ލޯބީގެ ގޮތުން ގުޅޭނީ އަމިއްލަ ނަފްސާ ކަމަށް ބުނި މަޝްހޫރު ފިލްމީ ތަރި އެމާ ވަޓްސަން އެންގޭޖްވެއްޖެ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އެ ފޮޓޯގައި އެމާ ފެންނަނީ ހެރީޕޮޓޯ ފިލްމުގެ ތަރިއެއް ކަމަށްވާ ލިއޯ ރޮބިންޓޮންއާއެކުއެވެ. މި ދެމީހުންގެ ފޮޓޯއަށް ގިނަ ބަޔެއްގެ ނަޒަރު ހުއްޓުނީ އެމާގެ ކަށި އިނގިލީގައި އެންގޭޖް ރިންގް އިނުމުންނެވެ.

އެގޮތުން އެމާ އާއި ލިއޯ އެންގޭޖްވެއްޖެ ކަމަށް ބޭރު ގިނަ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެެެ. ފޮޓޯގައި ފެންނަނީ އެމާ ސްކޫޓަަރެއް ދުއްވަމުން ދުއްވަމުން ދަނިކޮށް ފައި ފުރުޅާލައިގެން ވެއްޓެން ދަނިކޮށް ލިއޯ ހިފެހެއްޓި މަންޒަރެވެ. ނަމަވެސް މިއީ ދެމީހުން އެކުގައި ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެމާ އާއި ލޮއޯ ވަނީ ބްރިޓިން އިންވެސް އެއްކޮށް ފެނިފައެވެ. އަދި ކޮފީތަކަށް ގޮސް އުޅޭ މަންޒަރުވެސް މީސްމިޑިއާގައި މަދުން ނަމަވެސް ދައުރުވެފައިވެއެވެ.

އެމާ ސްކޫޓާ ދުއްވަމުން ދަނިކޮށް ފައި ފުރުޅާލައިގެން ވެއްޓެން ދަނިކޮށް ލިއޯ ހިފެހެއްޓާ ބައްދާލި މަންޒަރު - މީސްމީޑިއާ

ގިނަ ބަޔަކު ބުނާ ގޮތުގައި ދެމީހުން މެކްސިކޯއަށް އައިސް އުޅެނީ ކުރިއަށް އޮތް ލޯބިވެރިންގެ ދުވަހަށެވެ. އެނގިފައިވާ ގޮތުން އެމާ އާއި ލިއޯ އެކުގައި އުޅޭތާ ގާތްގަނޑަކަށް 18 މަސް ދުވަސް ވަނީ ވެފައެވެ. ނަމަވެސް އެ ދެމީހުން އެންގޭޖްކޮށްފާނެ ކަމަކަށް ހުދު އެމާވެސް މީގެ ކުރިން ގަބޫލުކޮށްފައެއް ނުވެއެވެ.

ނަމަވެސް އެންގޭޖްވީ ކަމެއް އެމާ އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެމާ ވަނީ މީހަކާ ރައްޓެހި ނުވެ، ހުސްހަށިބަޔަށް ހުރުން މާ ސަޅިކަމަށް ބުނެފައެވެ. ނަމަވެސް ލިއޯ އާއެކު ޑޭޓް ކުރަން ފެށުމުގެ ކުރިން ހެރީ ޕޮޓާ ފިލްމުގެ މައި އެއްތަރި ކަމުގައިވާ ޓޮމް ފެލްޓޮންއާ އެކުވެސް އުޅުނު ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވިފައިވެއެވެ. އެ ވާހަކަ ފެންމަތިވެފައިވަނީ ދެ މީހުން ނިދާ ހެދުމުގައި ތިބި ފޮޓޯއެއް މީސް މީޑިއާ އަށް ލުމާއެކުއެވެ. ނަމަވެސް ޓޮމް ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އޭނާ އެ ދުވަސްކޮޅު ހުރީ ހުސްކޮށް ކަމަށް ބުނެފައިވެއެވެ.

އެމާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިފައިވަނީ 2018 ވަނަ އަހަރެވެ. އެއީ ނިއުޔޯކްގެ ވިޔަފާރީވެރިއެއް ކަމަށްވާ ބްރެޑަން ވެލެސްއާއެވެ. އެމާ މިހާރު އެންގޭޖްވީ ކަމަށް ބުނާ ލިއޯގެވެސް އަމިއްލަ ކުންފުންޏެއް އޮވެއެވެ.

ލިއޯ އާއި އެމާއަކީ ވަރަށް ގުޅޭ ޖޯޑެއް ކަމަށް ބުނެ އެ ދެމީހުން އަވަސް ގޮތަކުން ކައިވެނި ކުރުމަށް އެތައް ހާސް ފޭނުން އަންނަނީ މީސްމީޑީއާގައި ގޮވާލަމުންނެވެ.