ގދ. ގައްދޫ ކައިރި ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް އެތަނުގައި ހުރި ގެއެއްގެ ސީލިން ބޮލަށް ވެއްޓުނު، އެރަށު ބުލްބުލާގެ އިރުމަތީ ބައި، މުހައްމަދު ފިރުޝާން (17އ) އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ނިންމައިފިއެވެ.

މި ހާދިސާގައި ފިރުޝާންއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާގެ ހާލު ސީރިއަސް އެވެ. އޭނާގެ އޮޕަރޭޝަންތަކެއް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކޮށްފައި ވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ގައްދޫ ކައުންސިލަރ މުހައްމަދު ލަބީބު ވިދާޅުވީ، ފިރުޝާން އަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ ކަމަށާއި އަދި ފްލައިޓް ހަމަ ނުޖެހޭ ކަމަށެވެ.

ލަބީބު ވިދާޅުވީ، އާސަންދައަށް ހުރިހާ ލިޔެކިޔުންތަކެއް 6:30 އެހާކަންހާއިރު ފޮނުވާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި އެކަން ހަމަ ޖެހިފައި ނުވާ ކަމަށެވެ.

"ދެންމެ ޑޮކްޓަރާއި ދިމާވި، އޭނާ ބުނީ ނުވާނެއޭ މާ ގިނައިރެއް މާލެ ގެންދަން" ލަބީބު ވިދާޅުވިއެވެ.

ލަބީބު އިތުރަށް ވިދާޅުވީ، ފިރުޝާން އޮތީ އަދިވެސް ވެންޓިލޭޓަރުގައި ކަމަށާއި މިއަދު ކުރި އޮޕަރޭޝަނަށްފަހު ފައިގެ ބިންދައިގެން ގޮސްފައި ހުރި ތަންތަނަށް ބޭރުން ދަގަނޑު އަރުވާފައިވާ ކަމަށެވެ. އެހެން ކަމުން ދެން އެކޮޅުން ދެވޭނެ ފަރުވާ ނެތިގެން މާލެ ފޮނުވާލަނީ ކަމަށެވެ.

މި ހާދިސާގައި ދެން އަނިޔާވެފައިވާ ޒުވާނާއަށް މާ ބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އެ ޒުވާނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ލަބީބު ވިދާޅުވީ، އެކުދިންގެ ބޯމައްޗަށް ވެއްޓިފައިވަނީ ވަރަށް ވަރުގަދަކޮށް ހަދާފައި ހުރި ސީލިންގެއް ކަމަށް އެކުދިންވެސް މައުލޫމާތު ދިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނެތީމޭ

  ތަމެން ކޮންމެހެން ފަޅު ރަށްރަށަށް ދަތުރު ދާން ޖެހޭތޭ ތަމެން ރާއްޖެތެރޭ މީހުން ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެން ހެންނޭ މަމެންނަށް ހީވަނީއޭ މަމެން ބުނަން ނެތީމޭ...

  5
  50
 2. Anonymous

  ކައުންސިލަރ ތިދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟ ވަރަށް ވަރުގަދައަށް ހަދާފައި ހުރި ސީލިން އެކޭ އެވެއްޓުނީ. ވަރުގަދައަށް ހަދާފައި ހުންނަ ސީލިން ވެއްޓޭނެތަ؟ ކައުންސިލަރ ވެސް މިދައްކަނީ ކުޑަކުދީން ދައްކާކަހަލަ ބޯހަމަނުޖެހޭ ވާހަކަ.

  13
  1
  • ގަލަން ތުނޑު

   އެބުނާހެން އެއްފަހަރުފެސ ްހާދިސާ ހިނގިތަން ބަލާލިންތޯ..ކާކުތޯ އެތަން ބަލާލަން ދިޔައީ އެވަރޔގެ ކަމެއް ހިނގީމަ؟

 3. މަގޭޚިޔާލު

  މީހަކަށް ހިތާމަވެރި ހާދިސާއެއް ދިމާވުމުން އެއްމެ ކުޑަމިނުން ހެޔޮ ދުޢާއެއް ކޮށްލުމުގެ ބަދަލުގައި ބޭކާރުގޮތުގައި އަނގަގަދަ ނުކުރުން ބުއްދިވެރި

  26
 4. ރަދީފް

  އަވަސް ޝިފާއަކަށް އެދެން.ވ.ވެދުން