ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މީގެ ނުވަ އަހަރު ކުރިން ބަދަލުވެގެން ދިއުމަށް މެދުވެރިވި ހަމަނުޖެހުންތަކުގެ ހަނދާންތައް އާ ކުރެއްވުމުގެ ގޮތުން ޅެންބައިތަކާއެކު އެމަނިކުފާނު މިއަދު ޓްވީޓެއް ކުރައްވައިފިއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ކުރެއްވި ޓްވީޓްގައިވާ ފުރަތަމަ ޅެން ބައިތުގައިވަނީ ހިތަށް އެ ހަނދާންތައް ގެންނެވީ ހިތްޕުޅުގައި "ވިކަމުން" ކަމަށާއި އެއީ ފިލައިގެން ދާނެ ތަދެއް ނޫން ކަމަށެވެ. އަދި އެ ހާލަތަށް ގެނައުމަކީ ކުޑަކުޑަ ކުށެއް ނޫން ކަމަށް ވިދާޅުވިއެވެ.

ދެން ލިޔުއްވާފައިވަނީ ޒަމާންތަކަކަށްވި ގުރުބާނީގެ ސަބަބުން ޖިސްމު ފަނާވެ ގޮސް އަމާންކަން ނެއްޓިގެން ދިޔަ ކަމަށެވެ. އަދި އެ ހުރިހާ ކަމަކީ މައާފު ކުރާ ވަރުގެ ކަމެއް ނޫން ކަމަށް ލިޔުއްވާފައިވެއެވެ.

-- މިއީ މަޝްހޫރު މޫސައާއި ސަންފާގެ ލޯބީގެ ވާހަކައިގައި ހިމެނޭ ޅެންބައިތެކެވެ. މިއީ ސަންފާއަށް މޫސަ ލިޔެދިން ޅެންބައިތެއް ކަމަށް ބުނެ އުޅެއެވެ. މޫސައަކީ އައްޑުއިން ރާއްޖޭގެ އުތުރަށް ދަތުރު ކުރި މީހެއް ކަމަށް އެ ވާހަކައިގައި ލިޔެފައި އޮވެއެވެ. --

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ގެ ގޮތުގައެވެ. އެކަމަކު އެ މައްސަލަ ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ދުވަހު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށެވެ.

އެ ހާދިސާ ހިނގިތާ ހަތް އަހަރު ފަހުން އެމަނިކުފާނު ލީޑް ކުރައްވާ އެމްޑީޕީ އަލުން ވެރިކަމަށް އައިސްފައިވާ އިރު އަދި މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު ވަޑައިގެންނެވިއިރު، ފެބްރުއަރީ ހަތެއްގައި ފުލުހުންގެ ތެރެއިން ބަޔަކު ދެއްކި "ނުކިޔަމަންތެރިކަން" ތަހުގީގު ކުރަން ޖެހޭ ކަމަށް ނަޝީދު ވަރަށް ގިނަ ފަހަރަކު ވިދާޅުވެފައިވެއެވެ.

އެ ދުވަހު އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ތިބި ގިނަ ބަޔަކު މިއަދު ތިބީ އެމްޑީޕީ ހިމެނޭ ގޮތަށް އުފެއްދި މި ސަރުކާރު ހިންގާ ކޯލިޝަންގައެވެ. އޭރުގެ އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މި ކޯލިޝަންގެ އެންމެ އިސް ލީޑަރުންނެވެ.

އޭގެ ތެރޭގައި އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި، އާދަލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ހިމެނެއެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި ދެން ހިމެނޭ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަކީ އެ ދުވަހުގެ އެ ހަރަކާތުގައި އެންމެ ސަފުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ގުދުރަތުގެ ނިޔާ

    ބަ އެ އް މީހުން ހަމާގަހުން ނަން ބޭނުން ނުވާ ވަގުތު މިކަހަލަ ގޯސް ހަދާނެ ބޮވެން ޖެހޭނެ ބޯންވާނެ.

    46
    3
  2. ނަައީމް

    ބަލަ މޮޔަޔާ މިއަދު ކަލޭވެސް ތިތާގަ ބަހައްޓާފަވެސް އެހުރީ ހަމަ ތިޔަބުނާމީހުން ދެން ކޮން ކަމެއް ކަލެޔައްކުރެވޭނީ ތިޔަބުނާމީހުން މިހާރު ބާރު ފޮޑިއެއްޖެހިޔަސް ކަލޭ ނުފެންހިސާބައް ބުރައިގެންދާނެ އެއްކަމެއްވެސް ކަލެޔަކައްނުވާނެ ދެނެއްކަލެޔަކައް ސޯލިހަކާވެސް ނުކުޅެވޭނެ ސިޔާސީ ކެރިޔަބޭނުންނަމަ މައިތިރިވެގެންހުރޭ....

