ރާއްޖެއިން އިތުރު 109 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މީގެ ތެރެއިން 78 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން 11 މީހަކާއި، ރިސޯޓްތަކުން 20 މީހަކު ފައްސިވެފައި ވެއެވެ.

މީގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވެ ފަރުވާދެމުންދާ މީހުންގެ އަދަދަކީ 2039 އެވެ.މީގެ ތެރެއިން 1474 މީހަކު ތިބީ މާލެ ސަރަހައްދުގައެވެ. އަދި އަތޮޅު ތެރޭގައި 152 މީހަކާއި، 459 މީހަކު ތިބީ ރިސޯޓުގައެވެ. އަދި ސަފާރީތަކާއި ހަތް މީހަކާއި، ތަރައްގީ ކުރަމުންދާ ރަށްތަކުގައި 30 މީހަކާއި، ސިނާއީމަސައްކަތް ކުރަމުންދާ ރަށަކުން އެކަކު ހިމެނެއެވެ.

މިހާރު ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 16656 އެވެ. މީގެ ތެރެއިން 14556 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަަނަށް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 430،513 ސުންކު ނަގާފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ ފެނުނުތާ އަހަރެއް ވާން ކައިރި ވަނީ އެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހުނީ ތުރުކީއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ފައްސިިވީ މާރިޗް ހަތް ވަަ ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ދެކުނު އެފްރިކާ މީހަކުވެސް ކޮވިޑް-19 އަށް ފައްސިވިއެވެ.

ރާއްޖޭއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 54 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު