ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންއާ މެދު ހާސްވާން ޖެހޭ ސަބަބެއް ނެތް ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރިޔާސީ ބަޔާން" ޕްރޮގްރާމްގައި ނަސީމް ވިދާޅުވީ ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"ގެ އިތުބާރު ނެތް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކުގެ އަސްލެއް ނެތް ކަމަށެވެ.

އެ ވެކްސިން ދޭން ފެށީ ސަރުކާރުގެ ފަރާތުން ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސިޔާސީ ބޭނުމަށް ވެކްސިނާ މެދު ސުވާލު އުފައްދާ ދައްކަމުން އަނންަ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށާއި، ވެކްސިނަކީ ކޮވިޑް-19އިން ރައްކާތެރިވުމަށް މިވަގުތު އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމަށް ވެސް ނަސީމު ވަނީ ވިދާޅުވެފައެވެ.

" ވެކްސިން ޖަހަން ފެށީ ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފައި. އެނގިވަޑައިގަންނަވާނެ މާލެ ގެނައިތާ ވެސް ހަފްތާއެއްހާ ދުވަސް ފަހުން ވެކްސިން ޖަހަން ފެށީ ވެސް،" ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެންނަށް ވެކްސިން ޖެހުމަށް ބޭނުންވާ ވެކްސިން ހޯދުމުގައި ދަތިކަމެއް ދިމާ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީމް ވަނީ ވެކްސިންގެ ފުރިހަމަ އަސަރު ކުރާނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް ފަހު ދުވަސްކޮޅެއް ފަހުން ކަމަށް ވާތީ، ވެކްސިން ޖެހި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލެނބުން މުހިންމު ކަމަށް ފާހަގަ ކުރައްވއަިފައެވެ.

" ރާވާފަ ހުރި ޕްރޮގްރާމްގެ ދަށުން އެންމެ ރަނގަޅު އުފާވެރި ޚަބަރަކީ ވެކްސިން ލިބޭނެއޭ. ވެކްސިން ޖެހޭނެއޭ. ﷲ އިރާދަފުޅާއި އެކު ފަސް މަސް ދުވަސް ތެރޭ ވެކްސިން ޖެހޭނެއޭ ދެވަނަ ޑޯޒް އާއެކު." ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރަމުންދާ ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެއް ކަަމަށް ވާއިރު އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. މި ވެކްސިން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް މިހާޜު ދަނީ ބޭނުން ކުރަމުންނެވެ.

އިންޑިއާގައި ވެސް މި ވެކްސިން ބޭނުން ކުރަމުން އަންނަ އިރު، އެ ގައުމުގައި ބަލި ޖެހޭ މީހުންނާއި މަރުވާ މީޙުންގެ އަދަދު އާދަޔާ ހިލާފަށް ވަނީ މަދުވެފައވެެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މާމީ

  ޑަބުލިއު އެޗު އޯ އައްވުރެ މޮޅު މީހުން ދޯ؟؟

  39
  • ޑަބިޔާ

   އެހެން ވާނެ ހަމާގަ ހުރެގެން ދެއްކޭ ވާހަކައެއްނޫން. ރީދޫ ބޮޑު ބުނެފައޮތީ ހަމާގަ އަބަދު ތިވެން ނެއްވާހަކަ

 2. ޙހހހ

  ވެކްސިން އަކީ ޑަބްލިޔުއެޗްއިން އޯކޭ ދީފައި އިން އެއްޗެއްކަން ޔަޤީންކޮށް ނުދެވެނީ ކީއްވެގެންތޯ ، ރާއްޖެގެ ފުޑްއެންޑް ޑްރަގް އޮތޯރިޓީން އޯކޭ ދިންކަމަށް ކިޔަނީ ، އެއީ އެކަމަށް އޯކޭދޭން ކޮންބައެއްތަ އަޅެ

  42
 3. ހަސަން

  ރާއްޖޭގެ ފުޑްއެންޑް ޑްރަގް އޮތޯރިޓީ އަކީ ބޮޑު ހޮޓަލުގެ ސާފުތާހިރުކަންވެސް ކަށަވަރު ނުކޮށް ދެވިގެން އުޅޭބައެއް. އެވެރިން އެއްވެސް ބެލުމެއްނެތި ސަރުކާރުން ބުނާހާ އެއްޗަކަށް އާނ ކިޔަގެން ދީފައި އޮތް ހުއްދަ އެއްތީ. މިހާރުވެސް ތިޔަވެކްސިން ޖެހި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލް ފަރުވާދެމުން އެދަނީ.

  20
 4. ބޯހަލާކު

  ޔޫރަޕުގެ ގައުމުތަކެއް ތިވެކްސިންނުޖަހާންމިހާރުއެނިއްމީ ދެންކީއްވެގެންބާ...؟! 3ވަނަ ދުނިޔޭގެ ގައުމުތަކުންތަ ތީތިޓެސްޓްކުރަންޖެހެނީ

  17
 5. ޙައްޤުތެދެއް

  ހަމަ ބޯ ބުރާންޗެއް.

