އެމްޑީޕީއިން އިއްތިހާދުވެފައިވާ ކޯލިޝަންގައި ހިމެނޭ ސިޔާސީ ބައިވެރިން މީގެ ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރި ކަންކަން ހަނދުމަފުޅުން ފިލައިގެން ނުދާނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ގެ ގޮތުގައެވެ. އެކަމަކު އެ މައްސަލަ ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ދުވަހު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށެވެ. އެ ކޮމިޝަނުގައި ނަޝީދުގެ މަންދޫބަކާއި ބޭރުގެ ފަރާތްތައް ވެސް ހިމެނިއެވެ.

އެ ދުވަހުގެ އިދިކޮޅު ހަރަކާތްތަކުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ އެމްޑީޕީ އިސްވެ އޮތް މި ސަރުކާރު ކޯލިޝަންގެ ބައިވެރިންނާއި އިސް ލީޑަރުންނެވެ. އޭގެ ތެރޭގައި އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހިމެނެއެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި ތިއްބަވާ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވެސް ހުންނެވީ އެ ދުވަހުގެ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައެވެ.

ހަތެއް ފެބްރުއަރީގައި ރައީސް މުހައްމަދު ނަޝީދު: ފޮޓޯ / ސަން

"ސަންގު ޓީވީ" އަށް ރައީސް ނަޝީދު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، މީގެ ކުރީގައި އެމްޑީޕީއާ އިދިކޮޅަށް ހަރަކާތްތައް ހިންގި ފަރާތްތަކެއް ކަމަށް ވިޔަސް މިއަދާއި މުސްތަގުބަލުގައި ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން މަސައްކަތް ކުރުން ހުއްޓުމަކަށް އޮތް ހުއްޖަތެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެ ކަން ގޮތަށް ފާހަގަކުރެއްވުމަށް ފަހު، ނަޝީދު ދެން ވިދާޅުވީ "އަޅުގަނޑު ސާފުކޮށް މި ދަންނަވާ ނުކުތާއަކީ އެ ދުވަހު މިއަދު އަޅުގަނޑުމެންގެ މިއަދު ސިޔާސީ ބައިވެރިން ކުރި ކަންކަމަކީ އަޅުގަނޑުމެންގެ ހިތުން ހަނދާން ނެތިގެން ދާނެ ކަންކަމެއް ނޫން،" ކަމަށެވެ. އަދި އެމަނިކުފާނުގެ އުއްމީދަކީ އެ ދުވަހު އެ ބޭފުޅުންނަށް ކުރެވުނު ކަންކަމަކީ "ނުރަނގަޅު" ކަންކަން ކަމުގައި އަމިއްލައަށް ގަބޫލު ކުރެވި އެ ގޮތަށް ހާމަ ކުރުން ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަތުން އެ ކަންކަން ހިނގައިިދިޔަ ގޮތަކީ ކޮބައި ކަމާއި އެ ކަންކަމަކީ ނުރަނގަޅުކޮށް ކުރެވިފައި ހުރި ކަންކަން ކަމުގަ ކަނޑައެޅިގެން އެ ބޭފުޅުން ވެސް އެ ގޮތަށް ދެކެވަޑައިގަތުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ދުވަހު އެ ހިންގި އަމަލުތަކުގެ ސަބަބުން ގައުމަށް ކުރިމަތިވި "ކިލަނބުކަން" އަދިވެސް ފިލައިގެން ނުދާ ކަމަށެވެ. މި ގޮތުން 2013 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހިނގި "ގަޑުބަޑު" ތަކާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަސް އަހަރުގެ ރިޔާސީ ދައުރުގެ މުއްދަތު ހަމަވެގެން ދިޔަ ފަހުން ވެސް އިންތިޚާބު ނުބޭއްވި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާނުކުރެވުނު ކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު މި ކަން ސިފަކުރެއްވީ "އިންތިޚާބު ވަގަށް ނަގައިގެން ދިއުން" ކަމުގައެވެ.

