މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ގެ ވެކްސިންދޭން މާދަމާ ފަށާނެ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ވަނީ މި އުމުރު ފުރާގެ މީހުން ސޯޝަލް ސެންޓަރ ހެނދުނު 9:00 ން 17:00 އަށް ނޫނީ ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ 9:00 ން 17:00 އަށް ކްލިނިކް ހުރި އިމާރާތް)އަށް ނޫނީ ވިލިމާލެ ޔޫތު ސެންޓަރ 9:00 ން 13:00 އަށް ދިއުމަށް އެދިފައެވެ.

ވެކްސިން ޖަހަން ދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށާއި، އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެކަން އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ.

މީގ އިތުރުން ވެކްސިން ޖަހަން ދާއިރު ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖެހޭނެ ފަދަ ހެދުމެއް ލައިގެން ދިއުމުގެ އިތުރުން ރަނގަޅަށް ކައިގެން ހުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ.

ވެކްސިން ޖަހަން ދާއިރު ކުރުމަށް އެޗްޕީއޭއިން ލަފާދޭ އިތުރު ކަންތައްތަކަށް ބަލާއިރު، އަމިއްލަ ފެންފުޅިއެއް ގެންދިއުމާއި، އެކަކަށްވުރެ ގިނަ މީހުން ނުގެންދިއުމާއި، ބޭނުން ކުރަމުންދާ ބޭހެއް ހުރި ނަމަ އެ މަޢުލޫމާތު ގެންދިއުން ހިމެނެއެވެ.

ކޮވިިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ އެހީތެރިކަން ތަނުގައި ކުރިއަށް ގެންދެވޭނެ ކަަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް މި ޕޯރޓަލްގައި ރެޖިސްޓްރީ ކުރުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    ތިޔަވެކުސިން ޖަހަންޖެހެނީ ބަލިޖެހުނީމާ ތިވެސް ތި އޯޅުވާލީ ރަގަޅައްބަލާ . ތިޔަޖަހައިގެން ވާފައިދާއެއްނެތް ހަމަ މާސްކު އަޅަންޖެހޭ ސެނެޓެއިޒާ ބޭނުންކުރަންޖެހޭ ގައިދުރުވާންޖެހޭ ބަލި ނާރާނެކަމުގެ އެއްވެސް ޔަގީންކަމެއްވެސްނެތް.... ތިޔަޖެހުމުން ދެންވާގޮތް ކިޔާދިނުމަކީ ކުށެއްކަމުގަހަދާ ގެން ޖޫރިމަނާކުރޭ

    • ވެކްސިން

      ކޮމެންޓްކުރަން ބޭކާރު ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި ވެކްސިނަކީ ކޮން އެއްޗެއްކަން އަދި ވެކްސިނުން ހަށިގަނޑު ތެރެޔަށް ފޮނުވައިލަނީ ކޮން އެއްޗެއްކަން ދަސްކުރަން އުޅުން ބުއްދިވެރި. ނައީމް ކުޑައިރު ވެކްސިން ޖެހިނަމަ ހަފްތާއެއް ވަންދެން ރޮއި ހެދީ ކީއްވެކަން ދިރާސާކޮށްލުން ރަނގަޅު.

  2. މީޑިއާދައު

    ދުނިޔޭގެ ކުރިއަރާފައިވާ ވަރަށްގިނަ ޤައުމުތަކަކުން އުމުރުން ދުވަސްވީ މީހުންނަށް ކޮވިޝީލްޑް ވެކްސިން ނުޖަހަން ނިންމަމުން އެދަނީ ކޮންމެވެސް ސަބަބަކާއިހެދި. އެކަމަކު މިރާއްޖޭގައި އުމުރުންދުވަސްވެފައި ތިބިމީހުނަށް މިވެކްސިން ޖަހަން ފައިވިއްދާފަ މިތިބީ ކީއްވެބާ. ކަމާގުޅޭ ތަޖްރިބާކާރުންގެ ބަހެއް ކޮންމެވެސް ނޫހަކުން ގެނެސްދީބަލަ.