ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން، ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް އަރައިފިއެވެ.

އެގޮތުން މިއަދާއި ހަމައަށް 207 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މީގެ ކުރިން އެންމެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގޮސްފައިވަނީ އިއްޔެއާއި ހަމައަށެވެ. އެގޮތުން އިއްޔެއާއި ހަމައަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ގޮސްފައިވަނީ 193 މީހަކަށެވެ.

ދެން އެންމެ ގިނަ މީހުންނަށް ފަރުވާ ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު 192 މީހަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އިންސައްތަ ކުރިއާއި ބަލައި މިހާރު އަންނަނީ އިތުރުވަމުންނެވެ. އެހެން ކަމުން އެޗްޕީއޭއިން ވަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އިންސައްތަ އިތުރުވާނަމަ، އެނދުތައް ފުރިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

އެފަދަ ހާލަތަކަށް ގޮސްފިނަމަ، އެކަމުގެ ނޭދެވޭ އަސަރު ކޮވިިޑް-19 ނޫން އެހެެން ބަލިތަކަށްވެސް ކުރާނެ ކަމަށާއި، ރައްކާތެރިިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިވަގުތު އިތުރުވަމުން އަންނަނީ ކޮވިޑް-19ގެ އާ ވައްތަރެއް އުޅޭތީ ކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16،656 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ 2،039 މީހަކަށެވެ. ރާއްޖެއިން މި ބަލި ޖެހިގެން 14،556 މީހަކު ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން 54 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަނިލް

    ސަރުކާރު ދިފާއުކުރުމަށް ޙާސަ ހުދައެއްގެ ދަށުން މާލެ އިން ފޮނުވާގެން ކުޅޭ ގޭމް