ރާއްޖޭގެ ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ބާރުގަދަ ތޫފާނެއް އުފެދިއްޖެއެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން ފަރަޖީ އެވެ.

ތޫފާން އުފެދިފައިވަނީ 5 ފެބްރުއަރީގައި ހުޅަނގު ދެކުނު އިންޑިއާ ކަނޑުގައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވީ، މި ތޫފާން ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ކަމުން ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލޭވޭ ކަމަށެވެ.

މި ތޫފާނަކީ ރާއްޖެއާއި ގާތްގަނޑަކަށް 1،700 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ތޫފާނެއް ކަމަށް މެޓްގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި މި ތޫފާން ދަތުރު ކުރަމުން ދަނީ އިރުމައްޗަށް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުން ތޫފާނެއް އުފެދިފައިވާއިރު، މީގެ ދެމަހެއް ހާ ދުވަސް ކުރިން ލަންކާގެ ސަރަހައްދުން އުފެދިގެން އައި ތޫފާން ބުރެވިގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށް ވަނީ ކޮށްފައެވެ.