ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބައްޕާފުޅު، ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) އަވަހާރަވުމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު، ރައީސް ވަހީދުގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައިވަނީ މިއަދު ކުރެއްވި ޓުވިޓެއްގައެވެ.

ރައީސް ވަހީދުގެ ބައްޕާފުޅު އަވަހާރަވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު ނިޔާވީ އުމުރުން 92 އަހަރުގައި ކަމަށެވެ. އަދި އެއީ ކުއްލި މަރެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ބައްޕަ ވަނީ 50 އަހަރުވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ. އެގޮތުން އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރުގެ ޒިންމާދާރު އިސްމަގާމުތަކެއް ވަފާތެރިކަމާއި އިހުލާސްތެރިކަމާއި އެކު ފުއްރުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ހަސަން އިބްރާހިމް މަނިކުގެ ކަށު ނަމާދު ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗައްކަރޭ

    ތެލާފެނާ އެކުވީތޯ؟

  2. ރަނގަޅު

    އެއީވެސް ދެރައީސް އެހެންވީމާ އެތަނުން ކޮންމެ ބޭފުޅަކައް އެފަދަކަމެއްދިމާވިޔަސް ރައީސްކަންކޮއްފަހުރި މީހެއްގެ ހައިސިއްސަތުން އަނެއްރައީސެއްގެ ހިތާމައިގާބައިވެރިވުމަކީ ރަނގަޅުކަމެއް