ކޮވިޑް-19 ގެ ބަލިމަޑުކަން އޮތުމުން އާ އާންމު ހާލަތާ އެއްގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާނެ ގޮތުގެ ގައިޑްލައިން އޮތް ގޮތުގެ ސަބަބުން ހަމަހަމަ ފުރުސަތު ނުލިބޭ ކަން ގަބޫލު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބުގެ މަޝްވަރާއަށް އެކުލަވާފައި އޮންނަ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އަލީ ނިޔާޒު ވިދާޅުވީ ގައިޑްލައިން މިހާރު އޮތް ގޮތުން ވެރިކަން ކުރާ ޕާޓީއަށް އިތުރު ފުރުސަތުތަކެއް ލިބޭ ގޮތަށް މާނަ ކުރެވޭ ގޮތަށް އޮތް ކަމަށެވެ. އެހެންކަމުން ކެމްޕޭން ކުރުމުގެ ހަމަަހަމަ ފުރުސަތު ނުލިބޭ ކަން ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ގައިޑްލައިން އޮތް ގޮތުން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް އަޅުގަނޑުމެން [އެމްޑީޕީން] ގަބޫލު ކުރަން، މިހާރު ގައިޑްލައިން އޮތް ގޮތުން ވެރިކަން ކުރާ ޕާޓީއަށް ފުރުސަތު އޮތް ކަމަށް މާނަ ނެގޭ ގޮތެއް އެބަ އޮތް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސްޓޭންޑްއަކީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމެވެ. އެހެންކަމުން އެކަމަށްޓަކައި ޚަރަދު އިތުރުވާ ނަމަ އެ މަރުހަލާ އަވަސް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ފިނޭންސް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހާ މަޝްވަރާކޮށް އަވަސްކޮށް އެ އިންތިޒާމުތައް ވީ އެންމެ އަވަހަކަށް ހަމަޖައްސަން އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދެނީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށް،" އިންތިޚާބު ބޭއްވުމަށް ކުރިމަތިވި ބައެއް ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ އިސްލާހު ހުށަހެޅުއްވި މެންބަރު އަލީ ނިޔާޒު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމުން އެޗްޕީއޭއިން ނެރެފައިވާ އާންމު ގައިޑްލައިން އޮތް ގޮތުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް އެ ދެ ޕާޓީ ހިމެނޭ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއީ އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން ސަރުކާރުގެ އިސް މަގާމުތަކުގެ ބޭފުޅުންނަށް ސަރުކާރުގެ ރަސްމިއްޔާތުތައް ބާއްވަން ކަމަށް ބުނެ ދަތުރު ކުރެވޭތީއެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދައްކަވާފައިވެއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ވާދަވެރި ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ނުލިބެއްޖެނަމަ އެފަދަ ފުރުސަތެއް އެމަނިކުފާނު ވެސް އަދި އެމްޑީޕީއިން ވެސް ބޭނުން ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާލޭމިހާ

    އިދިކ ކޮޅަށް ބަލިޖައްސާފަތަ މޮޅުވާނީ. ކުރިން ގޮވި ވިވެއްގެއްމީ މަޖުލިސްތެރޭގައި. އެމްްީޕީ މީހުން އެ ކަނި ވޯޓްލެވޭގޮތް ހަދާ ޔަގީންވާނެ

    25
    6
  2. ހ

    ހަގީގަތް ގަބޫލުކުރެއް ވީތީ ޝުކުރިއްޔާ

    33
    1
  3. ނަައީމް

    މުނާފިގުންގެ ސިފަ އެގޭތަ ހަމައެހެން އެހަދަނީ މިބުނީ އައްނި އަކީ މުނާފިގޭނޫން ކަންކުރާނީ ބުނާބަހާ ސީދާދާ އިދިކޮޅައް މީނާގެ ކޮންބާރެއް ނެތޭ ކޮބާ އެއްކަލަކަރާ އެވެސް ކުނިވެ ނެތިއްޖެ ކިހާފުއްޕި އމީހުނައްސިޔާސީކެރިޔަވެސް އެފޮހެވުނީ އައްނިގެ ޖލަުހުކުން އައްނަގޮތްބަލަންތިބޭ ފިލްމުނިމޭނީ ކިހިނެއް ................

    16
    2
  4. ޚުދުމުހުތާރު އައްޕަ

    މި ގައުމުގައި ރައްޔިތުންނަށް އޮޅުވާލަން އިންތިޚާބުބާއްވަން ތިމަންނަ މެން ނުކުރާކަމެއްނެތޭ ކިޔާފައި މަތި އޮމާންކޮށް ،މާ ޑިމޮކްރަސީ ވެފައި ،ތި އިންތިޚާބު ނުބޭއްވުނީ އެޗް.ޕީ.އޭ އިން ހުއްދަ ދޭ ގޮތަށް އެކަން ކުރެވެން ނެތިގެންކަމަށްހަދަން ބަޔަކު ރާވާ ރޭވުން ވެސް ބޮލެއް ހުރިމީހކަށް އިގޭނެ. ލަދު ހަޔާތެއް ހުރި ނަމަ މިހާ ގިނަދުވަސްވަންދެން ތިމާމެންގެ ޕާޓީ މެޖޯރތިޓީ އޮތީތީ ކައުންސިލަރުން ނުބައިތިއްބައި ،އިންތިޚާބު އޮންނާނީ ބާއްވާފައި.މި އަހަރުވެސް ތި ނުބާއްވާނެ؟؟