މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރޭގައި ހިނގާދިޔަ ނުރައްކާތެރި ހާދިސާގައި ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

މި ހާދިސާގައި އެ ޒުވާނާއަށް އަނިޔާވެފައިވަނީ ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އަށެވެ. އިމްރާނަކީ އެމްޕީއެލްގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށްވެއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު އެމީހާގެ ހާލު ކްރިޓިކަލް ކަން ހާމަކުރި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި އޭނާއަށް ލިބިފައި ހުރި ތަފްސީލުތައް އަދި ނޭނގޭ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން އޭނާގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އެމްޕީއެލްގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ރޭ ދަންވަރު 02:15 ހާއިރު އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް އެމްޕީއެލް އިން ބަލަމުންދާ ކަމަށެވެ

"އެމީހުން މަސައްކަތް ކުރާ ގޮތަކީ ކާޕެޓް ރޯލް ކެރޭނުގައި ޕިކަޕަށް ނަގަނީ. ލޯޑް ކުރުމުގެ ތެރޭގައި އެއް ރޯލު ވެއްޓުނު ގަޑީގައި އެ ތަނުގައި ހުރި މީހެއް ގައިގައި ޖެހުނީ. އެ މައްސަލަ މިހާރު ބަލަމުން މިދަނީ،" އެމްޕީއެލްއިން މިއަދު ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވާއިރު، ދާދިފަހުންވެސް އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެގެން ދިވެއްސަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މީހަކަށް އަނިޔާވުން، މީހަކު ނިޔާވުން. މޕލ އަށް ވާކަމެއްނޫން. ބަލަ ކަލޭމެން އެމީހުންނަށް މަރުގެ ދިޔަ ދޭކަށް ނުޖެހޭތަ؟ ހާދަގޮތްކުޑަ ސަރުކާރެކޭ!. ރައްޔިތަކަށް ކޮންމެފަދަ އަނިޔާވިއަސް ދެނަހުރިކަމަށްވެސް ނުހަދާ

    10
    • ހަގީގަތް

      މަރުވާ ކޮންމެ މީހަކަށް ސަރުކާރުން މަރުގެ ދިޔަ ދޭންޖެހޭ ކަމަށް ވަންޔާ ދަންޖެހިގެން މަރުވާ މީހުންނާއި ގަސްތުގަ ވަޅިޖަހާ މަރާ މީހުންނަށްވެސް ސަރުކާރުން މަރުގެ ދިޔަ ދޭން ޖެހޭނެ ދޯ. ފުރިހަމަ ދިވެއްސެއްތީ ވާނުވާ ނޭގުނަސް ކޮމެންޓް ކުރަން ވާނެ.

      1
      2
  2. ޕީޖޭ

    އަވަސް ޝިފާއަކަށް ﷲގެ ހަޒުރަތުން މިންވަރުކުރައްވާށި..މިފަދަ ކަންކަން ތަކުރާރުު ނުވާގޮތަށް އަމަލުތައް ބެހެއްޓުމަށް އެމްޕީއެލްގެ ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަން..އެމްޕީއެލް މީހުން ޒިންމާ ކުރުމެއް ނެތީތަ..

    11
  3. ދދ

    މީ ކިހިނެއްވާކަމެއް ކަން އެބަބަލަންޖެހޭ، މިމީހުން މިތާގައި މަސައްކަތް މިކުރަނީ ހަމަހޭގައި ތިބެގެންތޯވެސް ބަލަންޖެހޭ، މިހާރަކަށް އައިސް މަސްތުގައި ތިބެގެން ބަޔެއް ޒުވާނުން މިފަދަ ސީރިޔަސް މަސައްކަތަށް ނިކުންނަކަން ފާގަވޭ، މަސްތުވަނީ ސްޓުރެސް އާއި ޑިޕްރެޝަން ފިލުވާ އުފާވެރިކަން ހޯދަންކަަމަށް ބުނެ!

    1
    1
  4. ޕޮފް

    އަސްލުވެސް ކުންފުނިން ވިޔަސް އެމްޕީއެލްއިން ވިސް އިހުމާލުވި ފަރާތުން މަރުގެ ދިޔަ ދޭން ވާނެދޯ.