ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފަތުރަން މަސައްކަތް ކުރި ނިބުރުވެރި ބައެއްގެ އަތްދަށުން ސަލާމަތްކުރި 17 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
ތިމަރަފުށީ ކުޑަކުދިންގެ މެދުގައި ހަރުކަށި ފިކުރު ފެތުރި މައްސަލައާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރުގެ ފަހު ކޮޅު އެކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް ނަފްސާނީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖެންޑާ މިނިސްޓްރީއިން އެކުދިންނަށް ދޭނީ "ވިކްޓިމް ސްޕޯޓް" އެވެ. އެއީ ކަމެއްގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތް ކުރުމަށްޓަކައި އެކުދިނަށް ބޭނުންވާ އެހީތެރިކަމެވެ.
ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަން ހާމަކުރަމުން ފުލުހުން ވަނީ ކަންބޮޑުވާފަދަ އެތައް ވާހަކައެއް ހާމަކޮށްފައެވެ.
އެގޮތުން އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ގެންގޮސް އެ ފިކުރުގެ ތެރެއަށް ވައްދަން އެ ޖަމާއަތަށް ނިސްބަތްވާ މީހުން އެތައް މަސައްކަތެއް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ރަށުގައި ބިރުވެރިކަން އުފެދިފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ތިމަރަފުށީގައި ތިބި އައިއެސްއަށް ތާއީދުކުރާ މީހުން މަސައްކަތް ކުރީ އެ ފިކުރު ފަތުރައިގެން ނިރުބަވެރި އަމަލުތައް ހިންގުމަށެވެ. މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ އަށް ފަރާތެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އަދި އިތުރު ބަޔަކު މި މައްސަލައިގައި ހިމެނޭތީ އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ތިކަމެނުވާނެ އެހެން ނަމަ ނަސީދު ސީޕީހަމޭދު ހަޔަރު ކުރާނެ އިސްލާމް ދީނަ ފުރަސްސާ ކުރި ޖަމާއަތުގެ އިސް ދެވެރިންނަކީ ރައީސް ނަސީދު އާއި ސީޕީހަމީދު އަދި ކިތައް ފަހަރު ފާޅުގާ ނަސީދު އިސްލާމް ދީނަ ފުަރަސްސާރަކުރީ އެކަނމެނުބަލާނެ ބެލި މީހެގެ މަގާމް ގެލޭނެ ސަރުކާރުން ބޭނުން ވާގޮތައް ސައްރިޔަ ނުދަޏާ އެމީހަކު ވަކިކުރާނެ އަފި ރިސްފަތުދީގެން ބޭނުންވާގޮތައް ސަރިޔަ ނިމަނީ މީލާދީނީ ބައްއެކު އުޅޭ ސަރުކާރެއްމީ