ރަައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެކި ކެޓަގަރީތަކުން ކުރިމަތިލި ފަރާތްތަކާއި ގުޅޭގޮތުން ހެދި ދިސާރާތަކަށް ފްލެޓް ކޮމެޓީން ނެރެފައިވާ ވަގުތީ ލިސްޓްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހެޅި ޝަކުވާތަކަށް ޖަވާބު ލިބިފައިނުވާނަމަ އެކަން އަންގަން ފްލެޓް ކޮމެޓީން އެދިއްޖެ އެވެ.

އެ ކޮމެޓީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، ހިޔާ މަޝްރޫއުގެ ކެޓަގަރީތައް އެ ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅާފައިވާ ހުރިހާ ޝަކުވާއެއް އެ ކޮމެޓީން ދިރާސާކޮށް ޝަކުވާގެ ޖަވާބު ލިޔުމުން އީމެއިލް ކުރެވިފައިވާނެ ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށް އެ އެ ކޮމެޓީން ވިދާޅުވިއެވެ.

އެހެންކަމުން މި ކޮމިޓީއިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް، މާދަމާ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖް ކުރުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިދަ ދަނޑި

    މިބައިގަނޑުގެ 5 އަހަރު ނުނިމެނީސް ދާއިމީ ލިސްޓް އިޢްލާނެއް ނުކުރާނެ.. އެންމެ ކުރިން ބުނީ މިދިޔަ އަހަރު ނިމުމުގެ ކުރިން، ދެން ބުނީ ޖެނުއަރީ މަސް ތެރޭ، ދެން އެމަސް ނިމިމުގެ ކުރިން.. ދެން ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ... އަދި ކިޔައިފި ޖަވާބުނުދޭ އެއްވެސް ޝަކުވާއެއް ނޯންނާނޭ.. މިހާރު މެއިލް މައްސަލަ ޖެހުނީ... ދެން ލިސްޓް ގެއްލޭނީ...އަޅާ ނިންމާ ލިސްޓް ފައިނަލް ކޮށްފަ ދިނީމަވެސް އިޢްލާން ކޮށްނުލެވުނު...

    10
  2. އެމަންޖެ

    މިސަރުކާރުގެ ވެރިކަން ނިމޭނީވެސް ޝަކުވާތަކަށް ޖަވާބެއް ނުދެވި އުޅެނިކޮއް.

  3. ފުލެޓް

    ތިޖަވާބު ރަނގަޅުވާނީ ނުލިބުނީޔާ. ހުރިހާ އެއްމެނަށް ދެނީ އެއް ޖަވާބެއް. ޢެންމެންގެވެސް ދިރިއުޅުމުގެ ހާލަތު ހުރީ އެއް ގޮތަކަށް. ފުލެޓްތަކަށް ޝަކުވާ ހުށަހެޅި ހުރިހާ އެންމެންވެސް އުޅެނީ އެއް ގެއެއްގައި. ހުރިހާ އެންމެންނަށްވެސް ކޮމެޓީން ދެނީ އެއް ޖަވާބެއް. މީ އަޅެ ވާނެ ގޮތެއްތަ. މީ އަޅެ ޖޯކެއްތަ. މީ އަރަތެއް އެހެން ހީވަނީ. ހުރިހާ އެންމެންވެސް އަވަހަށް ޖަވާބު ފޮނުވާ ފުލެޓް ކޮމެޓީއަށް. ރަނގަޅު ކުރާ މީހުންނަށް. ކޮތަރު ކޮށީގެ ފުލެޓެއް ލިބޭނެކަމަށްވާނީ.

  4. ރެޑީ ނުވަނީ ދޯ

    މދިޔަ މަސް ނިމުމުގެ ކުރިން އިޢުލާން ކުރަން ބުނި ދާއިމީ ލިސްޓް ކޮބައިތޯ؟ ފަރސްޓް ކަމް ފަރސްޓް އައުޓް ޢޭ ކިޔާ. ޓްރާންސްޕޯރޓް މިނިސްޓަރ. މީގެ 2 އަހަރު ކުރިން ވިޑާޅުވެފައިވޭ 4 މަސްތެރތޭގައި ބަސް ދުއްވަން ފައްޓާނެ ކަމަށް. މިއަދަށް ބަރާބަރު 2 އަހަރު ހަމަވީ!
    މިފޮޓޯ ސޯޝަލް މީޑިއާގައި އުޅޭ. އެފަދަ ކަމެއްތޯ ފްލެޓް ލިސްޓަކީ؟

  5. ނިޒާމު

    ސޯލިހޫ ތިޔަކަމެއް ވާވަ ރުގެ ތެދުވެރއެއްނޫން ތީކީ ތީގެ ހިތި ފެބްބާނެ ދައްކާވެސްލާނަން އިެާދަ ކުރެއްވިއްޔާ..ބަލާ ސިފައިންގެ އޮފިސަރުންނާއި ޕޮލިސް އިފިސަރުންނައް ނުސީދާ ރިސްވަތު ނުބައްދަލު މަގާމު ދީގެން އެމީހުންގެ ރުހުން ލިބޭތޯ...ތީ ބޯގޯސް ރައީސެއް ދެއްތޯ...

  6. ސސ

    ހުސް ފޭކް އެމްޑީޕީ އުޅެނީ މުއްސަދި ނުވެގެން !

  7. ަަފަފްނާން

    ތިޖަވާބު ރަނގަޅުވާނީ ނުލިބުނީޔާ. ހުރިހާ އެއްމެނަށް ދެނީ އެއް ޖަވާބެއް. ޢެންމެންގެވެސް ދިރިއުޅުމުގެ ހާލަތު ހުރީ އެއް ގޮތަކަށް. ފުލެޓްތަކަށް ޝަކުވާ ހުށަހެޅި ހުރިހާ އެންމެންވެސް އުޅެނީ އެއް ގެއެއްގައި. ހުރިހާ އެންމެންނަށްވެސް ކޮމެޓީން ދެނީ އެއް ޖަވާބެއް. މީ އަޅެ ވާނެ ގޮތެއްތަ. މީ އަޅެ ޖޯކެއްތަ. މީ އަރަތެއް އެހެން ހީވަނީ. ހުރިހާ އެންމެންވެސް އަވަހަށް ޖަވާބު ފޮނުވާ ފުލެޓް ކޮމެޓީއަށް. ރަނގަޅު ކުރާ މީހުންނަށް. ކޮތަރު ކޮށީގެ ފުލެޓެއް ލިބޭނެކަމަށްވާނީ.