  17
 6. ރަބަރޭ

  ބާގީއަކަށް ކިހިނެއް އިތުބާރު ކުރާނީ

  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  19
 7. ރަން ރީނދޫ

  ކުޑަ މޯދީ ނަމޫނާ ދެއްކެވީ ޔޯ.ހާމަވީ ކަމަކީ،
  އިންޑިއާއިން ޖަހަން އެންގީމަ،ކިނބުލަށް ގޮތް ހުސްވެ،ރައްޔިތުން ގެ ފުރާނައަށް ވެސް އިޙްތިރާމެއް ނެތި ވެކްސިން ޖަހަން މަޖްބޫރު ވީކަން.

  17
 8. ޅަތީފާ

  ސޯލިބޭގެ ވައްކަމުގެ މުގުލުގަ މި ދެމުސްކުޅިން ލޮލް

  16
 9. ރޯދަމުބާރަކް!

  65 އަހަރުން މަތީ މިހުން މި ނުޖެހުމަށް ނޫނީ ނުޖަހަން ގިނަ ގައުމް ތަކުން އެބަ ނިންމާ..!!

  19
 10. ދުންތަރި

  ނަސީމަކީ ސިއްހީ ސައިންސްވެރިއެއްބާ؟ ވެކްޝިން ރަނގަޅުކަމަށް އެބުނަނީ؟ ވެކްސިން އަކީ ޑަބްލިޔުއެޗްއިން އޯކޭ ދީފައި އިން އެއްޗެއްކަން ޔަޤީންކޮށް ނުދެވެނީ ކީއްވެގެންތޯ ، ރާއްޖެގެ ފުޑްއެންޑް ޑްރަގް އޮތޯރިޓީން އޯކޭ ދިންކަމަށް ކިޔަނީ ، އެއީ އެކަމަށް އޯކޭދޭން ކޮންބައެއްތަ މިވެރިންނަށް ހީވަނީ ދިވެހިންނަކީ ޤަމާރުންކަމަށްތަ؟

  21
 11. ވެރިން

  އެއްވެސްމައްސަލަ އެއް ނެތިއްޔާ ދުނިޔޭ ގެ ސިއްހަތު ޖަމިއްޔާ އިން ތިހެން ނުބުނެ ގެން އުޅެނީ، ނަސީމު މެން ތިހެން ބުނާހާ އެއްޗެއް ގަބޫލުކުރި ދުވަސް ފާއިތުވެ ގެން ގޮއްސި.މިހާރު ތިޔަހެން މައްސަލަ އެއްނެތޭ ކިޔާފަކާ އޮޅުވައެއް ނުލެވޭނެ އެއްވުރެން މީހުން ރޯފިލާފަ ތިބީ،

 12. ވެރިން

  ތިޔަހެން މައްސަލައެއް ނެތޭކިޔާފަ ކާރީ ގަ ތިއިން ކަމަނާ ސޮއިކޮއްފަ ދީފަހުރި ލިޔުންހިފާއި ގެން ވެސް މީހުން ރައްރަށައް ދިޔަ ކޮވިޑް ނުޖެހޭނެޔޭ ނުފެތުރޭނެޔޭ ފަސް ދުވަހައް ދިޔަސް އޯކޭ ވަނެޔޭ. ކިހިނެއް މިހާރު މިވަނީ ކަނާ ދިން ލިޔުމުގެއެއްވެސް ބާރެއް ނެތް

 13. އަހްމަދު

  ދިވެހިންއެވެކްސިންގެވާހަކަދައްކަނީ ދުނިޔޭގެކުރިއަރާފައިވާބޮޑެތިއެތައްގައުމަކުން އެވެކްސިންނާމެދު ސުވާލުއުފައްދާތީ ހާއްސަކޮށް އުމުރުންދުވަސްވީމީހުންނަށް އެވެކްސިންނުޖަހަން ނިންމަމުންދާތީ އެއީސިޔާސީ ކަމެއްގެގޮތުގައިދެކެނީހަމައެކަނި މިސަރުކާރުން ޖަރުމަނުކަހަަބޮޑަތިގައުމުތަކުން އެގޮތައްނިންމާއިރު މިކުޑަގައުމުން އެކަމާނުވިސްނުންއެއީ މައްސަލައެއް

 14. ޔުމް

  މީނަ ބެލީ ކޮންކަންކަމެއްބާ އެވަރުގެ އިތުބާރެއް އޮތީ މީ ސައިންސް ވެރިއެއްތަ؟ ޔުމްނާ އަށް ބޮޑަށް އެގޭނީ ދޯ. އެކަށީގެން ވަރަށް ޑާޓާ ނެތިގެން ހުއްދަ ނުދޭން ނިއުޒިލޭންޑުން ނިންމި އިރު މީނަ ކޮންކަންކަމެއް ނޫނީ ކޯއްޗެއްބާ ބެލީ.. ޔޫރަޕްގެ ގިނަ ގައުމު ތަކުން 65 އަހަރުން މަތީ މީހުނަށް ތި ވެކްސިން ނުދޭ.. ދެން ކޮންވާހަކަ އެއް މި ދައްކަނީ... ސައިންޓިސްޓް ޔުމްނާ.... ހެހެހެހެހެ

 15. މަގޭ ޚިޔާލު

  އިހަށް ކަލޭމެން ވެކްސިން ޖަހާ، އަހަރެމެން ތިބޭނީ ވާނުވާ ބަލަން.