ހުޅުމާލެ ފޭސް ދޭއްގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާ ކުންފުންޏަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޯށްފިއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ، އެންބީސީ އިންޑިއާ އާއެވެ. އެ ކުންފުންޏާއެކު ސަރުކާރު ހިއްސާވާ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފެބްރުއީ ދެ ވަނަ ދުވަހުއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.

އެ ކޯޕަރޭޝަނުން ބުނީ، އެ ކުންފުންޏާއި ދެމެދު އިންޖީނިއަރިންގ، ޕްރޮކިޔޯމެންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި މި ކޮންޓްރެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި 2000 ހައުސިންގ ޔުނިޓް އިމާރާތް ކުރަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ޕްރޮޖްކެޓްގެ އަގު 130 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޝޮކްތެރަޕީ

  ތިބިމުގެ ބޮޑުބައި އިންޑިޔާ ފްލެޓު ނެހެދި ދިގު ދެމިގެންދާ އަހަރުތަކަކައް ބަދަލުވާނެ. ލަންކާޔައްވެސް ދިން ލަޑު ދިވެހި ރާއްޖެއައްވެސް ލިބޭނީ.

 2. ×

  ބިޑަށްނުލާ

 3. ޙާކިމާ

  އެޅޭނެ؟؟ ވާނެ؟؟ ދައުރު ނިމޭއިރަށް ތިޔާކަން ވާނެ؟ އިސްރާފުވީ ކިހާވަރެެއް؟؟؟؟؟

 4. ރަބަރޭ

  ތި ހައުސިން ޔުނިޓްތަށް ވާރޭ ހިޔައެއް ނުވާނެ

  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

 5. ބަހާރަތު

  ތިޔަ ޕުރޮޖެކްޓު ނިންމަން އަދި 10 އަހަރު ބޭނުންވާނެހެން ހީވަނީ އިންޑިޔާއަށް.. ޓާޓާ ހައުސިންގެ ފައުންޑޭސަން އަދި ނޭޅިގެން އުޅެނީ.

 6. އެމަންޖެ

  ތިޔަ 2000 ހައުސިން ޔުނިޓް ބިމުއަޑިން މައްޗައް ނާރާނެ.

 7. ދާއިމީ ލިސްޓް

  މދިޔަ މަސް ނިމުމުގެ ކުރިން އިޢުލާން ކުރަން ބުނި ދާއިމީ ލިސްޓް ކޮބައިތޯ؟ ފަރސްޓް ކަމް ފަރސްޓް އައުޓް ޢޭ ކިޔާ. ޓްރާންސްޕޯރޓް މިނިސްޓަރ. މީގެ 2 އަހަރު ކުރިން ވިޑާޅުވެފައިވޭ 4 މަސްތެރތޭގައި ބަސް ދުއްވަން ފައްޓާނެ ކަމަށް. މިއަދަށް ބަރާބަރު 2 އަހަރު ހަމަވީ!
  މިފޮޓޯ ސޯޝަލް މީޑިއާގައި އުޅޭ. އެފަދަ ކަމެއްތޯ ފްލެޓް ލިސްޓަކީ؟

 8. ރައްޔިތު މީހާ

  މާކުރިންވެސް އެބަ އެނގޭ މިކަންކަން ދާގޮއް ބާރެއް ލިބޭއިރައް މިކުރާކަމަކީ ރައްޔިތުން އަޅުވެތިކުރުން އުމަރުގެފާނުގެ ސަޔަރަތު ޓީވީތަކުންގެނެސްދީވަ ކަން ދިމާ އިދިކޮޅައް ތިޔަބައިމީހުން މީސްތަކުން އަޅުވެތިކުރީ ކޮން އިރަކުހޭ މައިންގެ ބަނޑުން މިނިވަންކަމާއެކު އުފަންވީމަ މިއުމަރުގެފާނުގެ ބަސްކޮޅު ގެނެސްދީފައި މިބަލަނީ ޛިއެސްޓީގެނަމުގައި ރައްޔިތުން އަޅުވެތިކޮއް ޖިޒީ ނަގައިގެން ވެރިން އަރާމުގައި ރައްޔިތުންނައް ހިތުހުރި ގޮތެއް ހަދަމުން އެގެންދަނީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހަދައިގެން ބޮޑުއަގުގައި ރައްޔިތުމީހާ ބުރަމަސައް ކަތުން ހޯދާ ރުފިޔާކޮޅު ކުލީގެ ގޮތުގައި އަތުލުން އިންޑިޔާގަ އިންޑިޔާމީހުން ތިޔަ ހަސިންގް ޔުނިޓް އެޅިއްޔާ މާރނގަޅުވާނެ މާފަގީރުން ގެދޮރުނެއްމީހުންގިނަވާނެ