ފޯޖަރީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ 35 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާއި ގުޅޭ ގޮތުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދުވަހު ބަހައްޓައިގެން މަައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން އަންގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ހައްޔަރު ކުރީ ޖެނުއަރީ ހަތަރު ވަނަ ދުވަހުއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ކޮންމެސް ކުއްޖަކު މީތި ދިވެހިބަހުން ބުނެދެއްވަބަލަ

    10
    • ހޯދާ

      ނަކަލުކުރުން

    • ކާފަ

      ފޯޖަރީ އެއީ ކޯއްޗެއްތަ ހަބަރު ކިޔާނިމުނީރުސް ސާފެއްނުވި

    • ބޭޗާރާ

      މިހާރަކަށް އައިސް މީޑިއާގައި ވާހަކަދައްކާ މީހުންގެ ވާހަކަ ހުންނަގޮތަށް ބަލާފައި މަ ހީކޮށްގެން މިހުންނަނީ ފޯޖަރީ އަކީ ހަތަރު ފަހަރަށް ޖަރީ އޭ. ހަތަރު ފަހަރަށް ޖަރީ ކޮށްފިއްޔާ ފޯޖަރީ ކިޔާފާނެތީ މިހެން ހިތަށް މިއަރަނީ.

  2. ޖަނާޒާ

    ފޯޖަރީގެ ދިވެހި ބަހެއްނޯވޭތޯ؟ ޚަބަރު ކިޔާލި މީހަކުބުނީ ސާފުވި ނެތޭ އެއްކަމެއްވެސް. ފުލުހަކު ކޮންމެވެސް ކަމެއްކުރިކަން ސާފޭ. ދެން ޖަރީއެއް ވެގެން އުޅޭކަމެއްނޭންގެއޭ .

  3. އަންނި

    ފުލުހަވެސް ސިފައިގެޔަވެސް ވަންނީ ގޮތްހުސްވެހަ ހުރި މީހުން.....

    5
    3
  4. ޟމމ

    the action of forging a copy or imitation of a document, signature, banknote, or work of art.

  5. ޟމމ

    a forged document, signature, banknote, or work of art.