުމުގެ ތެރެއިން ރައީސް ނަޝީދާއި ދިމާވި ކަމަށްވެއެވެ.
އެމަނިކުފާނާއި ދިމާވެފައިވަނީ ގ. ކެނެރީގެ ކައިރިން ކަމަށް މުޒާހަރާއިގެ ބައިވެރިއެއް "ވަގުތު" އަށް މައުލޫމާތު ދީފައިވެއެވެ.
މިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ކުރެއްވި ޓްވީޓެއްގައި ވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާކުރަމުން ގޮސް ރައީސް ނަޝީދު އުޅުއްވާ ގެ ކައިރިއަށް ދިޔަ ކަމަށް ވިދާޅުވެފައެވެ. އަދި އ ގެެ ކައިރިއަށް ދިއުމަށްފަހު އެމަނިކުފާނަށް ހަމަލާ ދޭން އުޅުނު ކަމަށް ވިދާޅުވެ ދޮންބިލެތް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ދޮންބިލެތް ވިދާޅުވި ރައީސް ނަޝީދުގެ ގެ ކައިރިއަށް ގޮސް އެމަނިކުފާނުގެ "ގަޔަށް ބޮލަށް" އެރުމަކީ މުޒާހަރާކުރުން ނޫން ކަމަަށެވެ. އަދި އެއީ ބޭއަދަބީ ކަމެއްކަން ފާހަގަކުރައްވަމުން ދޮންބިލެއތް ވިދާޅުވީ ރައީސް ނަޝީދުއަށް ހަމަލާ ދީގެން ރައީސް ޔާމީންނއަށް ލުޔެއް ނުލިބޭނެ ކަމަށެވެ.
"ރައީސް ނަޝީދުގެ ގޭދޮށަށް ގޮސް ގަޔަށް ބޮލަށް އަރާކަށް ނުޖެހޭ. ޕީޕީއެމް މުޒާހަރވެސް ކުރަން ވާނެ، އެކަމަކު ރައީސް ނަޝީދު ގެ ދޮށަށް ގޮސް ނަޝީދުއަށް ހަމަލާ ދޭން އުޅުމަކީ މުޒާހަރާ ކުރުމެއް ނޫން. އަދި ރައީސް ޔާމީން އަށް ލުޔެއް ލިބޭނެ ކަމެއްވެސް ނޫން" ދޮންބިލެތް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
Raees Nasheed ge geyshoshah gos gayah bolah araakah nujehey. PPM muzaahiraaves kuran vaane, ekamaku RN gey dhoshah gos RN ah hamalaa dheyn ulhumakee muzaahiraa kurumeh noon.adhi PY ah luyeh libeyne kameh ves noon.#covidfethurunhutaalaa
— Dhonbiley Ahmed (@Dhonbiley) February 5, 2021
އެ ޓްވީޓް ރައީސް ނަޝީދު ވަނީ ރީޓްވީޓް ކުރައްވާފައެވެ. އަދި އެމްޑީޕީގެ ބައެއް ބައެއް ބޭފުޅުންވެސް އެ ޓްވީޓް ރީޓްވީޓް ކުރައްވާފައި ވެއެވެ.
އިދިކޮޅު ކޯލިޝަނުން "ސީދާ ހަރަކާތް" އަށް ނުކުންނަން ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ގަރާރެއް ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެއީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށެވެ.
އިދިކޮޅު ކޯލިޝަނާއި، އެކޯލިޝަނަށް ތާޢީދުކުރާ ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނައިރު، ފަހަކަށް އައިސް އިދިކޮޅުން ކުރިއަށްގެންދާ އިޙްތިޖާޖުތައް ވަނީ ވަރުގަދަކޮށްފައެވެ. އެހެން ނަމަވެސް މި ނުރައްކާތެރި ބަލިމަޑުކަން ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު އެއިން އެއްވެސް ކަމަކަށް ސަމާލު ކަމެއް ދިނުމެއް ނެތި މުޒާހަރާ ކުރަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާރުއިދިކޮޅޭމެންގެ ކަންތައް މާ މައްޗަށްތިދަނީ...އަހަރެމެން ނިކުމެ ކަލޭމެންގައިގައި ތަޅަގަންނަންޖެހިދާނެ.. ރައީސް ނަޝީދާގެޅިނުގަނައްޗޭ..
ތި ކަޅުބިލަތަކީ ވަރަށް ދޮގު ހަދާ މީ ހެއް.
