އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ރައްޔިތުންގެ ނިންމުންތައް ތާށިކުރުމަކީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދަ މޭރުމަކުން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަމަލު ކުރަން ޖެހިފައިވާ އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ ގޮތުގެ މައްޗަށް އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިންގައި ކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މަޝްވަރާ ކުރުމަށް ވަޑައިގަންނަވަން އީސީގެ މެންބަރުން ނިންމަވާފައިވަނިކޮށެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕިއަށް އޮތަސް އިރުކޮޅުކޮޅާ ކުރާ ކަމަކީ ރައްޔިތުންގެ އިންތިޚާބީ ހައްގު ނިގުޅައިގަތުމަށް އެކިއެކި ހީލަތްތެރި މަސައްކަތްތައް ކަމަށެވެ.

"މަޖިލީހާއި އީސީއާ ދެމެދު ރައްޔިތުން ތާށި ކުރުމަކީ ބޮޑު ޖަރީމާއެއް، ގާނޫނުގެ ދިގު އަތް ފޯރާ ދުވަސް އަންނާނެ، ބަލިވާ ތަން ފެނުމަކީ އިންތިޚާބު ފަސް ކުރަން ޖެހޭ ސަބަބެއް ނޫން،" ޖަމީލްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ގައިޑްލައިންގައި އެ ކޮމިޝަންއިން ކަންބޮޑުވާ ބައެއް ކަންކަން އެބަ ހުއްޓެވެ. މި ގޮތުން އިންތިޚާބަށާއި ކެމްޕޭން ކުރުމަށް ޚާއްސަ އުސޫލެއް ނެތް ކަމަށާއި ގައިޑްލައިންގައި އޮތީ މިހާރު ވެސް އެޗްޕީއޭއިން އަމަލު ކުރަން އަންގާފައިވާ އޮތް އުސޫލު ކަމުގައެވެ. އަދި ކަރަންޓީނުގައި ތިބޭ މީހުނަށް ވަކި ވޯޓްލާ މަރުކަޒުތަކެއް ގާއިމް ކުރަން އޮތް އިރު، އެއީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ވެސް ސުވާލު އުފެއްދެވިއެވެ.

މިފަދަ ކަންބޮޑުވުންތަކާއެކު އީސީއިން އަންނަ ހަފުތާގައި މަޖިލީހާ މަޝްވަރާ ކުރަން އެ ކޮމިޝަނުން ނިންމާފައި އޮތް އިރު، އެ ކޮމިޝަންގެ ބައެއް މެންބަރުން މިހާރު ވެސް ވަނީ އަންނަ ޖޫން މަހަށް އިންތިޚާބު ފަސް ކުރުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުގެ ވަގުތީ ގާނޫނު އޮތުމުން އެ ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވެއެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން މިހާރު ނިންމާފައި އޮތީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރާކަނި ސައްތާރު

  ބޯބުރާންތި

  4
  1
 2. ނަައީމް

  ރައްޔިތުންނޭ ވިސްނާށެވެ ގާނޫނަކުން ރައްޔިތުންނައްކިބިދޭހައްގުވެސް ފާޅުކަންބޮޑުގޮތަކައް މުގުރާލީ މިހާތިބި ނަހަލާލު ކައުންސިލަރުންވެސް މިކަމާ ވިސްނަވާ ތިޔަތިބީ ރައްޔިތުންވޯޓްދީގެންތޯ ތިޔަފައިސާ ހަލާލުވާނެތޯ އެހެން މިބުނީ ރައްޔިތުންގެ ހައްގެއް ނިގުޅައިގަނެ ސީދާރައްޔިތުން އައްޔަންކުރަންޖެހޭބަޔަކު ހަމައެކަނި ސަރުކާރުބޭނުންވާގޮތައް ދިގުދައްމާނުލެވޭނެތީއެވެ

 3. މަނީމަނީ

  ބަތްކައްކާ ކުޅޭޖަމީލު