"ލޮލް"އާއި "ލޯ" މިއީ އެއްބަހެއްކަމަށް ދިވެހި ބަހުގެ އެކެޑަމީއިން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ދިވެހި ބަހުގެ އެކެޑަމީގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ލޮލް" އާއި "ލޯ"އަކީ އެއްބަހެއްކަމަށެވެ. "ވަގުތު" އާއި ވާހަކަ ދައްކަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ވިދާޅުވީ "ލޮލް" އެއީ އިނގެރޭސި ބަހުން މިކިޔާ "ލޮލް" ނޫންކަމަށެވެ.

" 'ލޮލް' އެތާގައި މާނަކޮށްފައިއެވަނީ، އިނގެރޭސިން ކިޔާ "ލާފް އައުޓް ލައުޑް" އަކަށްނޫން. އެއީ ފުވައްމުލަކު ބަހުރުވައިން ކިޔާގޮތް."

ފުވައްމުލަކު ބަހުރުވައިން އޯބޯފިއްޔައް ނިންމާތަންތަން ސުކުން ކުރިޔަސް، މިސާލަކަށް "ލޮލް"، "ބޮލް"، އެކި ހިސާބުތަކުގައި އުޅޭގިނަ ގިނަ ދިވެހިންނަށް މިގޮތަށް ފުވައްމުލަކު ހިސާބު މީހުން ބަސްބޭނުން ކުރާކަމެއް ނޭންގެއެވެ.

ދިވެހި ބަހުގެ އެކެޑަމީއިން ބަސްކުރިއަރުވާ އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާއިރު، މިފަދަ ވާހަކަތައް މީސްމީޑިޔާ މެދުވެރިކޮށް ދިވެހިނަށް ފޯރުކޮށްދިނުމަކީ އެކި ބަހުރުވަތަކަށް ދިވެހިން ހޭލުންތެރިކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޯރާ

    ބޮލް. ލޮލް?

  2. ހަޒާޑް

    ލޮލް

  3. ހުސެން

    ލޮލް

  4. ސޯދުއްކޮ

    ލޮލްގެ ޖަޒްބާތުން ގަތުލު ނުކުރާށޭ

  5. ހުސޭނުބޭ

    ދިވެހި ބަހުގައި މުޅިން އާ އަކުރަކު ސުކުންޖެހީތަ؟ ބައްޔެއްނު!

    • Anonymous

      މޮޔައިންނާ ޖޯކަރުންގެ ސަރުކާރުވީމަ އަދި މިވަރުކުޑަ