ކުންފުނީގެ އިހުމާލުންވާ ދިމާވާ ކަމަކާ ގުޅިގެން އެ ތަނެއްގައި މަސައްކަތް ކުރަމުންދާ ނިކަމެތި މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ޓްވީޓް ކުރެއްވީ، ޓާފް ރޯލެއްް ދަށުވެ މަޖޫރީއަކަށް ސީރިއެސް އަނިޔާތަކެއްވި މައްސަލާގައި އެ މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންތަކެއް އެމްޕީއެލްއިން ސަސްޕެންޑްކޮށްފައިވަނިކޮށް އެ މައްސަލައަށް އިޝާރާތް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ކުންފުނީގެ އިހުމާލުން ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކުގައި ނިކަމެތި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމުން ހާސިލް ވާނެ މޮޅެއް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަސައްކަތް ކުރުވާ ފަރާތްތަކަށް ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ފުރިހަމަ ތަމްރީން ކުންފުނީގެ ފަރާތުން ދޭން ޖެހޭނެއެވެ. އަދި އެ މަސައްކަތެއް ކުރިޔަށް ދާއިރު ސަލާމަތީ ފިޔަވަޅުތަކާއި އެއްގޮތަށް ކުރިޔަށް ދާކަން ކަށަވަރުކުރުމަށްޓަކައި ސުޕަވައިޒަރެއް ހުރުމަކީވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
Providing a safe environment, training the staff in safety and employing safety inspectors is the responsibility of the management of an organisation. Punishing helpless staff or workers doesn't achieve anything. #workplacesafety #safetytraining
— Adam Shareef Umar (@Adamshareefz) February 6, 2021
މި ހާދިސާއާއި ގުޅިގެން ގުޅިގެން، އެމްޕީއެލްގެ ފަރާތުން ކުރިޔަށް ގެންދާ ތަހުގީގު ނިމެންދެން މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުން ހުރި އޮޕަރޭޝަންގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޕީއެލްގެ ދަށުގައި އޮންނަ މާލޭގެ ވިޔަފާރި ބަނދަރުގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓަކާއި ގުޅިގެން އަނިޔާވި ފަރާތުގެ ހާލު ސީރިއެސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ތިކަކަލަގެ ނަލަވިސްނުންތެރިން މި އަދިރިކަޅު ކިބޫ ވެރިކަމުގަނޭތީ ދެންވާނެ 4އެތިމިހިރަގެންވަނީ ގޯސް ވީ މަރުވިމީހާ ދެން ކައިރީގާތިބިމީހުން ކުންފުނީގެވެރިން ހެވިދިލިފަ ...............ހަޔާތްކުރަ ކިބޫސަރުކާޜޫ
ވެމްކޯވެސް ހަމަ ތިހާލުގައި!
ވެމްކޯވެސް ހަމަ ތިހާލުގައިި!
އެއްވެސް ކަހަލަ ތަމުރީނެއް ނުދީ މުވައްޒަފުން މަގު މައްޗަށް ދޫކޮށްލަނީ ޔުނިފޯމެއް ދީފަ، މާސްކުވެސް ނާޅާ މަސައްކަތް ކުރަން. ވެމްކޯއިން ޒިންމާވާން ޖެހޭނެ.