    45
    4
  3. ނޮވެމްބަރ 3

    ނޮވެމްބަރ 3ގެ ޢަމަލުތަކަށް މާފް ކުރާވަރެއް ނޫން

    52
    5
    • ލައިލާ

      އެބުނާހެން 7ފެބްރުއަރީގަ މީހެއްގެ ފުރާނައެއް ނުދޭ 3ނޮވެމްބަރގަ އެތައް ބައެއްގެ ފުރާނަ ދިޔަ 7ގަ ހޭދެބައި ވެފަ ހުރެގެން ސިފައިންނަށް ކޮމާންޑް ކުރަން ހަދައިގެންނާ ތިމާގެހުރި ނުލަފާ ކަން ދައް ކާލަން އުޅެން ހަދައިގެން ނޭގި ހުރެ އިސްތިއުފާ ދެވުނީ ބޮއިގެން ހުރި އެއްޗެއްގެ އަސަރު ފިލީ 24 ގަޑިއިރުފަހުން ޕާޓީ ކުދިން ލުބޯފެން ދީގެން ކަމަށްވަނީ ހެވެނީ ހަމަ

      23
      1
  4. ހުސޭނުބޭ

    ކޮން މާފެއް! ތި ފޮތުގައި ކަލެޔަށް ހާމާނު ފެނިގެން އަމިއްލައަށް އިސްތިއުފާދިން ވާހަކަ ނެތިއްޔާ ތީ ބޮޑު ދޮގެއް! އެކަން ފޮރުވަން ޖެހިގެން އައި ދުވަހު މުޅިރާއްޖޭގައި ހުޅުޖަހާފައި އެކަން އޮއްބާލަން ތި ފާޑެއްގެ ފޮތެއް ލިއުނީ! ކަލޭ ވަރިހަމަ ފޮތެއްނޫން،،،،،،،،،،، ކެނެރީގައި ފާރުގައި ލިޔުނަސް 7 ފެބްރުއަރީ ބަޣާވާތާކަށް ނުވާނެ! ސަރުބަތު ބުރާންތީގައި އިސްތިއުފާދިންކަމަށް ވާނީ!

    44
    3
  5. މެކް

    ދިވެހި އެއްވެސް ރައްޔިތަކު ނަސީދަކައް މާފެއްނުކުރާނެ.

    56
    4
  6. ރައްރިތުމީހާ

    ބަދަލު ހިފުމުގެގޮތުން އަނިޔާވެރި ވިސްނުން ގެންގުޅޭނަމަ ގައުމު ކުރިޔައް ނުދާނެކަމައް ނެލަސަން މަންޑޭލާ ވިދާޅުވެފަވޭ.

    43
    2
    • ވެރިން

      އެކަމކު މީނަ މީމިގައުމުގެ މަނޑޭލާ ޔޯ

  7. އެމްވިި

    އަމިއްލަ އައް ޅެމެއްވެސް ހަދާލަންނޭގުނުދޯ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
    ސަޅިބައިސާ އަކަށް

    38
    3
  8. ބޭރުމީހާ

    8 ފެބްރުއަރީގައި ނަޝީދުގެ އޯޑަރަށް އަންދާ ހުލިކޮށްލި ސަރުކާރުގެ ޢިމާރާތްރަކާއި ކޯޓުތަކާއި މީހުންގެ މުދާތަކަށް މާފުދެވޭނެތޯ؟

    21
    1
  9. ކެޔޮޅު

    މާދަމާ 8 ފެބްރުއަރީ އަކީ އެމްޑީޕީން ނަސީދުއިސްކޮއް ހުންނަވައިގެން މުޅިޤައުމުގަ ހުޅުޖެހިދުވަސް މައާފެއް ނުކުރެވޭނެ!!

    22
    1
  10. އާރު

    މި ގައުމަށް ނަޝީދުގެ ފަރާތުން ލިބުނު ގެއްލުމަކީ މަޢާފުކުރެވޭނެ ކަމެއް ނޫނެވެ.

    24
    1
  11. ސަފަރު ކައްދަގެ ތިއްތިބެ

    ނަޝީދަށް ސަލާމަށްފަހު ބުނަމެވެ.

