އައްޑޫ ސިޓީ ހިތަދޫން ފައްސިވި ދެ މީހުންނާއި ގާތުން ބައްދަލުވި، ފޭދޫ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫއިން ކަރަންޓީންގައި ނެތް ދެ މީހަކު ފައްސިވެފައިވަނީ މިއަދު އެވެ. އެ ވޭދަނައާ ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ހިތަދޫ އިހާ (ކްލަސްޓާ)އާ ގުޅުން ހުރި މީހަކު ފައްސިވެފައިވާއިރު، އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ފައްސިވެފައި ވަނީ މެދު އުމުރުގެ ފިރިހެނެއް ކަމަށެވެ.

އެ އިހާއާ ގުޅުން ހުރި މީހުން މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ. އަދި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ދަނީ އަދިވެސް ކުރިއަށެވެ.

މިއަދު އެ ސިޓީން ފައްސިވި ދެ މީހުންނަކީ ހާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ބަޔަކާއި ބައްދަލުވި ބައެއް ކަމަށް ސޯބެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ލެއި

    ކުރިޔައް ކުރިޔައް ބާރައް ކުރިޔައް މީ ދިވެހި ސަރުކާރުން ބޭނުންވި ގޮތް

  2. ލީމާން

    ޚާއްޞަ ހުއްދަ ދީގެން ފެތުރުވީ ދޯ..

    ވަރަށް ރަގަޅުތާ ހުއްދަ ދީގެން އައްޑޫއަށް އެމްޑީޕީގެ ހެޔޮ އެދުމުގެ ދަށުން ބަލި ފޮނުވައިފި ވިއްޔާ

    ދެންވެސް އަތް ޖަހާ އުފާކުރޭ އެމްޑީޕީ ވަރެއް ނެތް