ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު ނިމޭއިރު 34 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އިން "ރިޔާސީ ބަޔާން" އެނަމުގައި ގެނެސްދިން ކަވަރޭޖެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ 2019ވަނަ އަހަރަކީ އިގްތިސޯދީ ގޮތުން ރައީސް ސޯލިހުގެ ސަރުކާރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ. އެހެންނަމަވެސް ޖެހިގެން އައި 2020ވަނަ އަހަރަކީ ގޮންޖެހުންތައް ގިނަ އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އުމްރާނީ ގޮތުން ކުރިޔަށް ގެންދަން ނިންމާފައިވާ އަދި ކުރަމުން ގެންދިޔަ ގިނަ މަޝްރޫއުތަކެއް ކޮވިޑް-19 އާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"2021 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ގާތްގަނޑަކަށް 34 ޕަސެންޓަށް ކުރިއަރައިދާނެ ކަމަށް. މިއަހަރު ވެގެންދާނީ އުންމީދީ އަހަރަކަށް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑާއެކު ރާއްޖޭގެ އިގްތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާލުމާއެކު އިގްތިސޯދަށް ހެޔޮ އަސަރު ކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އެވްރެޖުކޮށް 3،000 ޓޫރިސްޓުން ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މާޗު ނުވަތަ އޭޕްރީލް ހިސާބުގައި އެ އަދަދު 5،000އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑުން އެންމެ ބޮޑަށް ދަސްވެގެން ދިޔައީ ސިއްހީ ކަންކަމާއި އިގްތިސޯދާއި ގުޅިފައިވާލެއް ބޮޑުކަން ކަމަށެވެ. މިނިސްޓަރު އަމީރު ވެސް ވަނީ އިގްތިސޯދު ރަނގަޅު މަގަށް އެޅުވެން އޮތީ ކޮވިޑް ޖެހޭ މީހުންގެ އަދަދުވެސް ދަށްކޮށްގެން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސުބާ

    GDP = C + I + G + NX
    މި ފޯމިޔުލާއަށް ބަލާއިރު
    GDP = C + G + I + NX (where C=consumption; G=government spending; I=Investment; and NX=net exports)
    ދަރަނި ބަޖެޓަކުން ޖީ ނުވަތަ ސަރުކާރުގެ ޚަރަދު ބޮޑު ކޮށްލީމާ ޖީޑީޕީ އޮޓޮމެޓިކުން ބޮޑުވާނެ ދޯ؟

  2. ރޯދަމުބާރަކް!

    އަސްލު..!!! އަހަރު ނިމުމުން މި ވާހަކަ ދެކެވޭނެ ބާ؟

  3. ޖަނާޒާ

    ކަލޯ ދޮގެއް އޮތިއްޔާ ލަފާ ކޮށްފަވެސް ހައްދަވާތި# ސާބަސް

  4. ވަތަނަބޭ

    ސޭޒް ޔޫ