    "ނުވާނޭ ހިއްތަވައި މިކަމެއް ސުވާލެއްވެސް ވެވެން ނެތުމުން,
    ޒުވާބު ޅެމުން ކުރައްވާފައި ރުވާ ދަނޑަކަށް ނުދުރުވައްޗޭ"

    16
    1
  12. ފާއިޒު

    މަޢާފު ކުރެވޭވަރެއް ނޫނެވެ.
    ނަމޫނާ ޑިމޮކްރަސީ ދައްކަން އައިސް ޚުދުމުޚުތާރު ވިއެވެ
    ޤާނޫނުން ބޭރުން ނުރުހޭ މީހުން ރަހީނުކުރުވިއެވެ.
    ދެ ރިސޯޓާއި ލެޕްޓޮޕަކުން ޤައުމެއް ނުހިންގުނެވެ.
    ބައިމީހުނަށް ގިނަބައި އެޅޭގޮތަށް ޔުޓިލިޓީ ކުންފުނިތައް ހެދިއެވެ.
    ސަރުކާރު ކުންފުނިތަކުގެ ބާރު ކަނޑުވާލިއެވެ.
    ބޮޑެތި ކުންފުނިތަކުން ދައުލަތަށް އޮތް ހިއްސާތައް ބޭރަށްވިއްކާލިއެވެ.
    ސިވިލްސާވިސް އުފެދި ވަގުތު އިތުރުކޮށް މުސާރަ ބޮޑު ކުރުމަށްފަހު ވަގުތު ކުޑަނުކޮށް މުސާރައުނިކުރިއެވެ.
    ސިފައިންނާ ފުލުހުންގެ މަސައްކަތް އޮޅުވާލިއެވެ.
    ޣައިރު ދީނުގެ ކަންކަން ފަތުރަން ފެށްޓިއެވެ.
    މަޢާފުކުރެވޭނީ ކިހިނެއްހެއްޔެވެ؟
    ވެރިކަމުން އަމިއްލައަށް ފައިބާ އެކަން އޮޅުވާލާން ވާހަކަ ދެއްކިއެވެ.
    މަޢާފެއް ނުކުރެވޭނެއެވެ.
    ވެރިކަމުން ފައިބާ މުޅިޤައުމަށް ޣައްދާރުވިއެވެ.
    ޤައުމު ފަނާކޮށްލުމަށް އެކި ތަންތާ އަލިފާންޖެހިއެވެ.

    19
    2
  13. މުފައްކިރު.

    ފެބްރުއަރީ އިންގިލާބުގެ ލީޑްރޯލް ކުޅުއްވި ކަމަށް އަޑުއަރާފައިވާ ޢިމްރާނު އެހުންނެވީ މިސަރުކާރުގެ ހޯމް މިނިސްޓަރ ކަމުގަ އެނޫނަސް ވެރިކަމަށް ބައިއަތު ހިފާ އެއްބާރުލުންދޭ މީހުން އެބަތިބި. އެމްޑީޕީ ބާރު ހިނގާ ވެރިކަމެއްގަ މިމީހުން އެތިބީ ކީއްވެތޯ؟ ހަސަދަވެރި ބަދަލެއް ހިފުމަށް ހިތުގަ ނިޔަތުގަ އޮތަސް ދައްކާ ވާހަކަ ދިމާނުވޭ. ބަދަލު މިހެފެނީ ވެރިކަން ދިގު މުއްދަތަކަށް ކަށަވަރު ކުރުމަށް. ފެބްރުއަރީ އިންގިލާބާ ގުޅިގެން އައި ހުޅުޖެހުމުގެ ޙާދިޘާ މިމަނކުފާނު ހިތަށް ނުގެނެވެނީ ކީއްވެތޯ؟ ގައިމު އެއީ ގައުމުގެ މަދަނީ ބަސްނޭހުމެއް. ގައުމަށް ލިބުނު ގެއްލުމެއް. މާލިއްޔަތަށް ބާރުބޮޑުވި ކަމެއް.

    3
    1
  14. ޗަކޮއެ

    ލަދުގެ ކަންފުޅެއްނެތަތީ މާފުނުކުރިޔަސްހެޔޮ. މިހާރުވެސް ވެރިކަމުގައި ތިޔަހުރެވެނީ ތިބުނާ ބާޣީންގެ ބާރުގައި. އެއިންލީޑަރަކކު އަތަކަށް ފޭވެލިޔަސް ވެއްޓުނީ.

    16
    2
  15. ގުއްބުއްދީން

    ބްރޯ. ކަލޭ އަދިވެސް ވެއްޓޭނެ.

