އަހުމަދު އިޔާދު 38، މިދިޔަ މަހުގެ ތެރޭގައި ޗުއްޓީ އަށް ދުބާއީ އަށް ފުރީ އަންހެނުންނާ ރައްޓެއްސަކާ އެކުގައެވެ. އިޔާދުގެ ދުބާއީ ދަތުރު، ޗުއްޓީ ދަތުރަކަށް ހަދާލީ އޭނާއާ އެކު ކިޔަވަން އުޅުނު ރަހުމަތްތެރިއެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ލިބުނު ދައުވަތަކާ ގުޅިގެންނެވެ. އެކަމަކު، އިޔާދުގެ ޗުއްޓީ ދަތުރު ދިމާވީ، އޭނާ ހީކުރި ގޮތާ ހިލާފަށެވެ. އިޔާދު ވަކިވިގެން ދިޔައީ، އަންހެނުން ދުވަހަކު ވެސް ހިތަށް އަރާފާނެ ގޮތަކަށް ނޫނެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ ސީނިއާ ޓެކްނިކަލް އޮފިސަރު އިޔާދު ދުބާއީ އަށް ފުރީ މިދިޔަ ޖެނުއަރީ މަހުއެވެ. އޭނާ އަށް ކޮވިޑް-19 ޖެހުނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ނިޔާވީ ކޮވިޑް-19 ޖެހިގެން، ހާލު ސީރިއަސްވެ ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދެނިކޮށެވެ.
އިޔާދުގެ ގާތް މީހަކު "ވަގުތަށް" ކިޔައި ދިން ގޮތުގައި، އިޔާދު ކޮވިޑް-19 އަށް ފައްސިވީ، ދުބާގައި ހުރި ރައްޓެއްސަކާ އެކީގައި ޝީޝާ ބޯން ދިޔަ ދުވަހަށް ފަހުއެވެ. އެ ރެއަށް ފަހު، އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިޔާދުގެ ރައްޓެއްސެކެވެ. އެމީހާ ފައްސިވުމާ ގުޅިގެން އިޔާދު ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފައެވެ. އަދި އިޔާދު ފައްސިވި ކަން އެނގުނީ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ.
އެމީހާ ކޮވިޑް-19 އަށް ފައްސިވެގެން، މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކަމަކު، ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވީ އިޔާދެވެ.
"ދެ މީހުން ޝީޝާ ބޯ ތަނަކަށް ގޮސް އުޅެނިކޮށް، އެ ތަނުން ބަލި ޖެހުނީ ކަމަށް ބެލެވެނީ. އޭގެ ފަހުން އިޔާދުގެ ރައްޓެހި މީހާ ކޮވިޑް-19 އަށް ފައްސިވިތާ މާ ގިނަ ދުވަސް ނުވަނީސް އިޔާދަށް ވެސް ބަލި ޖެހުނީ،" އެމީހާ ކިޔައި ދިނެވެ.
އޭނާ ބުނީ އިޔާދު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އިންތިޒާރުކޮށްގެން ހުރީ ބަލިން ސަލާމަތްވެގެން ރާއްޖެ އާދެވޭނެ ދުވަހަކަށް ކަމަށެވެ. އެކަމަކު، ދުވަހެއް ދުވަހަކަށް އޭނާގެ ހާލު ދެރަވާން ފަށައި، އެންމެ ފަހުން ނޭވާލާން އުނދަގޫވާ ހިސާބަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.
"ޕޮޒިޓިވްވި އިރު އާދައިގެ އަލާމާތްތަކެއް ހުރީ. ސީރިއަސް ކަމެއް ފާހަގަ އެއް ނުކުރެވޭ އިޔާދުގެ ފަރާތުން. އެކަމަކު، ދުވަހެއް ދުވަހަކަށް ދިޔައީ ބަލި ބޮޑުވަމުން. ހުން އައުމާއި އިތުރު އަލާމާތްތައް ފެންނަން ފެށި. އޭރު ވެސް އޭނާ ވަރަށް ހިތްވަރު ކުރި. އެންމެ ފަހުން ހޮސްޕިޓަލަށް ދާން އުޅުނީ ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވެ ހާސްވާ ގޮތް ވުމުން،" އިޔާދުގެ ގާތް މީހަކު ކިޔައި ދިނެވެ.
އިޔާދުގެ ހާލު ބޮޑުވުމުން އޭނާ ވަނީ ދުބާއީގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައެވެ.
ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން އެނގުނު ގޮތުން އިޔާދުގެ ކިޑްނީ އާއި ފުއްޕާމެއަށް ވަނީ ބޮޑެތި އަސަރުތަކެއްކޮށްފައެވެ. އެކަމަކު، އިޔާދުގެ ގާތް އެކުވެރިޔާ ބުނި ގޮތުގައި، އިޔާދަކީ މީގެކުރިން ސިއްހީ މައްސަލައެއް ދިމާވެފައި ނުވާ "ފުރިހަމަ ސިއްހަތެއްގައި" ހުރި ޒުވާނެކެވެ.
ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ވަރަކަށް، އިޔާދުގެ ހާލު ދިޔައީ ބޮޑުވަމުންނެވެ. އެގޮތުން ހާލު ބޮޑުވެގެން އައިސީޔޫ އަށް ބަދަލު ކުރިއެވެ. އަދި ފުއްޕާމޭގެ ހާލަތު ރަނގަޅުނުވުމުގެ ސަބަބުން މެޝިންގައި އެހީގައި ފަރުވާ ދިނުމަށް ވެންޓިލޭޓަރަށް އިޔާދު ލިއެވެ.
އެކަމަކު، އިޔާދުގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށަށެވެ. އެންމެ ފަހުން އޭނާ ނިޔާވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.
ރާއްޖޭގެ ކްރިކެޓު ދަނޑުގައި ފާހަގަކޮށްލެވޭ އިޔާދު އެޗްޑީސީއާ ގުޅުނީ 2017 ވަނަ އަހަރުއެވެ.
އެޗްޑީސީ އިން މިއަދު ވިދާޅުވީ ކޮވިޑް-19 ޖެހިގެން އިޔާދު ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އިޔާދަކީ އެޗްޑީސީގެ ޓީމުގައި ހިމެނޭ މުހިންމު ބައިވެރިއެއް ކަމަށް ވެސް އިޔާދުގެ ފޮޓޯއާ އެކު އެޗްޑީސީން ކުރި ޓުވީޓުގައިވެއެވެ.
ދުބާއީ ހޮސްޕިޓަލުން މަރުވި ސަބަބަކަށް އޮތީ "ސެޕްޓިކް ޝޮކް" ކަމަށް އާއިލާ އިން ބުނާ އިރު، އެ ވައްތަރުގެ ޝޮކަކީ އިންފެކްޝަނެއް ލޭގެ ތެރެއަށް ފޭދި މީހާ ސީރިއަސްކޮށްލުމަށް ދިމާވާ ވަރަށް ނުރައްކާތެރި ހާލަތެކެވެ. ކޮވިޑް-19 ޖެހޭ ގިނަ މީހުން މަރުވަނީ މި ހާލަތް ދިމާވެގެންނެވެ.
އިޔާދުގެ ޖަނާޒާގައި ބައިވެރިވުމަށް އޭނާގެ އާއިލާގެ ބައެއް މެމްބަރުން ވަނީ ދުބާއީ އަށް ފުރައިފައެވެ.
ޔާﷲ އިޔާދު އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! ކަށްވަޅު އަލިކުރައްވާށި!
ސިނގިރޭޓް ބުއިން ހުއްޓާލަންވެއްޖެ. ދުންފަތުގެ ބާވަތުން ދުރުވާންވެއްޖެ.
rangalhu vaahakaeh ekamakuku cigarette ah thure dhivehin sugar beynunkuraavaru ma nurahkaatheri.
މާތްﷲ މަރްޙޫމުގެ ފާފަ ފު އްސަވަ އި ސުވަރުގޭގެ ދާ އިމީ ނިޢުމަތް މިންވަރު ކުރަ އްވަ އި، ޢާ އިލާ އަށް ކެތްތެރިކަން މިންވަރު ކުރަ އްވާށި. އާމީން
انا لله وانا اليه راجعون
މަރްހޫމް ގެ ފުރާނަފުޅައް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުންއެދި މާތްﷲ ހަޒުރަތުގައި ދުޢާ ދަންންވަން. އާމީން.
انا لله وانا اليه راجعون
މަރްހޫމް ގެ ފުރާނަފުޅައް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުންއެދި މާތްﷲ ހަޒުރަތުގައި ދުޢާ ދަންންވަން. އާމީން.
ގިނަ މީހުންނަށް ޕެންޑަމިކެއް އުޅޭ ކަމެއް އިހްސާސް ވެސް ނުވަނީއެވެ
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
يااَللّٰهُ , މައްޔިތާ ކައްވަޅުގެ އަޒާބުން ޢަފޫ ކުރައްވާނދޭވެ.
މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގޭ ގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށި! ! آمیـــــــــــــن🤲
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
يااَللّٰهُ , މައްޔިތާ ކައްވަޅުގެ އަޒާބުން ޢަފޫ ކުރައްވާނދޭވެ.
މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގޭ ގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށި! ! آمیـــــــــــــن🤲
ޔާﷲ އިޔާދު އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި ކަށްވަޅު އަލިކުރައްވާށި އާމީން
ކޮވިޑް އަކީ ނެތް ބައްޔެކޭ، މީހުން ބިރުގަންނަވަން ދައްކާ ވާހަކަ އެކޭ ކިޔާ މީހުނަށް އެއްޗެއް ވިސްނޭނެ ކަމަށް އުންމީދު ކުރަން