ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވި ގަޑީގައި އިހުތިޖާޖް ކުރެއްވުމުން، އެމްޑީޕީގެ ބައެއް މެމްބަރުންގެ ފަރާތުން ލިބުނު އަނިޔާ އަށް އިންސާފު ބޭނުންވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މި މަހުގެ 4 ވަނަ ދުވަހު ރައީސް ސާލިހު ރިޔާސީ ބަޔާން އިއްވެވި ގަޑީގައި އިހުތިޖާޖް ކުރެއްވުމުން، އެމްޑީޕީގެ ބައެއް މެމްބަރުން އޭނާގެ ގައިގައި ޖެއްސެވި ކަމަށް ޖާބިރު ވަނީ މީގެ ކުރިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެެވެ.

އެ ދުވަހު ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހް ފެއްޓިވެ ހިސާބުން ފެށިގެން ޖާބިރު ގެންދެވީ މަޖިލީހުގައި އަޑުގަދަ ކުރައްވާ ހިތްހަަމަ ނުޖެހުން ފާޅުކުރައްވަމުންނެވެ.

"އަޑު ގަދަ ކުރަން ފެށީމަ ހަތަރު ވަރަކަށް މީހުން އުޅުނު ހުއްޓުވަން އެމްޑީޕީ މީހުން އެގޮތަށް އަމަލު ކުރީ. ދެ މެމްބަރުން އަޅުގަނޑުގެ ގައިގައި ޖެހީމަ ތަދުވާނެ ނޫންތޯ. އަނިޔާވެސް ވި. އިންސާފު ބޭނުން. އަޅުގަނޑަކަށް ނޭނގެ ދެން އުފަލުން ކަމެއް ދެރަވެގެން ކަމެއް ރުޅި އައިސްގެން ކަމެއް ޖެހީކީ ވެސް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރީ މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ނުކުރާތީ ކަމަށެވެ. ރިޔާސީ ބަޔާނުގައި ހުރީ ހުސް ދޮގު ވާހަކަތަކެއް ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފަރާތުން ޖާބިރު އަށް ލިބުނު އަނިޔާތަކަށް ފަހު އެދުވަހު ހަތަރުދަމު ހުންނަވަން ޖެހުނީ ބޮޑިތާން ކުރައްވަން ކަމަށް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅޭގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަައި ވަނީ މަޖިލީހުން ނަން އިއްވާ މެމްބަަރަކު ނެރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ. އެހެންނަމަވެސް ހޭ އަރުވާލާނެ ކަމަށް ބުނެ ކުދިން ކޮޅެއް ނެރެގެން ތެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ފާހަގަކުރައްވާ ދިޔާނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ރައީސް، ރިޔާސީ ބަޔާން އިއްވެވުމަށް ގާތްގަނޑަކަށް 45 މިނެޓު ހޭދަކުރެއްވި އިރު، ޖާބިރު ވަނީ ބައިގަޑިއިރެއްހާ އިރު ވަންދެން މަޖިލީހުގައި އަޑުގަދަ ކުރައްވާ އިހުތިޖާޖު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އަޑުގަދަ ކުރައްވަމުން ގެންދެވީ، މި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމާއި މެދު ބަސް ނުބުނެ ހަނު ހުންނަން ބޭނުން ނުވާތީ ކަމަށެވެ. އަދި އެފަދައިން ހުންނެވުމަކީ ރައްޔިތުން އޭނާ އާއި ހަވާލުކުރި ޒިންމާ އަށް ހަރާންކޯރުވުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސެން

    ސާބަހޭ ހިއްވަރުގަދަ ޖާބިރު ޔޫއަތ ދަ މޭން..ގައުމީ ބަޔޮލެއް ..ބަސްބުނިކަންވެސް ރަނގަޅު..އެލެކް ހޭ އަރުވާލަންވީ..ނޫންގޮތެއްނެއް..

    20
    5
  2. ސާމިޔާ

    ސުބްހާނަﷲ މަގޭޖާބިރުއަށް އެކޮށްލިވަރެއްދޯ ... ދިޔާނާ އަވަހަށް ޖާބިރުއަށްއިންސާ ފުހޯދާދީ.. ބަދަލުވެސް ހޯދާދޭތި!!

