އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕްރޮގްރެސިވް ޕާޓީ (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަން ހަމަޖެހިފަައި ވަނީ 16:00 އަށް ކަމަށް ވާއިރު އޭނާ ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ. އެހެން ނަމަވެސް އޭނާ ފުލުހަށް ހާޒިރު ކުރަނީ މީގެ ކުރިން މުޒާހަރާއަކުން އޭނާ ހައްޔަރު ކުރި މައްސަލަ އާއި ގުޅިގެން ސުވާލުކުރުމަށް ކަމަށް ބެލެވޭ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

ފާއިތުވި ދުވަސްތަކުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިލްސިލާއެއްވުންތަކެއް ބާއްވަމުންނެވެ. އޭގެ ތެރެއިން މާލޭގައި ބޭއްވި އެއްވުންތަކުގެ ތެރެއިން އަބްދުއްރަހީމް ހައްޔަރުކޮށް ދޫނިދޫ އަށް ވެސް ގެންދިޔައެވެ. އެހެން ނަމަވެސް ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ވަނީ އޭނާ ބަންދުގައި ނުބަހައްޓާ ވަނީ ދޫކޮށްލާފައެވެ.

މިވަގުތު ވެސް އަބްދުއްރަހީމްގެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެ މައްސަލައަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާގެ މައްސަލައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ބާއްވާފައެވެ.

އަދުރޭގެ މައްޗަށް މި ދައުވާ އުފުލީ، ނޮވެމްބަރު 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން އަޑުގަދަ ކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށް ހަޑި ހުތުރު ބަހެއް ބޭނުން ކުރެއްވުމުންނެވެ. އެކަމަކު އަބްދުއްރަހީމް ވަނީ އެކަން ދޮގު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާހު

    އަދްރޭވީމަތަ އަކުރުން އަކުރަށް ކަންކަން ބަލައި ފުލުހަށް ހާޒިރުކުރަން މިޖެހެނީ.މުޙައްމަދު ނަޝީދު ފުލުހުން މޫނަށް ކުޅުޖަހައި އެކްޓިވިސްޓުން ލައްވާ ފުލުހުން ގެ ޝީލްޑްމައްޗަށް ފުންމައިގެންގޮސް ކޮޅުފައިޖަހައި މާލެ ތެރޭ ތަންތަން ރޯކުރުމަށް ހިްތްތްވަރުދިން ދިނުން ނުބެލިގެން އުޅެނީ ކީއްވެ.މިމީހުން އަނަގައިން ބުނީ ސިޔާސީ މީހުން ފަހައި ނުދުވާނެ ކަމަށް. ވެރިކަން ހޯދުމަށް އެމްޑިޕީ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކާފާނެ ކަން މިހާރު ރައްޔިތުންނަށް އެނގިސާބިތުވެއްޖެ.މިހާރު އެއުޅެނީ އިންތިޚާބް ކައިރިވުމުން އިދިކޮޅު ތިބި ހުރިހާމީހުން ޖަލަށް ލުމަށް. މިމީހުން ކުރި ކަންތަކާމެދު ވެސް ޝަރީޢަތް ކުރެވޭނެ ދުވަހެއް އަންނާނެކަން ދަންނާތި.

  2. ޢަފޫރު

    ހަޑިހުރު ބަހަކީ ކޮބާ

  3. ދޮން އައްލާ

    ގިނަ ގުނައިން ހާޒިރު ކުރުމުގެ ބަދަލުގައި އެއްބުރުން ޓިނު ޖެހޭތޯ ބަލާ ބަލަ