އައްޑޫ ސިޓީ ހިތަދޫން ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިރޭ ފައްސިވެފައި ވަނީ ރޭ ފައްސިވި މީހެއްގެ ދަރިފުޅެެވެ. އެއީ އުމުރުން 10 އަހަރުން ދަށުގެ ކުއްޖެކެވެ.

އައްޑޫ ސިޓީން އިއްޔެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ ދެ މީހެކެވެ. އޭގެ ފަހުން އެ ދެ މީހުންނާއި ގާތުން އެއްތާވި މީހުން ދިޔައީ ކޮވިޑަށް ފައްސިވަމުންނެވެ. އޭގެ ތެރެއިން އެއް ވޭދަނަ ފެނިފައި ވަނީ ގދ. ތިނަދޫންނެވެ.

މި ވޭދަނަތަކާއި ގުޅިގެން މިހާރު އައްޑޫ ސިޓީ އާއި ގދ. ތިނަދޫ ވަނީ ކަރަންޓީން ކޮށްފައެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން މިރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މައުރޫފް ވިދާޅުވީ، ހިތަދޫއިން ފުރަތަމަ ފައްސިވި މީހާއާއި ބައްދަލުވި 44 ފަރާތެއް މިވަގުތު އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގައި އެބަ ތިބި ކަމަށެވެ. އަދި މި އިހާ އާއި ގުޅުންހުރި 25 މީހަކު ތިނަދޫން ފެނިފައިވާ ކަމަށެވެ.

މިހާރު ހިތަދޫ އިހާ (ކްލަސްޓާ)އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

މީގެ ތެރޭގައި ހިމެނެނީ ތިނަދޫން ފައްސިވި އެކަކާއި، ފޭދޫން ފައްސިވި ހަ މީހަކާއި، ހިތަދޫން ފައްސިވި ނުވަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިރިމްޖެހި ބަނަސް

    ކޮވިޑުންވެސް ޖެހޭނެ ރެކޯޑްހަދަން

    8
    2
  2. މުހުއްމަދު

    ބުއްޅަ ބެމެން ވަރަށް އުފާވެފަ ދޯ ތިބޭނީ. ނުވެގެން އުޅުނު ކަންތަށް ޚާއްސަ ހުއްދަ އެއްގެ ދަށުން ކުރެވުނީތީ

  3. ފިސް

    ގދ ތިނަދޫ އޮތީ ނަމެއްގަ ކަރަންޓީނުގަ.. މި އަދު ގައިމީ އެއާރ ލައިން Q2106 ތިނަދޫ އަށް މާލެ އިން މީހުން ދޭހަމަ ބޯކޮށް.

  4. އަޙްމަދު

    މިހުރިހާކަމެއްގެ ޒިންމާ އައްޑޫ ކައުންސިލުން ނަގަންޖެހޭނެ! މޭޔަރު ޕްޒިޓިވް މީހުންނާ ބަދައްލު ކުރިއިރު އެމީހުން ސަލާމަތީ މިންގަނޑު ޕޮލޯނުކުރާމަކަށް ޙަބަރު ލިބޭ! މޭޔަރު އެމީހުން މާސްކް އެޅުވިއިރު ގިނަބަޔަކު ވަނީ ކޮންޓެކްޓް ވެފައި!!!
    މުޅި ޖުމްލާ 44 ކޮންޓެންޓުންނަކީ ޖޯކެއް! އެންމެ ފުރަތަ ފޮޒިޓިވްވީ ދެމީހުންގެ ވެސް އެއަށްވުރެ ކޮންޓެކްޓުން ތިބޭނަކަމަށް ލަފާކުރެވޭ! އަދި އެމީހުންގެ ފަރާތުން ޕޮޒިޓިވްމީ މީހުންގެ ކޮންޓެކްޓްތަށް ވެސް މަދެއް ނުވާނެ!!!!!

    6
    1