އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަަރުން ސިލްސިލާ ގޮތެއްގައި ކުރަމުން އަންނަ މުޒާހަރާތަކަށް އެމްޑީޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުވިދާޅުވުން އަމާޒުވެއްޖެއެވެ.

އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނިކޮށް ރައީސް ނަޝީދާ އިއްޔެ ބައްދަލުވިއެވެ. ބައްދަލުވެފައި ވަނީ މަޖީދީމަގުން ރަސްފަންނާއި ދިމާއަށް މުޒާހަރައިގެ ބައިވެރިން ހިނގާފައި ދަނިކޮށެވެ. އަދި މުޒާހަރާގެ ބައިވެރިން ފެނުމުން ރައީސް ނަޝީދު އެ ތަނުގައި މަޑުކޮށްގެން ހުންނެވި ކަމަށް އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މައުލޫމާތު ދެއްވިއެވެ. ރައީސް ނަޝީދަށް ހަމަލާ ދޭން އުޅުނު ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތު ވެސް ކުރެއްވިއެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން މި ކަން ދޮގު ކުރެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ ޓްވީޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޒާހަރާގެ ކުރީ ސަފުގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ފެންނަން ނެތް ކަމަށެވެ. ޕާޓީގެ ދިދަ ހިފައިގެން އެ ޕާޓީއެއްގެ ލީޑަރުން މުޒާހަރާތަކުގެ ކުރީ ސަފުގައި ނުތިއްބަވާނަމަ ސަޕޯޓަރުންގެ މިސްރާބު ގެއްލިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެހެން އެ ގޮތަށް ނުކުރައްވާ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ލީޑަރުން ކުރީ ސަފަށް ވަޑައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

"ޕީޕީއެމްގެ ބޭފުޅުން ތަންކޮޅެއް ޖޯޝް ގަދަވީ. ޕާޓީ މުޒާހަރާ ކުރާއިރު ޕާޓީ ދިދަ އަދި ޕާޓީގެ ލީޑަރުން ކުރީ ސަފުގައި ނުތިއްބަވާނަމަ ކަންކަމުގެ މިސްރާބު ގެއްލލޭނެ، އެހެން ނަހައްދަވާ ލީީޑަރުން ކުރިއަށް ނިކުންނަވާ،" ރައީސް ނަޝީދުގެ ފޭކް އެކައުންޓް ކަމަށް ބުނާ "އެލެކްސް އަހުމަދު" ކިޔާ އެކައުންޓުން ކުރެއްވި ޓްވީޓްގައިވެއެވެ.

އެލެކްސް އަހުމަދުގެ އެކައުންޓަކީ ރައީސް ނަޝީދުގެ އެކައުންޓް ކަމަށް އެ އެކައުންޓުން މީގެ ކުރިން ކުރި ޓްވީޓެއްގައި ވެސް ލިޔެފައިވެއެވެ. އެކަމަކު މިކަމާ ގުޅިގެން ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު އެމަނިކުފާނުގެ ގާތް ބައެއް މީހުން ވެސް އެއީ ނަޝީދު ކަމުގައި ބުނެ ޓްވީޓް ކޮށްފައި ހުރެއެވެ. މި ޓްވިޓާ އެކައުންޓާ ގުޅޭ ގޮތުން ނަޝީދާ މީގެ ކުރިން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އަދި އެއީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ވެސް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯޖަލީލު

    މިކަލޭގެ ޕާޓިގެ ދިދަހިފައިގެން ހުރީ އިނގެރޭސިވިލާތުގައި މުޒާހަރާކުރީ ރާއްޖޭގައި ގަމާރު ސޮރެއް

    15
    1
  2. ޖަނާޒާ

    ކަލޯގަޔާ ހާދަ އަސަރެއްކޮށްފިއޭ . ދަންނަންތޯ މުޒާހަރާއަދި އޮތޯ. ޕިސްޗަރ އަބީ ބާކީހޭ މެރޭ ދޯސްތް

    10
    1
  3. ވަތަނަބޭ

    ކަލެ އަކަށް ނޭނގޭނެ

    8
    1
  4. ސަފާ

    ފިލައިގެން އއއއޮވެ ޓްވީޓް ކުރާނީ ފިނޑިން އެލެކްސްއާ ނަމުގަ. ދެން މި ގައުމުގެ ރައީސްކަން އެލެކްސް އަހްމަދު ނުކުރާނެ!!!

    12
    1