ތަޅާކުދިންކޮޅެއް ހޯދަން އެންމެ މޮޅުވަނީ އެލެކްސް. ބުރޯ އެލެކްސްއަށް ގުޅާލާ.
ޢެހެންނޫނަސް ބޮޑެތިވަގުން މިނިވަންކު ރަން ގޮވާނީ ޖާހިލުން.
ލާދީނިއްޔަތަށް ތަބާވާ މީހުންނަށް އެންމެ ރަނގަޅަށްވެސް ޖާހިލުންގެ ކަންތައްތައް ހުންނަ ގޮތް އިނގޭނީ. ލާދީނީ ވީމަ ވައްކަން ވެސް ކުރަން ދަންނަ ބައެއް ނޫނޯ މީ.
ކެނެރީގޭ ދަންނަ ނުދަންނަ މާފަތް އެދުރު ހުކުރު ހޮނިހިރި އާދީއްތަ މަހަރަދުން އަދި ވޯޓް ވަގު ރައީސް އިބިރިހިމާ އަކީ މިގައުމަށް އުފެދު އެންމެ ބިޑެތި ވަގުން އެމީހުން ފަހަތުގައި ތިޔަ އުޅެނީ ޖާހިލަކަށް ވެގެން ދެއްތޯ؟
އެ މީހުން އުޅުނީ އެމަނިކުފާނު ބޮލު ކޮޅުގައި ޓިނު ޖައްސަވަން
ނުތެޅޭނެ ހީވާގޮއް އިނގޭ
އިދި ކޮޅުން ތިބީ މަޖީދީމަގުގައި ސުލްހަވެރި މުޒާހަރާއެއް ކުރަން.. އަންނި ހުރީ ކެނެރީގެ މަގުގެކޮޅުގައި މަޖީދީމަގުގައި. އޭނަޔާ ދިމާލަށް ޝުއޫރުފާޅު ކުރި. އެކަމަކު އޭނަވަށައިިިިިގެން ބޮޑީގާޑުން ތިބީ ފާރައަށް. ޢެކަކުވެސް އޭނަ ގަޔަކު އަތެއްނުލާ. ބޮޑަށް ވައްތަރީ އަމިއްލައަށް ހެޑްލައިިން އަށް އަރަން ހެދި ސްޓަންޓް އަކަށް. ބޯހުރި ވެރިއަކު އަމިއްލަ ނަފްސަށް ގެއްލުންވެދާނެ މާހައުލަކަށް ނިކުންނނީ ކީއްވެ.
ކެނެރީގޭ ކާފަރު ނަޝީދު ހަމަ ޒަހަބަ ކޮށްފަ ނިންމާނީ މިކަން انشاءالله
އެއްވެސްމީހަކު ގަޔައް ބޮލައްއަރައި ގަޔައްއަތްލާހަދައިގެންނުވާނެ ދެންއަނެއްކޮޅުން އެމްޑީޕ އައްނިސްބަތްވާމީހެއްގެގަޔަކައް އެހެންމީހަކައް ނޭރޭނެ އެއައްވުރެ އެމީހުންހަޔާތްކުޑަވާނެ ތިބުނަނީ ރައީސްކަންކުރި މީހެއްގެވާހަކަ ސެކިޔުރިޓީން ދޫކޮއްލީތަ އެހެންނޫނީ އޭނަޔާހަމައައް މީހަކައް ނުދެވޭނެ
ބިލެތާ ކަލޭމެން ކަހަލަ ގޮތެއް ފޮތެއް ނެއް ބައެއްނޫނޭ މުޒާހަރާ ކުރަނީ ނަޝީދު ވެސް މުޒާހަރާ ކުރި މީހުނާ ވާހަކަދެއްކީ އެއްވެސް ހަޑި އެއްޗެއްވެސް ނުކިއާ ނަޝީދަކީ ހަޖަމުކުރަން ދަންނަމީހެއް..
ނޫޅޭނެ. އެމްޑީޕީ ގުންޑާއިންނެއް ނޫނޭ ޕީޕީއެމްގަ އުޅެނީ. ކަލޭމެންހެން ވަކަރުގޭ ވައްތަރު ނުޖެއްސީމަ ކަޑަވެގެން ކިޔާނެ އެއްޗެއް ނެތިގެން ރާޑިވެގެން ތިއުޅެނީ.
ތަޅާ ކުދިންކޮޅު އެމްޑީޕީން ކެނޑިގެން ޕީޕީއެމްއަށް ވަނީތަ؟
ތިމާކޮއްފިއްޔާ އަދަބީ އެހެންމީހަކުކޮއްފިއްޔާބޭއަދަބީ
ޒިނޭކޮއް މީހަކައް ދަރިއަކު ދިނުން ވެސް ހަމަ އަދަބީ.
މިދުނިޔޭގައި ތިޔަހެން އުޅެލާ ޖަވާބުދާރީވާޖެހޭނެ
އެމީހަކު ކުޅައަމަލެއްގެ އަޒާބާއި ސަވާބުދެއްވާނެ
ޕީޕީއެމް، ޕީއެންސީ އަކީ އެމްޑީޕީ ހާ ހަޔާތްކުޑަ ލާދީނއްޔަތުގެ ޕާޓީޔެއްނޫން. ޑްރާމާ ވާހަކަތަކެއް ރައްޔިތުން ބަލަޔެއްނުގަނޭ.
ރައީސް ނަޝީދަކީ އެކަނިވެރިބަފައެއް އަހަރުމެންކީކުރަންތަ އެކަހަލަނިކަމެއްޗަކާ ގެޅިގަންނާކަށްވީ އެއީ ދުފަންކަމުނުދާބިލަތައް ހީވެލެއްވިގޮތެއް
ކާބަފައިންގެ މިބަސް ވެސް ދޮގެއްނުވިތާ އެވެ. ހަމަ ގުދޯ ގުދޯ ނޫންތޯއެވެ. މިއުޅޭ އަމިއްލަ އަނގައިން އެމް.ޑީ.ޕީ އަށް ދާނީ ލާރިއަށޭ ކިޔާ ގޮވި ކަލޭގެ ޑޮލަރު ޖެހި ޓީސާޓް ލައިގެން އޭރުގެ ރައީސް ގެ ކޮޅަށް ހަޅޭއްލެވިއިރު އެއީ ރަޢީސަކަށް ނުވިއެވެ. އެކަމު މިއަދުގެ އިދިކޮޅުން މިހާރުގެ ރައީސަށް އިޙްތިރާމް ކުރައްޖެހޭ ކަމަށް މި ކަލޭގެއެވެ. ދެން ރީތިގޮތް ކިޔާދޭ ދޮންބިލަރުގެ އަޚްލާޤްގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާއެވެ. އެއީ ބޮއިގެން ދެމިފަ އޮތީ ކިތައް ދުވަހުކަން އެގޭނީ މައްސަލަބަލާ ހުކުން ކޮށް އަރުވާލި ޤާޒީ އަށް ނޫންތޯއެވެ. ތެދެކެވެ. އެމީހެއް ފކޅ އނނ ގއއ އެމީހަކަށް ނުފެންނާނެ ތާއެވެ.
ލޯކަލް އިންތިހާބުގެ ސްޓަންތެއް ބައިކުދިންރުއްސަން މަގުބޫލްކަން ދައްވާތީ މީއެންމެންދަންނަސިއްރެއް
ރައީސްނަސީދުވެރިކަމުގަ އޭރުގެ ނައިބުރައީސް ދިރިއުޅުއްވާ ގޭ ފާރުމަތިން އެމްޑީޕީމީހުންއަރާ ހިންގިކަންކަމަކީ ޑިމޮކްރސީތޯ؟
މޑޕ މީހުން ގޮތައް އިދިކޮޅުން މީހުން ގަޔަށް ބޮލަށް އަރައި މާރާމަރީއެއް ނުހިންގާނެ ވަރަށް ސާފު
ޢެހެންވީމަ ނަށީދިވެސް މިޒާހަރާއައް ދިޔައީތާ ދޯ. ސަޅި
ތީނާ ހޭއަރުވާލާނީ އެމް.ޑީ.ޕީ މެމްބަރުން ނިކަން ބަލާތި ވާގޮތް..އަރުވާލާެ ދުރެއްގައި ނޫންއޮތީ..
ނުރައްކާތެރި ބަލިމަޑުކަމަށް ބެލުމެއްނެތޭ ނުބުނޭ. ރައީސް ޔާމީން ޖަލުގައި ބާއްވާގެއން ދެން ރައިޔަތުންނަށް ކޮވިޑައްވުރެ ގެއްލުންވާނެ.
މައުމޫން ގޭ ދޮށަށް އެއްވެ އެގެއަށް ގަލާ އެއްޗެހި އެމްޑީޕީ މީހުން އުކިއިރު އެކަން ނުވި ބޭއަދަބީ ކަމަކަށް؟