އެމްޑީޕީގެ އާންމު މެންބަރުންނަށް ރައީސް ނަޝީދު ދޭން ބޭނުންފުޅުވި މެސެޖަކީ އެމަނިކުފާނު އެ ދުވަހު ހިނގި ކަންކަމުގެ ވާހަކަ ދެއްކުން ހުއްޓާ ނުލައްވާނެ ކަމުގައެވެ. އަދި އެމްޑީޕީއިން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ނުނިންމާނެ ކަމުގައެވެ. ފެބްރުއަރީ 7، 2012 ގައި ހިނގި ކަންކަމަކީ ތަހުގީގު ކުރެވެން ޖެހޭ ކަންކަން ކަމަށާއި އެއީ ވަކި ބޭފުޅަކަށް އަމާޒުވެގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖަނާޒާ

  ހުއްހުއްހުއްހުއް ! ދެން ކީކޭ ބުނަންއޮތީ.! ބައްލަވާ މަނިކުފާނު ، އިމުރާނު ، ގާސިމު ހުއްހުއްހުއްހުއް، ނުކުރާނެ ތިޔަކަމެއް. އިގޭތޯ .ނުވެސްކުރައްވާނެ ، މާޢާފު، މަޢާއާއާފް ، ކިޔަން ވެސް ނުދަންނާނެ އެމީހުން. ދެން ވެސް ހީވަނީ ލަގާއެއްދޭނީ. މިބުނީ ދިނިއްޔާ ، އެއީ ލަގާއެއްތޯ އަނެއްކާވެސް ޖެހޭނީ ކޮންމެވެސް ކޯނީއަކުން ކަންނޭންގެ ބަލަން.

 2. މުފައްކިރު.

  ޕާޓީ ކުދިން ކޮޅަށްވެސް މިހާރު އެގޭ. މީނައަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫންކަން.

  10
 3. ބޯގޯސް

  މީހަކު ދެން މޮޔަވާނީ މިވަރަކަ އް ތިހަމަ ފަ އްކާ ތެޔޮދޯރި އެއ އް ލޮލް

 4. ނަންރީތި ހުސޭނު

  ގަ އުމެ އްގެ ވެރިޔަކަ އް ހުރެ މި އަދު އަދި މި އަދާ ގުޅުވަ އިގެން ދޮގު އިލްޒާމް އަޅުވަ އިގެން ގަ އުމަށާ އަދި ގަ އުމުގެ ރަ އްޔިތުންނަ އް ރޭވިގެން ދިން ބޮޑު އަނިޔާ ދުވަހަކުވެސް މާފްނުކެރޭވެ. އަދި ކޮންމެސް ދުވަހަކުން މީގެ ބަދަލުވެސް ހިފާނަން.

 5. ޙޮސޭ

  ޖެހިގެން އައިދުވަހު އައްޑޫ ރޯކޮއްލީ ކޮންބަޔެއް.
  ޢެހަނދާންވެސް ފިލައިގެން ނުދާނެ.

  10
 6. ކާފަބޭ2020

  މިއަދުގެބައިވެރިންނޭފަޅޮލޭކިޔާނެކަމެއްނެތް !ލަދުހަޔާތުގެކަންފުޅެއްވެސްހުރިނަމަ ތިޔަވާހަކައެއްނުދައްކާނެ! ސަބަބަކީ ތިޔަބުނާބަޣާވާތުގެއިސްމޭސްތިރިންގެ އެހީގަތިޔަމީހާ ތިޔަމަޤާމާހަމައަށްތިއާދެވުނީ ދެންކޮންފަޅޮލެކޭކިޔާކަށްތޯ؟ ކޮޅަށްތިޔަހުރެވެނީ އެބަޣާވާތްތެރިންއަސާގަނޑުވިއްދައިގެން ތިބޭތިކަން ނޭންގުމަކީ ތިޔަދައްކާވާހަކަދެކޮޅުނުޖެހޭތާ މެދުވެސްނުޖެހޭކަމުގެހެއްކެއްނޫންތޯ؟

 7. ސަންގޯރު

  ހަމަ ހޭވރިކަން ވެގެން ފެބްރުއަރި 8ވަނަ ދުވަހު ދިވެހި ގައުމަށް ކަލެޔާ ކަލޭގެ ބައިވެރިން ދިން ގެއްލުން ދުވަހަކުވެސް އިއާދަ ނުކުރެވޭނެ. މޮޅުވާހަކަ ނުދައްކާ. ތިޔައީ އެއްވެސް މީހެއްނޫން. ހުސްއަނގަތަޅުވާ ފިތުނަ އުފައްދާ ގައްދާރު އާއިލާއަށް ނިސްބަތްވާ މީހެއް. ހުޅަނގުގެ އެޖެންޓެއް.

 8. ަްއަހުމަދު

  އެކަމު ހިތުގަ އެއްޗެއް ނެތް ދޯ