ކޮވިޑް-19 ޖެހިގެން ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އަމިއްލަ ދަތުރެއްގައި އެ ގައުމަށް ޗުއްޓީ ހޭދަކުރުމަށް ގޮސް ހުރި ދިވެހި ފިރިހެނެކެވެ. މި ބަލީގައި ނިޔާވެފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ ސީނިއާ ޓެކްނިކަލް އޮފިސަރު އަބްދުﷲ އިޔާދު އަހުމަދު 38، އެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެމީހާ ނިޔާވެފައި ވަނީ ކޮވިޑް-19 ޖެހިގެން ރޭ ފަތިހުއެވެ. އިޔާދު ދުބާއީ އަށް ދިޔައީ އޭނާގެ އަންހެނުންނާއި ރައްޓެއްސަކާ އެކުގައެވެ. އިޔާދު ނިޔާވީ ކޮވިޑް-19 ޖެހިގެން، ހާލު ސީރިއަސްވެ ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.

އޭނާ އަށް ކޮވިޑް-19 ޖެހިފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އިޔާދު އެޗްޑީސީއާ ގުޅުނީ މާޗު 19، 2017 ގައެވެ.

އެޗްޑީސީ އިން މިއަދު ވިދާޅުވީ ކޮވިޑް-19 ޖެހިގެން އިޔާދު ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އިޔާދަކީ އެޗްޑީސީގެ ޓީމުގައި ހިމެނޭ މުހިންމު ބައިވެރިއެއް ކަމަށް ވެސް އިޔާދުގެ ފޮޓޯއާ އެކު އެޗްޑީސީން ކުރި ޓުވީޓުގައިވެއެވެ.

ދުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ދާދި ފަހުން ވަނީ ދިވެއްސަކު ނިޔާވެފައެވެ. އިބްރާހިމް ހާމިދު، 52، ނިޔާވެގެން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު، އޭނާގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 16،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 54 މީހަކު ވަނީ ބަލި ޖެހިގެން ނިޔާވެފައެވެ.

ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ދުބާއީ އަށް ދަތުރުކުރެއެވެ. ދިވެހިން ޗުއްޓީ ހޭދަކުރުމަށާއި ވިޔާރި ކުރުމަށްދާ އެއް މަންޒިލަކީ ދުބާއީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަމަދު

    اناالله وانا اليه راجعون

    79
    1
  2. ދެމަރުބެ

    اناالله وانا اليه راجعون ހިތާމައިގެ ކޮޅެއް ނެތް! މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! އަދި ޢާއިލާއަށް ކެތްތެރި ކަން ދެއްވައި، މި ކޮމެންޓް ކިޔާފަރާތްތަކުގެ ހިތްތަކުގައި އީމާންކަން ގަދަކުރައްވާށި! =އާމީން=

  3. ޖ

    اناالله وانا اليه راجعون

  4. ވެރިފައި

    اناالله وانا اليه راجعون
    ދެދުވަސް ކުރީންނެއްނޫން. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވީ.

  5. އިބްރާހީމް

    اناالله وانا اليه راجعون