ވަޒީރުކަމުން އިސްތިއުފާ ދެއްވިތާ މިއަދަށް އަހަރެއް ވީއިރު އޭނާ ބާކީކޮށްލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ވެރިކަން ކުރާ ކޯލިޝަންގެ ހުރިހާ ލިޑަރުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝީދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯލިޝަން ސަރުކާރު ވުޖޫދަށް ގެނައުމަށްޓަކައި އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެކަކީ އެކަމަނާ ކަމަށެވެ. މި ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފް ގާއިމް ކުރުމަށް ކަމަށެެވެ. އެކަމަކު މި ސަރުކާރުގައި އެކަމަނާއަށް ބޮޑު ބޭއިންސާފަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވިއެވެ.

ޝީދާތާ ވިދާޅުވި ގޮތުގައި އެކަމަނާ ވަނީ އެއްވެސް ބިރެއް ނެތި ކޯލިޝަންގެ ހުރިހާ ލީޑަރުންގެ ދިފާއުގައި ވަކާލާތުކުރައްވާފައެވެ. ސަރުކާރު ގެނެއުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރި އެކަކު ސިޔާސީ މަޝްރަހުން ފުހެކުމުގެ ނިޔަތުގައި މިއަދު މަގުމަތިކޮށް ބާކީކޮށްފައި ހުރި ނަމަވެސް ސިޔާސީ މައިދާނުން ނުގެއްލޭނެ ކަމަަށް ޝިދާތާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހް ހިމެނޭހެން ކޯލީޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަން ޖެހޭ ކަމެއް. އެހެނަސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް. ދާނީ ކުރިޔަށް އިންޝާﷲ." ޝިދާތާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރުގެ މަގާމަށް ޝިދާތާ ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.

ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން އެކަމަނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށް އަދި އެކަމަނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅެނިކޮށެވެ.

އެހެން ނަމަވެސް މިނިސްޓަރު ކަމުގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރެއްވި އިރު، އިހުމާލުވެވަޑައިގެންފައި ނުވާނެ ކަމަށާއި ވަޒީރުކަމުން އިސްތިއުފާދެއްވީ އެ ވަގުތަށް ބަލާ އިރު އެއީ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށް އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ޝިދާތާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމީ

    އަދިވެސް ކުރީސަރުކާރު ކިއަމުން ދުވެ ބާރައް ފެލިއަރުވާ އެއިރު ސޯލިހު ރޯނެ..

    7
    1
  2. ސސ

    ހުރިހާ އަންހެން ވެރިން ލައިގެން ސިޔާސީ ޕާޓީއެއް ހަދައިގެން އަނިޔާވެރި ކަމާއި ދެކޮޅަށް ނިކުންނަވާ !

    6
    1
  3. ނނނ

    ތެދެއް އަސްލު ޝިދާތާ ގެ ދުވަސަވަރުގައި އައިޖީއެމް އެޗް ގައި އާސަންދާ އަދި އެންސްޕާ ކައުންޓަރ އެއް ހުރޭ....އެއީ ފާހަގަ ކުރެވުނު ކަމެއް.......މިހާރު ހުރި މިނިސްޓަރ ވަނީ ކުޑަކުދިންގެ ހިޔާ ރަގަޅުކުރުމަށް އެތަށް ބައެއް ވަޒީފާ އިން މަހްރޫމް ކޮށްފައި
    Dr ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

    6
    3
  4. އަހުމަދު ނީޒް

    ތިކަމާ ހިތާމަ ކުރާނެ ކަމެ އް ނެތް. ކުރިޔަށް ދޭ. ބާރު ގަދަ މީހުންގެ އިހްމާލެ އް ނުފެންނާނެ. ސޮރީ ބުނީމަ ނިމުނީ. މަޖިލީހުގެ އިހްމާލުން ބަންޑާރަ ގޯތި ތަކުން މީހުން އެމީހުންގެ ދަރިން ނެރެ ކު އްޔަށް ދޭ އިރު އިހުމާލެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއް ނެތް. އެކަމާ ވިސްނާ މީހަކު ވެސް ނެތް.

  5. ޓިނު ބޭ

    ޝީދާތާ އާއި ދޭތެރޭ އެގޮތަށް ބޭ އިންސާފުކޮށްގެން ނުވާނެ ދޯ؟

    2
    1
  6. ސަމާ

    ސިދާތާ އެވިދާޅުވީ ވަރަށް ބޮޑު ތެދެއް މިސަރުކާރު ގެންނަން އިޣުލާސްތެރި މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެއް ރައީސްސޯލިހުއަށް އަޅުގަނޑު ދަންނަވަން ސިދާތާއަށް ކޮންމެވެސް މަގާމެއް ދެއްވުމަށް.

    4
    4
  7. ޖަލީލް

    ކަލޭ ދާންވީނު ކްރިސްމަސް ޑޭ ގަ މީހަކާ އިންނަން. ތިހިރީ ފުދޭވަރަށް ލާދީނީ ވެފަވިއްޔަ

    5
    3