ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ.

ރައީސް ވަހީދުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) އަވަހާރަވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު ނިޔާވީ އުމުރުން 92 އަހަރުގައި ކަމަށެވެ. އަދި އެއީ ކުއްލި މަރެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ބައްޕަ ވަނީ 50 އަހަރުވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ. އެގޮތުން އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރުގެ ޒިންމާދާރު އިސްމަގާމުތަކެއް ވަފާތެރިކަމާއި އިހުލާސްތެރިކަމާއި އެކު ފުއްރުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ބައްޕަ ހަަސަން އިބްރާހިމް މަނިކް (ހަނދުވަރު ހަސަން މަނިކް) މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ނިޔާވެފައި. ނިޔާވެފައިވަނީ ކުއްލި މަރަކުން އުމުރުން 92 އަހަރުގައި. ބައްޕައަކީ ވަފާތެރިކަމާއި 50 އަހަރުވަންދެން އަލްމަރުހޫމް ރައީސް ނާސިރާއި އެކު ސަރުކާރަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރެއްވި ބޭފުޅެއް. އެއީ ލޯބިވާ ބައްޕައެއް، ކާފައެއް، އަދި މުނި ކާފައެއް. ﷲ ބައްޕަގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށިއެވެ." ރައީސް ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެއްޔާ

    އަޖަލު ހަމަވީ އެވެ. ފުރާނަޔަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ. ޒުވާން އުމުރަށްފަހު މުސްކުޅި ކަން ވެއެވެ. ޒުވާން އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.

    35
    2
  2. ކްރޯޑް

    މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެތި ނިޢުމަތް މިންވަރު ކުރައްވާށި
    އާމީން.

    39
    3
  3. ޙަލީމް

    މާތްﷲ މަރުހޫމްގެ ފުރާނަފުޅައް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި....އާމީން

    41
    3
  4. އަލިބެ

    ރައީސް ވަޙީދުގެ ބައްޕައަށް ސުވަރުގޭގެ ފިރްދައުސް މިންވަރުކުރައްވާށި! ރައީސް ވަޙީދުގެ ބައްޕާފުޅަކީ ރ.އިނގުރައިދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންކަމުން ލިޔުންތަކުގައި އިނގުރައިދޫގެ ނަން ގެނައުމަކީ ރައީސް ވަޙީދަށް ލިބޭނެ އުނިކަމެއް ނޫނެވެ. އަދި އެއީ އިނގުރައިދޫ ގެ ބޭފުޅުންނަށް ލިބޭނެ ޝަރަފެއްކަމަށް ދެކެވެ.

    13
    4
  5. ނާފިޒު

    މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެތި ނިޢުމަތް މިންވަރު ކުރައްވާށި
    އާމީން