    21
    2
  3. ޚަލހި

    ތީ ދޮގެއް ޖަލްސާ ނިމެންދެން ބެލިން ނުޖަހާ

    6
    14
    • ޙަސަނު

      ކަލެެއަށް ފެނޭދޯ 360 ޑިގްރީ އެއްފަހަރާ

      7
      2
  4. އަންނި

    މަނިކުފާނަން އިންސާފު ލިބޭނެ ކިހިނެތް ވާނެތޯ 5 އަހަރު ދުވަހުގެ ޖަލުހުކުމެއް.

    13
    5
  5. ދަރަނި ދަންތުރަ

    ވަރަށް ރަނގަޅު ދިޔާނާ ވެސް ބާރަށްއަތްޖަހާ ، ދިޔާނާ ބުނެދީބަލަ ތިއީވެސް ޔާމީނުގެ އަނިޔާވެރިކަންތޯ ކޮބައިތޯ މައުމޫނަން ދެއްވި ކަޅުފޮށި

    27
    2
  6. ސިނެކް

    މީނަމީސަރު ކާރުބަދަލްވެގެން މަންފާ ކުރިމީހެއް އެހުރިހާމަންފާތަ ކެއް އަތުލާ ފިއްތާލަން ފެނޭ

    6
    2
  7. ކަށިދޫ ފުޅު ބޭ

    ލޮލީ އަށް ކުރި އަނިޔާ މި ރަށު ފިނި މައިޒާނުގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން! އަދި ލޮލީ ބޮނޑިތާނުން ފަސޭހަވެގެން ވީ އެންމެ އަވަހަކަށް މަޖިލީހުގެ މަސައްކަތަށް ނިކުތުމަށް ވެސް އެދެމެވެ

    6
    2
  8. ރަށްސް

    މިފަހަރު ޖާބިރު ރަނގަޅު.

    6
    1
  9. ތިންހާސް

    2010 އިން ފެށިގެން ތަޅާނެކުދިންކޮޅެއް ނުލިބިގެން އުޅެމުންގޮސް ފަސްދޮޅަހަކަށް ތަޅާނެ ކުދިން މިހާރު ވަނީ ލިބިފައިވަނީ. ނަސީބެއްނު މިފަހަރު އެންމެ 2 މެމްބަރުންވެގެން ތެޅިކަން. ފަސްދޮޅަސް އެތައް ބައަކުވެގެން އެކަން ކުރިނަމަ ބޮނޑިތާންކޮށްލާނެ ތަންކޮޅެއްވެސް ނުފެންނާނެ. އަނެއްހެން ޖާބިރު އިރުއިރުކޮޅާ ތި ދައްކަނީ އެއްވެސް ވަރަކަށް ބަލާނެ މައްސަލައެއްގެ ވާހަކައެއް ނޫން. އެހެންވީމަ އެވާހަކަ ދެއްކުން ހުއްޓާލަންވެއްޖެއެއްނު.

    6
    1
  10. ރޯދަމުބާރަކް!

    އެނިމަލް ފާރމް...!!! ތުއްތު ކުދިންނަށް ދައްކަވާ ރިވެތި މިސާލު...!! ތި އިދިކޮޅު/ސަރުކާރުގެ ސިޔާސީ ބޭފުޅުންނަށް ސެލިއުޓް!!!

  11. ބުނާތީ އިވޭ...

    ޖާބިރު ގައިކޮޅުގައި ޖަހައިގެން ނުވާނެ އެވެ. ޖާބިރު ވެސް ހާދަ ފާޑުފާޑުގެ އެއްޗެހި ބޯށޭ ވިދާޅުވެ ހަޅޭއްފުޅު ލެއްވެވި އެވެ. ބުނާތީ އިވޭ، މަޖްލިސް ޗެމްބަރ ތެރޭ ހިނގާ ކަންކަމުގައި ދަޢުވާ ނުކުރެވޭނެޔޭ!

  12. ރައްޔިތުސޮރު

    ޖާ އާއި ދިޔާނާއަކީ "ސުއިސައިޑް ސްކޮޑް" ފިލްމްގަ އުޅޭ ދެކެރެކްޓަރ! "ޖޯކަރު އަދި ހާރލީ ކުއިން"