ކޮވިޑް-19 ޖެހިގެން 60 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 60 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރުއެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި 55 ވަނަ މީހާއެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ނިޔާވީ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި ގިނަ މީހުންނަކީ ވެސް ފިރިހެނުންނެވެ.

މިއީ ކޮވިޑް-19 ބަލީގައި މި އަހަރު ތެރޭގައި ރާއްޖެއިން ނިޔާވި ހަތް ވަނަ މީހާއެވެ. ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި އަށް ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ހުރީ 100 އަށް ވުރެ މަތީގައެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ 200 އަށް ވުރެ މައްޗަށް އަރައިފިއެވެ. މިއީ އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ ފުރަތަމަ ފަހަރެވެ.

ޖެނުއަރީ މަހުން ފެށިގެން ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށިފަހުން، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 16،000 އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒައިކް

    ކޮވިޑްގެ ނުރައްކާތެރި ސްޓްރެއިންއެއް އެބައުޅޭ.. އެޗް.ޕީ.އޭ.އިން ތަންކޮޅެއް ޑީޓެއިލްކޮށް ކިޔައިދީބަލަ ހަޤީޤަތް ހަމައެކަނި ނިއު ސްރެއިންއެކޭ ބުނެ ނިންމާ ނުލައި.. ފަތުރުވެރިން ނައިސްދާނެތީ އަންނި ބޭ ދެކެ ބިރަށް ނޫޅެން ގޮވާލަން..

    17
    2
  2. މުޑޭ

    ކޮވިޑް ނުރައްކާތެރި ބައެއް ނޫނެވެ އާއްމުކޮއް މީހުންނައް މިޖެހޭއަރިދަފުސް ރޯގާއެވެ. މިކަމުގެ ހެއްކަކީ ތިކިޔާ ނުައްކާތެރި މަރުބަލި ކޮވިޑް19 ޕްސިޓިވި 14 މީހުންތިބި ދޯއްނެއް 21 ދުވަސްވަންދެން ވިލިމާލެފަޅުތެރޭ އޮތެވެ. އެ14 މީހުންނައް ފައްސިވެގެން އެޗް ފީއޭއިން ކުރިހާވެސް ކަމަކީ އެމީހުން ކަރަންޓީން ކުރީއެވެ . އެގުޅުން ފިޔަވާ އިތުރު އެއްވެސް ގުޅުމެތް ނެތެވެ. އެވެސް ވައްތަރެއްގެ ބޭހެއް ނުދެއެވެ .އެހެން ދޯނީގައި ތިބެރަގަޅުވިއެވެ. 14 ދުވަސް ނިމުން ދޯނީގެ ފަޅުވެރިން ކަރަންޓީނުން ވީއްލުމައް ގިނައަދަދަކައް އެޗް ޕީއޭ ގުޅައިގެން ސާންފަލް ނަގައިގެން ގޮސް ނަތީޖާ ޕްސިޓިވް ނުވާކަމައް ބުނިއެވެ . ކަރަންޓީނުން ދޫކޮއްލިއެވެ.މީ އެކިޔާ ނުރައްކާތެރި ބަލި ކޮވިޑް19 އައް ފަރުވާ ދިންގޮތެވެ . ރައްޔަތުންނޭ ނުރައްކާތެރި ބަލިޖެހުނީމަ ބޭސްފަރުވާއަކައް ނުގޮހެއް ސަލާމަތެއް ނުވެވޭނެއެވެ .

  3. ބަކަރި

    މި ސަރުކާރު އައިފަހުން މީހުން މަރުވަނީ އާދަޔާ ހިލާފަށް ގިނައިން.... ކޮވިޑު ޖެހެނީ. މޫދުން ގެނބެނީ.. ނެތެއްނު ސަލާމަތެއް .... ދެން އަންނަ ސަރުކާރަކަށް އަޅުގަނޑުމެން ޒުވާނުން ދަންނަވަން ކޮމިޝަނެއް ހަދައިގެން މި ހުރިހާ ކަމެއް ތަހުގީގު ކުރަން..

  4. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރުގެ އައްޕަ

    ސަރުކާރުން ހާއްސަ ހުއްދަ ދީގެން ބަލި ފަތުރަނީ