ފާއިތުވެދިޔަ ދެެމަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެެރިންގެ ތެރެެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 0.09 އިންސައްތަ މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޖެނުއަރީ އަދި ޑިސެމްބަރު މަހު މި ބައްޔަށް ފައްސިވި މީހުންގެެ އަދަދު ހުރީ 0.09 އިންސައްތައިގައި ހިފެހެއްޓިފައެެވެެ. މި ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމަށް ހުއްޓުމެއް އައުމަށް ފަހު އަލުން ފަތުރުވެރިކަން ފުޅާވާން ފެށި ފަހުން ރާއްޖެއަށް އެެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދެ މަހަކީވެސް މިދިޔަ ދެ މަސްދުވަހެވެެ.

ޑިސެެމްބަރު މަހު ރާއްޖެެއަށް ޒިޔާރަތްކޮށްފައި ވަނީ 96412 ފަތުރުވެރިންނެވެެ. އޭގެ ތެރެއިން ފައްސިވެފައި ވަނީ 0.07 އިންސައްތަ މީހުންނެެވެެ. ޖެނުއަރީ މަރު ރާއްޖެެއަށް ޒިޔާރަތްކުރި 92103 ފަތުރުވެރިންގެެ ތެރެެއިން ފައްސިވެފައި ވަނީ 0.08 އިންސައްތަ މީހުންނެވެ.

ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ފައްސިވެެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެެވެ. ސެޕްޓެެމްބަރު މަހުގެ ތެރޭގައި 9605 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އިރު ފައްސިވެފައި ވަނީ 0.36 އިންސައްތަ ފަތުރުވެރިންނެެވެ.

އޮގަސްޓު މަހު 7636 ފަތުރުވެރިން ރާއްޖެެއަށް ޒިޔާރަތްކުރި އިރު ފައްސިވެެފައި ވަނީ 0.26 އިންސައްތަ މީހުންނެެވެ. އަދި އޮކްޓޯބަރު މަހު 21515 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އިރު އެެ މަހުވެސް ކޮވިޑަށް ފައްސިވެފައި ވަނީ 0.26 އިންސައްތަ ފަތުރުވެެރިންނެވެެެ.

ފާއިތުވި ދެެ މަސްދުވަހުގެެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އެ އަދަދުތަކާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށް ނަމަވެެސް އެ ދެމަހު ފައްސިިވި ފަތުރުވެރިންގެ އަދަދު މަދެވެެެ. ރާއްޖެއަށް ޒިޔާރަތްކުރުމުގެެ ކުރިން ކޮންމެެ ފަތުރުވެެރިއަކުވެެސް ކޮވިޑް ޓެސްޓު ހަދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު