ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ކޮވިޑް-19 ވެކްސިން ދޭން ތައްޔާރުވެއްޖެއެވެ.

ނެޝަނަލް ސެންޓަރ ފޯ އާޓްސް (އެންސީއޭ) ގައި ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން މެ ސެންޓަރުން ދަނީ ކުރަމުން ކަމަށާއި، އެހެންކަމުން ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން ވީ އެންމެ އަވަސް ފުރުޞަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ދަންނަވާ ކަމަށް އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭ އިން ގާއިމްކޮށްފައިވާ ޕޯޓަލް ގައި ރަޖިސްޓްރީވުމަށް އެންސީއޭ އިން ވަނީ އެދިފައެވެ.

އެން.ސީ.އޭ އިން ގާކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަަތް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމް ވަނީ ހަަމަޖައްސާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް 10،000 ޑޯޒް ހާއްސަކުރެވިިފައިވާކަމަށް ވިދާޅުވެެފައެވެެ. 10،000 ޑޯޒް އިން ވެެކްސިން ދެެވޭނީ 5،000 މުވައްޒަފުންނަށެވެ