    16
    2
  16. ސަންފައްތަ

    ވެރިކަމުގެ ފޮނިކަމާއި ލައްޒަތު އެނގުމަށްފަހު ވެރިކަން ގެއްލުނީމަ ކޮންމެ މީހަކުވެސް ދެރަވާނެ. ތިމާގެ ނުކުޅެދުންތެރިކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވާނެ. މާޒީ ފަހައި ދުވަން އުޅުމަކީ މުސްތަޤްބަލަށް އެޅޭނެ ހުރަހެއް.

    17
    3
  17. Anonymous

    އޭ ހޭބަލިވެގެން ތެޅޭ ކަލޭގެއާއެވެ. އަބަދާއަބަދު މިޤައުމު ފިތުނަކުރަން ކަލޭ ތިއުޅެނީ ހީއްވެގެން ހެއްޔެވެ. ހަމަ ކަމެއް ކުޑަކޮށް ހަނބދާންނެތޭއިރަށް ރައްޔިތުން ލޭކައްކުވަން ކޮންމެވެސް ނުތަނަވަސް ވާހަކައެއް ދައްކަނބް ފަށައެވެ. ބުންނަހެއްޔެވެ؟ ކަލެއަށް ރައްޔިތުން ހަމްދަރުދީވެ އަލުން ވެރިކަމަށް ގެނެސްދޭނެކަމަށް ތިކަލަ ހޮޅި ވާހަކަތައް ފަތުރާނެކަމެއް ނެތެވެ. ކަލޭގެ ފެނަވްރު މިހާރު އެންމެންނަށްވެސް

    4
    1
  18. އަބްދޫ

    2012 ފެބްރުއަރީ 6،7.8 މިތިންދުވަހުގެ ހާދިސާ އަކީ ނަސީދު ކުރިން ރާވާ ހިންގި ޖަރީމާތަކަކާ ގުޅިގެން ހިގި ހާދިސާއަކަށް ވާތީ ނަސީދު ގެ މައްޗަށް ސަރީއަތް ނުހިންގާ ދޫކޮށް ލެވެން އޮތް ކަމެއްނޫން. ސަބަބަކީ ، ނަންބަރު 1- ގާނޫނުއަސާސީ ގައިވާ ބާރުތައް ގަޑުބަޑުކޮށް އަތަށް ނެގިކަމަށް ލިއުއްވުން ނަންބަރު2- ގާނޫނުއަސާސީ ވަނީހުއްޓިފައި(ގާނޫނުއަސާސީއަށް އަމލުކުރުން ހުއްޓާލާފައި)ވާކަން އިއުލާން ކުރެއްވުން. ނަންބަރު3 ގާނޫނުއަސަސީއާއިގާނޫނާ ހިލާފަށް ފަނޑިޔާރަކު ރަހީން ކުރުމުން ގާނޫނުގެ އިމަށް ވަނުމަށް ކުރި އަދޭސްތަކަށް ބީރުކަންފަތެއްދިނުން. ނަންބަރު4 ފެބްރުއަރީ 6 ވަނަދުވަހުގެރޭ އާޓިފިސަލް ބީޗްގަ ތަޅާފޮޅުމާއި މާރާމާރީ ހިންގުމަށް ރާވާ ފުލުހުންނާ ސިފައިންނަށް ގައިރުގާނޫނީ އަމުރުކުރުން. ނަންބަރު 5 ފެބްރުއަރީ 7 ވަނަ ދުވަހު ތަޅާފޮޅުމަށް ބަޔަކު ގެސނެސް ޖުމްހޫރީ މައިދާނަށް ވެއްދުން. ނަންބަރު 6 ފެބްރުއަރީ 8 ވަނަ ދުވަހު ގައުމުގާ ފަސާދަ އިއުލާންކޮށް ފަސާދައިގެތެރެ ފޯނުންގުޅައިގެން ގައުމުގެ އެތަންމިތަނުގާ ރޯކުރުވުން. މިސަބަބު ތަކާހެދި ދައުވަކޮށް އަދަބުދެވެންޖެހޭނެ.

  19. ވެރިން

    ހަމަ މި ސުރުހީގަ 'މާފު ކުރާ ވަރެ އްނޫން'، 8 ފެބުރްވަރީގަ ކަލޭގެ އޯޑަރަށް މުޅިގަ އުމުގަ ހިންގި ކަންތަކުގެ ވާހަކަވެސް ލިޔެވިދާނެ.