މިއަހަރުގެ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަ ޖެހިއްޖެއެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 26 އިން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރާއި ގުޅިގެން ބާއްވާ މިޑައިލޮގްގައި މިނިސްޓަރ ބައިވެރވެވަޑައިގަންނަނީ އިންޑިއާ ސަރުކާރުން ދެއްވި ދައުވަތަކަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 އަށްފަހު ބައިނަލްއަޤްވާމީ ވިޔަފާރިއާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި މިއަހަރު ބާއްވާ މި ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނީ ވަރޗުއަލް ކޮށް ކަމަށެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރާއި، މި ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި މާލީ އަދި އިޤްތިޞާދީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ 5 ވަނަ ފަހަރެވެ. އިންޑިއާގެ ޚާރިޖިއްޔާއާއި ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗްކުރި ތިންކް ޓޭންކެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވަރަށް ވިސްނުންފުޅު ތޫނު ބުއްދި ވެރިޔެއް

    1
    2
  2. ޖަނާޒާ

    އެއްކަލަ ހިބަރު ވަދުން ވޯޓް ހޯދާ ކަލޭގެ ، ތިޔަކަން ނުވާނެ އޭނަޔަކަށް

  3. ހަޑިމިލޭރު

    ތިޔަ ފޯރަމްގަވެސް ދައްކާނެ ވާހަކައަކަށް އޮންނާނީ ރައީސް ޔާމީން ހައްދަވާފައިވާ އގްތިސަދީ ސިޔާސަތު. ޕްލޭންއެއްކުރަން އެނގޭ ބަޔަކު ނަމަތާ. ލަދުކޮބާގެރިގުއި ސަރުކާރާއެކު ނާޗަރަންގީ ކުޅެބަލަ. މާތާހިރުވާނެ.